އަމިއްލަ ޕާޓީއަށްޓަކައި ގުރުބާންވި މީހުން (ފިދާއިން) ނަށް ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދެއްވަނީ އަނިޔާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރު ކަމުން ވަކިކުރުމާއި ގުޅިގެން މަޖީލް ކުރެއްވި ޓްވީޓެއްގައި ވަނީ ވަޒީފާގެ ބިރު ނޯންނާނެ ކަމަށް ރައީސް ސޯލިހް ދެއްކެވި ވާހަކަ ކޮބައިތޯ ސުވާލު ކޮށްފައެވެ.

"އަބަދުވެސް ބުނަމުން މިއައީ މި ވެރި މީހާގެ މުނާފިގް ކަމާއި އަނިޔާވެރިކަމުގެ ވާހަކަ. އަމިއްލަ ޕާޓީގެ ފިދާއީންނަށް ވެސް އަނިޔާ. ފެތެމުންދާ އޮޑިން ފުންމާ ލިޔަސް އަދި ވަކިކުރިޔަސް ވާނީ ހެވަކަށް. ނިމިއްޖެ." ޖަމީލް ވިދާޅުވިއެވެ.

ޝިފާޒަކީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ ބޭފުޅަކަށްވާއިރު، އެމްޑީޕީގެ ޕްރައިމަރީގައި ވެސް ޝިފާޒް ތާއީދު ކުރެއްވީ ނަޝީދަށެވެ. އެނގިފައިވާ ގޮތުގައި ނަޝީދުގެ ކެމްޕެއިން ފެއްޓެވީއްސުރެ، އޭނާ އޮފީހަށް ވަޑައިނުގަންނަވައެވެ.

ޝިފާޒް އާއިއެކު ހަތް މިނިސްޓަރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ތިއްބަވައެވެ. އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އަކީ ވެސް މިނިސްޓަރުންގެ ފެންވަރުގައި އެމަގާމަށް އައްޔަން ކުރައްވާފައިވާ ބޭފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރުންނަށް ވެސް މިނިސްޓްރީތައް ހިންގަވަން ތިއްބަފާ މިނިސްޓަރުންނަށް ލިބޭވަރުގެ މުސާރައެއް ލިބެއެވެ. އެއީ -/57500 ރުފިޔާ އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ލައިލާ ލީ

    ޖަމިީލް މިއަދު ހަދާނެއްނެތް ޔާމީނަށް ފިލައިގެން ދާން ޖެހުނު ދުވަސް، މީނަ މީ ދެކުނު މީހެއްނޫންނަމަ މިއަދު މިކަހަލަ ވާހަކަދައްކާނީ މޫނު ބުރުގާއަޅައިގެން އަޑު ބަދަލުކޮށްގެން

    5
    3
  2. ހަންޑިކުޑަ

    ޖަމީލޫ! ޔާމީން މަނިކުފާނު ނައިބު ރަޢީސަކަށް ގެނައީމާވެސް އަފިރިން ތިބީ ކޮސް ވެފާ. ޖަމީލަކީ ދަޢުލަތުގެ އެއްވެސް މަޤާމަކަށް ކުފޫ ހަމަވާ ބޭފުޅެއްނޫން. ސަބަބަކީ ބޮޑާ ކަމާއި ، ކިނބުރު ވެރިކަން. ރައްޔިތުން ނަކީ މަނިކުފާނު ކުރިމަތީގައި އެއްވެސް ބައެއްނޫން. ވ ވެދުން.

    6
    2
  3. ޑައެލޯގް

    ދުނިޔޭގައި ހުރި އެންމެބޮޑު ޑިކްޓޭޓަރަކީ އިބޫއެވެ. މަޑުންހުންނަގުރާ ބާރަށް ދަތްއަޅާނެއޭބުނެއެވެ. އެއީތެދެކެވެ. އިބޫވަރުގެ ބޮޑާމީހެއްނުދެކެމުއެވެ.

  4. ނުނން

    ބޮޑިބަތް ހައްޕުޑު !

  5. ސައްޕު

    މަނިކުފާނުތީ އަނިޔާ ނުލިބިހުރި ފިދާއީއެއްތޯ؟

  6. ދުންނިކަ

    މީނަގެ ބޮލުގައި ނުޖެހޭ ގޮތަކަށް އެންމެ ގާބުރިޔެއްވެސް މީނަ ނޭއްލަ. މަހަމަ ހައިރާންވެއްޖެ.