ހަތް ދިހަ ދެ ގަޑިއިރު ތެރޭގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ނުކުރައްވައިފި ނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ދެއްވައިފިއެވެ.

ޖާބިރު އެގޮތަށް ވިދާޅުވީ ޅ. ނައިފަރުގެ ފެނާއި ނަރުދަމާގެ މައްސަލަ ހައްލު ކުރުމަށް ގޮވާލައި އެ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ގަރާރަށް މަޖިލިހުގައި ކުރެއްވި ބަހުސްގައެވެ.

ޖާބިރު ވިދާޅުވީ އެއްވެސް ޝަރުތަކާ ނުލައި ގާސިމް، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހުއަށް ތާއިދު ކުރައްވަނެ ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

ޖާބިރު ފާހަގަ ކުރެއްވި ގޮތުގައި މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް ވެސް ވަނީ ރައީސް ސޯލިހަށް ތާއީދު ކުރައްވަން ނިންމަވައިފައެވެ. އެހެންކަމުން ގާސިމް އެކަމަށް އެއްބަސްވެވަޑައިނުގެންފި ނަމަ، އަޅަން ޖެހޭ ފިޔަވަޅު ވަރަށް "ހޫނު ވާނެ" ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް އެނގޭ މިކަމަކަށް ވަރަށް ހިތަށް ތަދުވާ ބޭފުޅުން ތިބެދާނެކަން. އެހެން ވިޔަސް ގައުމަށް ޓަކައި ވަތަަނަށް ޓަކައި މި ރަމަޟާން މަހަށްޓަކައި އެންމެންނަށް ހެޔޮ ބުއްދި ދެއްވަން. ގާސިމްއަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑުކަން މިތާ މި ވާހަކަ ދައްކަނީ. ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީ. ސީދާ ގްރީން ޕާޓީން ރައީސް ސޯލިހު ހޮވަންށޭ މި ހުރީ ނިކުމެ" ޖާބިރު ވިދާޅުވިއެވެ.

އަންނަ ރިޔާސީ އިންތިހާބަށް ޖޭޕީން ކެންޑިޑޭޓަކު ނެރޭއިރު އެ ޕާޓީން ދަނީ އެމްޑީޕީގައި ރައީސް މުހައްމަދު ނަޝީދު ހިންގަވަމުންދާ "ފިކުރެއްގެ ދިރުން" ފެކްޝަނާއެކު މެނިފެސްޓޯ އެކުލަވާލުމުގައި މަސައްކަތް ކުރަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. މަކަރެ

    ސޮލިހު މިއޮއް މޮޔަވަނީ

    26
    3
  2. އައްމި

    ޤާސިމްއަށް ބިރު ދައްކަނީ ދޯ؟ ޤާސިމް ފަހަތަށް ނުޖެހުމަށް ގޮވާލަން

    27
    2
  3. ދެދެސެ

    ތިގޮތަށް ލޯބިވާން މަޖްބޫރުކޮށްގެންތަ ދިޔާނާއާއި އިނީވެސް.
    މަޖްބޫރުން ވާ އަދި ހޯދާ ލޯތްބަކީ ވަގުތީ އެއްޗެއްކަން މަނިކުފާނަށް މާރަނގަޅަށްވެސް އިނގޭނެ.

    32
  4. މީރާ

    ކޮބާ ޔާމީނު ނުލަފާވެގެން ވާހަކަ ދެއްކީމަ ކޮންތަކު މިޖެހެނީ. އަހަރުމެންނަށް އޭރުވެސް އެނގޭ ތިމާގެއަރުންނަށިގަޑު ދާއިރު ހެވިފަ ނުހުރެެވޭނެކަން. ގާސިމު ކުރިމަތު ނުލުމަކީ އޮތް ކާމިޔާބެއްކަމަށް ދެކިގެން ނުވަނެ.

    20
  5. ސަރޭ

    ބަލަ ސިޔާމުއާ ޔޫ ތިހުރީ ކޮން ކަމަކުން ސަލަމަތް ވާން ވެގެން. ގައުމުގެއެންމެ އަގުހުރި ވަސީލަތް ތަށް ބޭނުން ކޮށްްގެން މުޅި އުމުރު ވިޔާރިވެރިން ނޭ ކިޔާއިރު މިތިބެނީ ފިތިފަ.

    24
  6. އަލީ

    ކަލޭމެނައްތާއިދު ކުރަނީ ދިވެހިރާއްޖޭގެއާބާދީގެ މަދުޕަސެންޓެއް އަދިޕާޓީތަކައްވެސް ތިހެންތެޅިބާލަނިކޮއް އިޒްރާއީލްގެ ދަރިން ނިކުމެ ނަތަންޔާހު ގެއައްވެއްދިގޮތައް ބަޔަކުވައްދަންދެން ތެޅިތިބާލާނީ ހިތައްއެރިއެއްޗެއްގޮވަމުން އެބޯންހުއްދަކުރުމައް

  7. މޮހޮނު

    ތިއޮތީފިޔަވަޅުއެޅިފާ

  8. ބޯހަލާކު

    ރައިޔިތުންގެ ނިގުލަށްފިތްތައިގެންތަ ޖާބޭ ތިކަން ކުރަން އުޅެނީ،🤔 ސަރުކާރު ނުން މީޑިޔާ ، ނިޔުސްވެސް އުވާނެ، ތިވަރުން ދަންނާ، ޖާބޭ ފޮލޯ ކުރަނީ ޕިލިޕީންސް ތަ؟ ނޫނީ ޑިމޮކުރަސީތަ،؟ 🤣

  9. އިބްރާހީމް

    ޤާސިމް އިބްރާހިމްއަށް ބިރުދައްކަނީ އުތަ

    8
    1
  10. ހަސަންބެ

    ރަނގަޅު. ފަހަތަށް ނާރާފިއްޔާ ވަކި ކުރޭ

    2
    4
  11. ޖާސިމު

    ގާސިމު ފަހަތަށް ނުޖެހުމަށް ގޮވާލަން. އެޅޭނެ އެއްވެސް ފިޔަވަޅެއް ނޯންނާނެ.

  12. Anonymous

    ދެއުޅިއެެއް ނުވާ ޖާހިލުން އިސްލާމީ ޤައުމުތަކުގެ ގާނޫނު ހަދާ މަޖިލީހަށް ވަދެ ފިލްމު ކުޅުމަކީ ޤައުމުތައް ހަލާކުވުމުގެ މައިގަނޑު ސަބަބު. ތުރުކީވިލާތާއި ނަސާރާއިންގެ އެއޮށް ބޮޑު ރޯމަން އެމްޕަޔާރ ހަލާކުވެގެން ދިޔަ މިސާލު މިކަމުގައި ފުދޭނެ.