އިދިކޮޅު އިއްތިހާދުގެ ވެރިކަން ވެގެންދާނީ ޒުވާނުންގެ އުންމީދުތައް ހަގީގަތަކަށް ހަދާނެ ސަރުކާރަކަށް ކަމަށް އިދުކޮޅު އިއްތިހާދުގެ ކެނޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.

ޒުވާނުންގެ ޖަގަހަ ހުޅުވުމަށް ރޭ ބެއްވީ ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އިއްތިހާދުގެ ވެރިކަމެއްގައި ޒުވާނުން ބާކީނުކޮށް ޒުވާނުން ގެ އުންމީދުތަށް ހަގީގަތަކަށް ހައްދަވާނެ ކަމަށްށެވެ. އަދި ޒުވާނުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯއްދަވާނެ ކަމަށް ވިދާޅުވިއެވެ.

ޒުވާނުންގެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އިބޫ ވަނީ ރައީސް ޔާމިންގެ ޒުވާނުންގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އަޅުގަނޑުމެންނަށް ފެނިގެންދިޔައީ މި ސަރުކާރުން ޒުވާން ކުޅުންތެރިން ޖަލަށް ލާ މަންޒަރު، ޒުވާން ލޯޔަރުން ވަކިކުރިތަން ގެޓް ސެޓް ލޯންތައް ނާޖައިޒް ގޮތުގައި ބޭނުން ބަޔަކަށް ދިން ތަން،" އިބޫ ވިދާޅުވިއެވެ.

ރައީސް ޔާމިން ގެންގުޅުއްވާ ޒުވާނުންނަށް 95000 ވަޒީފާގެ ފުރުސަތު ތަނަވަސް ކޮށްދިނުމުގެ ސިޔާސަތަށް ވެސް އިބޫ ވަނީ ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

"95000 ވަޒީފާ އުފައްދަވާނެ ކަމަށް ރައީސް ޔާމިން ވިދާޅުވިއިރު. ރާއްޖޭގެ އާބާދީގެ 40 އިންސައްތަ އަކީ ޒުވާނުން. މީގެ ތެރެއިން 19 ޕަސަންޓާ 23 ޕަސަންޓް އަކީ ރާޢްޖޭގައި ވަޒީފާނެތް ޒުވާނުންް." އިބޫ ވިދާޅުވިއެވެ.

މިއީ ކަންބޮޑުވާން ޖެހޭ ކަމެއްކަން ފާހަގަކުރައްވަމުން އިބޫ ވިދާޅުވީ މިހާރު މިއޮތް ރައީސް ޔާމިންގެ ވައުދުވަމުން ދިޔައީ ޒުވާނުންނަށް އެތަށް ފުރުސަތު ތަކެއް ތަނަވަސްކޮށް ދިނުމަށް ކަމަށާއި ނަމަވެސް އަދިވެސް ވަޒީފާ ނުލިބޭ ޒުވާނުންގެ އިންސައްތަ ދަށްނުވާކަމަށެވެ.

އަންނަ ރިޔާސީ އިންތިހާބު ގައި ކާމިޔާބު ލިބިވަޑައިގެންފިނަމަ އެ މައްސަލަތަށް ހައްލުކޮށްދިނުމަށް މަސައްކަތް ކުރާނެކަމަށް އިބޫ ވިދާޅުވިއެވެ.

ޒުވާނުންގެ ޖަގަހައިގައި ވާހަކަ ދައްކަވަމުން އިބޫ އިތުރަށް ވިދާޅުވީ ރާޢްޖޭގައި 18 އަހަރު ފުރޭ ޒުވާނުންނަށް ވޯޓު ލުމުގެ ފުރުސަތު ހޯއްދަދެއްވީ އެމްޑީޕީ އިން ކަމަށެވެ.. އަދި އަންނަ ރިޔާސީ އިންތިހާބު ޒުވާނުންގެ ތާއިދާ އެކު ގުޅިފއަިވާ ޕާޓީތަކުގެ ކޯލިޝަނުން ކާމިޔާބު ކުރައްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ވަލީދު

    ހިންނަވަރު ހުރިހާ ޒުވާނުންނަށް ހަކުރުބޯން ދަސްކޮށްދިނީވެސް އިބޫމެން ގޭ ތެރޭގަ. އަދި ކޮންމެ މަޖްލިސް ކެމްޕެއިނެއްގަ ހިލޭބަހާވެސް ހަދަނީވެސް ހަމަ އެގޭތެރޭގަ.

  2. Anonymous

    ޒުވާނުންގެ އުއްމީދުތައް ހަޤީޤަތަކަށް ހަދަން ތިމީހުންނަށް ކުރެވޭނެކަމެއް ނިކަން ދައްކަބަލަ، މުސްކުޅިއެއްގެ އުއްމީދެއް ހަގީގަތަކަށް ހެއްދޭނެ ޕަވަރެއްވެސް ހުރި މީހެއްނޫން، ހަގީގަތަކީ ތިމަންނައަށް ވެރިކަން ލިބިއްޖެއްޔާ އަންނީ މިނިވަންކޮށްގެން ގެނެސްފަ އެއްއަހަރުފަހުން އޭނައާއި ވެރިކަން ޙަވާލުކުރަނީޔޯ، މިއީ ތިޔަ އިބޫކަލޯމެންގެ ފެންވަރު، މީނައަކީ ޒަމާނާއިގުޅޭ ކުޑަމިންވަރެއްގެވެސް ޢިލްމެއް ޙިލްމެއް/ހުނަރެއްވެސް ލިބިފައިވާ މީހެއްނޫން

  3. Anonymous

    ބަލަ އިބޫ! ރައީސް ޔާމީންވަނީ ޒުވާނުންގެ އުއްމީދުތައް ޙަޤީޤަތަކަށް ހައްދަވައިދެއްވަފައެއްނު؟ ބޯހިޔާވަހިކަން ކަށަވަރުވެއްޖެ . ކުޅިވަރު ކަށަވަރުވެއްޖެ. ޒުވާނުނަށް ތަޢުލީމު ކަށަވަރުވެއްޖެ. ވިޔަފާރި ކަށަވަރުވެއްޖެ،. ލޯނު ކަށަވަރުވެއްޖެ. ހިތްހަމަޖެހުން ކަށަވަރުވެއްޖެ. އިބޫ ދެން ތިބުނަނީ ނައިޓްކްލަބްތަކާ ، ޖުވާކުޅޭ މަރުކަޒްތަކާ ، ބަނގުރާބޯ މަރުކަަޒްތަކާ ، އުޅޭނޭގޮތަކަށް ، އުޅޭނޭ ދީނަކަށް އުޅުމުގެ މިނިވަންކަން ކަށަވަރުކުރުން ވާހަކަހެއްޔެވެ؟ އެކަންކަން ދިވެހި ޒުވާނުން ބޭނުމެއް ނޫނެވެ. އިންޝާއަﷲ ރައީސް ޔަމީނަށް އިންތިޚާބު ކާމިޔާބު ވެއްޖެއެވެ.

  4. ނަފީސާ

    ޒުވާނުންގެ އުއްމީދުތައް ޙަޤީޤަތަކަށް ހަދާދިނުމަށް އިބޫ ދެން އިތުރަށް ކުރާނޭ ކަމެއް ނެތެވެ. އެ ހުރިހާ އުއްމީދުތައް ރައީސް ޔާމީންވަނީ ޒުވާނުނަށް ޙަޤީޤަތަކަށް ހައްދަވައިދެއްވާފައެވެ. ދެން އިބޫއަށް ކޮށްދެވޭނޭކަމަކަށް އޮންނާނީ އިސްލާމްދީން ހުއްދަ ނުކުރާ ކަންކަމެވެ.

  5. ބޭބެ

    ޒުވާނުން ތިބިކަން ކަލޭމެންނަަށް އެނގުނީ އަދިކިރިޔާ ދޯ!! ރައިސް ޔާމީން ޒުވާނުން ތިބިކަން އެނގިގެން އެމަނިކުފާނު ވެރިކަމަށް އައުމުގެ ކުރިންވެސް އެމީހުން ބާރުވެރިކުރުވާ ވަޒީފާގެ ފުރުސަތުތަކާ ޒުވާނުންގެ ތަރައްގީއަށް އެތައްކަމެއް ކޮށްދެއްވާނެކަމުގެ ވަޢުދުވަމުން ވެރިކަމާ ޙަވާލުވީ!! ވެރިކަމާ ޙަވާލުވުމަށްފަހު މިއިންދުވަހަކު މިރާއްޖޭގެ ޒުވާނުންނަށް ނުލިބިވާ އެތައް ފުރުސަތުތަކެއްވަނީ ހުޅުވާދެއްވާ ޒުވާނުން އެތައްގުނައަކުން ބާރުވެރިކުރުވާފަ!! އަދި ދަނީ ކުރަމުން!! އެމްޑީޕީ އުފެދުނީއްސުރެން މިއަދާ ހަމަޔަށްވެސް ޒުވާނުން މަގުފުރައްދަމުން އައީ!! އެމީހުން މަގުމައްޗަށް ނެރެ އެމީހުން ލައްވާ އެކިއެކި ކުށްތަކަށް އަރައިގަންނަން ހިތްވަރުދީ މިގައުމުގެ ޒުވާނުން ހަލާކުގެ މަގަށް ވަނީ ވައްޓާލާފަ!! އަބަދު މުޒާހަރާތަކަށް ގޮވާ މަގުމައްޗަށް އެއްވާން ގޮވަމުންދަނީ!! ފުލުހުންނާ ސިފައިންގެ ގައިގާ ތަޅާނެކުދިން ހޯދަން ނަޝީދު ގޮވަމުންދިޔައީ!! ޒުވާނުން ދީނާ ދުރުކޮށް ޢަމަލުވާ އެއްޗެހި ބޯން ހިތްވަރުދިނީ!! އެކަމަމު ރައިސް ޔާމީން ޒުވާނުންގެ ބޭނުން ހެޔޮގޮތުގައި ހިފާ ގައުމު ތަރައްގީކުރުމަށް ޒުވާނުން ބައިވެރިކުރުވަމުންދަނީ!! ދެން އިބޫމެން ޒުވާނުންނޭ ކިޔާ އަނގަހުޅުވަން ލަދު ގަންނަންޖެހޭ!!

  6. Anonymous

    ޢިބޫ ބޭފުޅާއަށް ޒުވާނުންގެ އުއްމީދުތައް ކީއްކުރަން އެއްމެ ޅަ ބޭބީކުދިންނާއި މުސްކުޅިންގެ އުއްމީދެއް ހަގީގަތަކަށް ހެދޭނީވެސް އެފަދަ ގާބިލުކަމާއި ވެރިކަމާއިގުޅޭ ތަޢުލީމެއްވެސް ހުރެގެންތާ؟؟ ޔުނިވަރސިޓީއެއް ފެންނަހިސާބުން ހިނގާފަހުރި ބޭފުޅެއްވެސްނޫން، މިއޮތް ޒަމާނުގަ ގައުމެއްގެ ރައީސެއްގެ ގޮނޑިއަށް އަރަން ފޫގަޅާއިގެން ތިއުޅުއްވަނީ، އެމްޑީޕީ ކޯލިޝަނުން ޕީއެޗްޑީގެ ލަގަބުވާ ދެ ކެންޑިޑޭޓުން ނުނެރެވުނީތީ މަށަކީ އެމްޑީޕީ މީހަކަށްވާތީ ހިތާމަކުރަން.

  7. އެއު

    އިބޫ އެދައްދައްކަނީ ރާއްޖެ ހުރިހާ ޒުވާނުންގެ ވާހަކައެއް ނޫނެވެ. އެއީ އަނެއްދިވެހިރާއްޖެއަށް ބޭނުންވަާ ޒުވާނުގެ ވާހަކައެވެ. އެ ޒުވާނުން ބޭނުންވާ އުއްމީދުތައް ފުރިހަމަކޮށްދޭ ވާހަކައެވެ. އެއީ ހުރިހާ ވަގުތެއްގައި ހަމަގައި ތިބެން ބޭނުންނުވާ ޒުވާނުންނަށް އެކަން ފާޅުގައި ފަސޭހައިން ކުރެވޭނޭގޮތް ހަދައިދޭނެ ވާހަކައެވެ.

  8. މުޙައްމަދު

    ޒުވާނުންގެ އުއްމީދުތައް މިދަނީޙަޤީޤީ ކުލަޖެހެމުން، ނުފެނޭތަ ނުއިވޭތަ؟؟؟!!!
    އަޅެ ކަލޭ ހަމަޖެހޭ ވާހަކައެއް ދައްކަބަލަ، ކޮށްނިމިފަ ހުންނަ ކަންތައް ކޮއްދޭނަމޭ ބުނީމަ ދެން ވަރަށް ޖޯކް، ނުކިޔަވާ ހުރީމަ ވާގޮތެއް އުތަ.........

  9. ހުސޭނުބޭ

    އުނހު! އެކަންކުރަން އުޅޭނެކަމެއްނެތް! މިހާރު މުސްކުޅިވެފައި މި ތިބި މީހުންކޮޅު ޒުވާންކޮށްދޭންވީނު!

  10. އައިސަ

    ބަލަގަ ކަލޭގެ އުފަންރަށުގެ ހުރިހާ ޒުވާނުން ވަލުވައްދާފަ ދެން ކަލެޔަށް ކޮން ޒުވާނުންނަކަށް ބާ ކަންކަން ކޮށްދެވޭނީ. ބޯގޯސް ވާހަކަ ނުދަށްކާ. ކަލެޔަކީ ހަމައެކަނި ދޮޅުއަހަރަށް ހެދިފައި އޮތް ޑީލެއްގެ ދަށުން ނިކުމެ ހުރިމީހެއް. އެއީވެސް ތަބަކަކަށްލާފަ އަންނި ބޭނުންވެގެން ދީފައި އިން ފުރުސަތެއް. ޑިމޮކްރެޓިކް ޕާޓީގެ އިންތިހާބަކާނުލާ ތަބަކަކަށްލާފަ ދީފަ އިން ފުރުސަތެއް. ހަހަހަ. ޑިމޮކްރަސީ އޭ ކިޔައިގެން ކަލޭމެން މިގެ ފަހުން އަނގަނުހުޅުވާތި.