ރައީސް ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ގޮވާލައިފި އެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ މިއަދު ހިޔާ ފްލެޓުން ހަތަރު ގަޑިއިރަށް ކަރަންޓު ދިއުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އާދަމް ޝަރީފް ވިދާޅުވީ ހިޔާ ފްލެޓްތަކުގައި ކަރަންޓު ނެތުމުގެ ސަބަބުން މިއަދު ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހުނުއިރު ބައެއް އާއިލާތަކަށް ރޯދަ ވިއްލޭނެ ގޮތެއް ނެތިފައި ގިނައިރުތަކެއް ތިބެން ޖެހުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.

އަދި އެކަމަށް ދާއިމީ ހައްލެއް ބޭނުންވާ ކަމަށްވެސް އާދަމް ގޮވާލެއްވިއެވެ.

ހިޔާ ޓަވަރުގެ ފްލެޓްތަކުން ކަރަންޓް ކެނޑިފައި ވަނީ 5:40 ހާއިރު އެވެ.

އެއިރު ސްޓެލްކޯއިން ބުނީ ދިމާވި ޓްކެނިކަލް މައްސަލައަކާއި ގުޅިގެން ހިޔާ ފްލެޓްތަކުން ކަރަންޓް ކެނޑިފައިވާ ކަަމަށެވެ.

ފަހުން ސްޓްލެކޯއިން ހިއްސާ ކުރި މައުލުމާތަށް ބަލާއިރު، ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ ސްވިޗްގިއަރގެ ބަސްބާ ޝޯޓުވުމާއި ގުޅިގެންނެވެ.

ކަރަންޓު ދިއުމުގެ ސަބަބުން ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ގިނަ ތަކުލީފްތަކަކާއި ކުރިމަތިވި އެވެ. ބައެއް ފަރާތްތައް ލިފްޓްގައި ސްޓަކް ވެސް ވި އެވެ.

މިހާރު މައްސަލަ ހައްލުކޮށް ހިޔާ ފްލެޓްތަކަށް ސްޓެލްކޯއިން ވަނީ ކަރަންޓު ދީފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދިވެހިދަރި

    ކަރަންޓުއެއީ މިޔާރު އަސާސީހައްގެއްފަދައެއްޗެއް އެއީ ދުނިޔެކުރިއަރާފައިވާހާލަތުން ކަރޓު
    ބޭނުންނޮށްއުޅުމަކީ ފަސޭހަކަމަކަށްނުވާނެ ވަރަށްގިނަކަންތަށް ހުއްޓުމަކަށްއަންނާނެ
    ކަރަންނެތްނަމަ ކަރަންޓުނެތްތަނެއްގައި އިންސާނުންދިރިއުޅުމަކީ ކަށިބޯޖަންގައްޏެއްގައި
    އުޅުމަށްވުރެ އުދަގޫކަމަކަށްވާނެ ވީމާ، ހިޔާފުލެޓްގަވެސް ދިރިއުޅުއްވަނީ އިންސާނުންކަމަށް
    ވާއިރު ކަރަންޓްމައްސަލައަށް ދާއިމީ ހައްލެއްއައުމަކީ ވަރަށްމުހިއްމު އަދި އަވަސްވާންޖެހޭ
    ކަމެއް އެއީ ތަންބޭނުންކުރާ ފަރާތްތަކަށް ތަނުގައި ދިރިއުޅެވޭނީ ކަރަންޓާއެކުގައިކަމަށްވާތީ
    ބޮޑުޚަރަދުތަކެއްކޮށް ހަމައެކަނި ފުލެޓުތަކެއްހުރުމަކުން މަގުސަދު ހާސިލެއްނުވާނެ މިލިޔަނުން
    މިލިޔަނުން ކުޅިވަރަށްޚަރަދުކޮށް ދުނިޔޭގެނިސްބަތުން އެންމެގިނަ ފުޓުބޯޅަދަނޑުހުރި
    ގައުމަކް މިގައުމުހެދުމަކުން ގައުމުގެރަށްޔުތުންނަށް ގައުމުގައި ދިރިއެއްނޫޅެވޭނެ