މި އަހަރުގެ އޭޕްރީލް މަހު ބާއްވާ މަތީ ސާނަވީ (އެޗް.އެސް.ސީ) އިމްތިޙާނުގެ ޖަވާބު ކަރުދާސް މާކުކުރާނެ މާކަރުން ހޯދަން އިއުލާންކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ކުރި އިއުލާނުގައި ބުނީ އެޗްއެސްސީ އިމްތިހާނުގެ ދިވެހި އަދި އިސްލާމް މާއްދާގެ ޖަވާނު ކަރުދާސް މާކުކުރާނެ މާކަރަކު ހޯދަން ބޭނުންވާ ކަމަށެވެ.

އެގޮތުން ދިވެހި މާއްދާގެ ޖަވާބު ކަރުދާސް މާކުރަން ދެ މާކަރުން އަދި އިސްލާމް މާއްދާއަށް 1 މާކަރަކު ހޯދަން ބޭނުންވާ ކަމަށް ބުނެފައިވެއެވެ.

ޑީޕީއީން ބުނީ މާކަރުންނަށް ކަނޑައެޅިފައިވަނީ މާކުކުރާ ކޮންމެ ކަރުދާހަކަށް 60 ރުފިޔާ ކަމަށެވެ. އަދި މާކިންގ މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި 1000 ރުފިޔާ ދޭނެ ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

މާކަރަކަށް ހުށަހަޅާ ފަރާތެއްގެ ޝަރުތުތަކުގެ ތެރޭގައި މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައިވުމާއި، ސާނަވީ / މަތީ ސާނަވީ ސިލަބަހަށް 2 އަހަރު ދުވަހު ކިޔަވައިދިނުމުގެ ތަޖުތިބާ ލިބިފައިވުން ހިމެނެއެވެ.

ނުވަތަ ވޭތުވެދިޔަ ދެ އަހަރު (މެދުނުކެނޑި) މާކުކުރަން އެދޭ މާއްދާގެ އިމްތިޙާނު މާކުކޮށްފައިވުން ހިމެނެއެވެ.

މި މަސައްކަތް ކުރިއަށް ދާނީ 24 އެޕްރީލް އިން 29 އެޕްރީލްގެ މެންދުރު ފަހު 13:00 އިން ހަވީރު 17:00 އަށް ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު