މި ސަރުކާރު ގެންނަން މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ)އަށްވުރެ ބޮޑަށް މަސައްކަތްކުރެއްވި ބޭފުޅެއް ނެތް ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖްލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި އެ މަނިކުފާނު ވަނީ ޝިފާޒް ގާތުގައި ކަންބޮޑުނުވުމަށް ވިދާޅުވެފައިއެވެ. "އެމްޑީޕީގެ ނައިބު ރައީސް ޝިފާޒް އެއްގޮތަކަށްވެސް ކަންބޮޑުވެނުލައްވާތި. ޝިފާޒްއަށްވުރެ ބޮޑަށް މި ސަރުކާރު ގެނައުމަށް ޤުރްބާންވީ ވަކި އެހެން މީހެއް ނުހުންނާނެ. ﷲގެ އިރާދަފުޅުން މުސްތަޤްބަލު އޮތީ އުޖާލާކޮށް" ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ މިއަދުގެ ވަގުތެއްގައި ޝިފާޒް ފުރުއްވަމުން ގެންދިޔަ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރުކަމުގެ މަޤާމުން އޭނާ ވަކިކުރުމާއި ގުޅިގެންނެވެ. ޝިފާޒަކީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ ބޭފުޅެކެވެ. ނަޝީދު ކުރިއަށް ގެންދަވާ ފިކުރެއްގެ ދިރުން ހަރަކާތުގައި ވެސް އިސްކޮށް ޝިފާޒް ބައިވެރިވެއެވެ.

ޝިފާޒް މިނިސްޓަރުކަމުން ވަކިކުރިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ކަށަވަރު ކޮށްދީފައެވެ. އެއޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ޝިފާޒް މަގާމުން ވަކިކުރީ ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީގެ 115 ވަނަ މާއްދާ އިން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށެވެ.

ޝިފާޒް މަގާމުން ވަކިކޮށްފައި ވާއިރު ޝިފާޒް އޮފީހަށް ނުނިންކުންނަވާ ކަމަށް މީގެ މަހެއްހާ ދުވަސް ކުރިން މީޑިއާގައި ރިޕޯޓް ކޮށްފައި ވެއެވެ. އޮފީހަށް ނުނިކުތް ނަމަވެސް އޭނާ އާއި މެދު އޭރު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ޝިފާޒް މަޤާމުން ވަކިކުރުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރގެ މަޤާމަށް މ. ބަނަފްސާވިލާ އިބްރާހީމް ވަޙީދު (މަދަނަ އިބުރޭ) ވަނީ މިއަދުގެ ވަގުތެއްގައި ޢައްޔަންކުރައްވައިފައިއެވެ.

އިބްރާހިމް ވަހީދު އާއިއެކު ހަތް މިނިސްޓަރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ތިއްބަވާނެއެވެ. އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އަކީ ވެސް މިނިސްޓަރުންގެ ފެންވަރުގައި އެމަގާމަށް އައްޔަން ކުރައްވާފައިވާ ބޭފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރުންނަށް ވެސް މިނިސްޓްރީތައް ހިންގަވަން ތިއްބަފާ މިނިސްޓަރުންނަށް ލިބޭވަރުގެ މުސާރައެއް ލިބެއެވެ. އެއީ މަހެއްގެ މައްޗަށް -/57500 ރުފިޔާ އެވެ.

އެމްޑީޕީ ދެބައި ވެފައިވާއިރު ރައީސް ނަޝީދަށް ތާއިދުކުރާ ސަރުކާރުގެ އިސް ބޭފުޅުން މަގާމުން ވަކިކުރަން ފަށާފައި ވަނީ މިހަފްތާގައެވެ. ފުރަތަމަ މަގާމުން ވަކިކުރީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި ހުސެއިން އަމުރު އެވެ. އަމްރު މާރިޗް 26 ވަނަ ދުވަހު މަގާމުން ވަކި ކުރެއްވިއިރު، އޭގެ ދެ ދުވަސް ފަހުން މަގާމުން ވަކި ކޮށްފައި ވަނީ ގއ. ކޮލަމާފުށި އިޖްތިމާއީ މަރުކަޒުގެ ޔޫތް އެސޯސިއޭޓްސްގެ މަގާމުގައި ހުރި ޞަފްއަތުﷲ ޖަމީލެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    އެހެންވެގެންތާ ކަލެއާ އިބޫއާ ދެމީހުން ސިއްރުން އަޑިއަޑިން ގުޅިގެން ބޭރުފުށުން ނޫންކަމަށް ހެދިގެން ޝިފާޒަށް ލަނޑުދިނީ. ކަލެއާ އިބޫއާ ތިއުޅެނީ އެމްޑީޕީގައި ވެރިކަން ދަމަހައްޓަން. އެހެން ކަމަކު ނޫން. ގާސިމާ ވެސް ތިގުޅެނީ ގާސިމަށް ވެރިކަން ލިބިދާނެތީ މަކަރުން ވެރިކަން ދަމައިގަންނަން.

  2. Anonymous

    އެއޮތީ ވަކިކޮށްފައި. މަޖިލިހުގެ ރައީސްކަމުންވެސް ބޭރުކޮށްލަންވެފަ ހުރި މީހެއް ތިއީ މިހާރު މާޒީ.

    9
    2
  3. ޑައެލޯގް

    އިބޫއަކީ އެންމެ ބޮޑު ޑިކްޓޭޓަރެވެ. އިބޫ ވެރިކަމުގެ ގޮނޑީގައިބޭންދި މީހުންވެސް ބޭރުކުރަމުން އެދަނީ މަރުފަލިޖަހަމުންނެވެ. އިރާދަކުރެއްވިއްޔާ އިބޫގެ ނިމުން ހިތިވާނެއެވެ.

    5
    2
    • ލޮލް

      ގޮތްހުސްވެ މަގުމަތިވެފައިތިބި ބަޔަކު ސަލާމަތްކުރަން އަމިއްލަ ފުރާނަގުރުބާންކޮށްފަ ވެރިކަމާއިކުރިމަތިލާ ކާމިޔާބު ހޯއްދެވި ހިތްތިރި ހުލްގުހެޔޮ ވެރިއަކު ދެވަނަ ދައުރަކަށް ކުރިމަތިލީމަ ވެރިމީހާއަށް ފުރައްސާރަކޮށްފަ ތިމާމެންވަރުގެ ބަޔަކުނެތްކަމަށްހެދިގެން އުޅެންޔާވާނީ ތިހެން. ދައުލަތުގެ ވަޒީރެއްގެ ގޮތުގަހުރެ މަގުބޫލު އުޒުރަކާނުލާ އޮފީހަށް ނުނިކުންނަތާ މަހަކަށްވުރެ ގިނަދުވަސްވާއިރު މާބޮޑަށް ލަސްވެއްޖެ ވަޒީފާއިން ވަކިނުކޮށް.

      2
      1
  4. ރަބަރޭ

    ބޮޑެތިވަގުން ބޭރުކުރޭ

  5. Anonymous

    އަންނި ވެސް ތިހިރީ ބޭރަށްލާފަނޫންތޯ؟ދެން ޝިފާޒަށް ބަލާނެތަ މުގާބޭ؟؟؟

  6. ނާދިރާތަ

    ދެން ތިހާ ގަޓް ހުރިއްޔާ ރައީސް ގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާބަލަ

  7. ސަރަފަކައްދަ

    އާރާއި ، ބާރު ލިބުނީމާ ކަން ކުރާނެ ގޮތެއް އެނގޭނީ އެފަރާތަކަށް. ވަﷲ އައުލަމް.

  8. ހަސަން ކުރުސި

    ވެބްކެމް ކުރިމަތީގަ ވަރަށް މަސައްކަތްކުރި