ނަފުސާނީ ފަރުވާ ދިނުމުގައި ރާއްޖޭގައި ހުރި އެންމެ ތަޖުރިބާކާރު އެއް ބޭފުޅާ ޑރ.އައިޝަތު އަލީ ނާޒް ޖުމުހޫރީ ޕާޓީ (ޖޭޕީ) އާއި ގުޅިވަޑައިގެންފިއެވެ.

ޖޭޕީން ބުނީ ޑރ. ނާޒް އެ ޕާޓީއާ ގުޅިވަޑައިގެންނެވީ މިއަދު ކަމަށެވެ. ޑރ. ނާޒް ވަނީ ޖޭޕީއާ ގުޅިވަޑައިގެންނެވި ކަމުގެ ފޯމް ޕާޓީގެ ސެކްރެޓޭރިއަޓާ ހަވާލުކޮށްފައެވެ.

ޖޭޕީން ވަނީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރިމަތިލާނެ ކަމަށް އިއުލާނުކޮށްފައެވެ. އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ލީޑަރު ގާސިމް އިބްރާހިމްއެވެ. ގާސިމް ރިޔާސީ ރޭހަށް ނުކުންނެވުމާ އެކު، އެ ޕާޓީގެ ސްލޮޓްތަކުގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ ޕާޓީއާ ވަކިވެވަޑައިގެންފައެވެ.

ޖޭޕީގެ މެންބަރުންގެ ގޮތުގައި ތިއްބެވި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް، ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު، އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހްމަދު (ހަނަފީ), ހެރިޓޭޖު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް ހަސަން (އެވިލާ)، އެމްޑަބްލިޔޫއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ އިތުރުން އެހެން ބައެއް ބޭފުޅުން ވަނީ ރިޔާސީ އިންތިހާބުގައި ގާސިމްގެ ފަހަތައް އެރުމުގެ ބަދަލުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރައްވާނެ ކަން އިއުލާން ކުރައްވައިފައެވެ.

ނަމަވެސް ޖުމްހޫރީ ޕާޓީން ބުނާ ގޮތުގައި ވަޒީފާ ހިމާޔަތް ކުރަން ބައެއް މެންބަރުން ޕާޓީން ވަކިވެގެން ދިޔަ ނަމަވެސް އެ ޕާޓީގެ ކަންބޮޑުވުމެއް ނެތެވެ. ޕާޓީން މިހާރު ވަކިވަމުން ދަނީ ފާއިތުވި ހަތަރު އަހަރު ދުވަހު ވެސް ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެފައި ނުވާ މީހުން ކަމަށް ޖުމްހޫރީ ޕާޓީން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. މެކުނު

    ތީދެން ތިތަންވެސް ހަލާކުވީ...

  2. ލަކީ

    ހެހެ ލާރިގަންޑެއް ލިބޭނެ މަގެއް ހޯދަން ކުރިކަމެއް ހެން ހީވަނީ ތީ އަބަދު އެބޭ ފުޅާ އޅުއްވާ ގޮތް ކުލި ނިކު ތަކަށް ގޮސް ރައްޔަތުން ހަމަ ފެލާލަނީ ވާ އެއްވެސް ކަމެއް ނޯވޭ

    • ގޮޅާބޯ

      ވާހަމަ އެއްކަމެެއްވެސްް ނެތޭ ތިބުނީ މީނާ އެހަދާ ފަންޑިތައަކުން ރަގަޅުވީ މީހަކު ނެތް ވާހަކަތަ؟

  3. ޔާމީނު

    ޔާމީނު ސާރކާރުގެ 12 މެމްބަޅން ދަމާގަތީ ނުލާހިކު ފަސޭހަކަމާއެކު. އެއާ އެކު ޔާމީނުގެ ވެރިކަން ބަލިކަށިވި. އެކަމު ޗޯރު އަތުން ދަމާ ނުގަނަވޭ އެއްވެއްސް އެއްޗެއް. ޗޯރު ވަކި ގިނަ ލާރި ދީގެން އޮބަހައްޓަނީތޯ. ތީގެ މެމްބަރެއްގެ ފަރާތުން ރައްޔިތަކަށް ގާއިމު ފަސޭހައެއް ނުވޭ. ކުރިން ވީވަރަށް ވެސް. ގާއްޓެއް ތަންކޮޅެއް ވަރުގަދަކޮށް ޖައްސަންވީނުން

    4
    1
  4. ޓަކަނޭ

    ނަފްސާނީ ޑޮކްޓަރުކަން ކިޔަވައިގެން އަޔަސް ، ފުޓްބޯޅަ ކުޅުނަސް . ފިލްމު ކުޅުނަސް . މިއުޒިކް ކުޅުނަސް ހުރިހާ ކަމެއް ހުޢްޓާލާފަ މިރާއްޖޭގައި ތީ ކުރަން އޮތް ކަމަކީ މިހާރު

    18
    1
  5. ގުއިދައިތަ

    ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ތިޔަ ކަހަލަ ތާކުން ތާކު ނުޖެހޭ މީހުން ގެނަޔަކަސް ޤާސިމަކަށް ވާނެ ފައިދާއެއް ނެތް. ތިޔައީ ޤާސިމް މިއަހަރުގެ އިންތިޚާބު ކާމިޔާބު ވުނުގެ ފުރުސަތު ބޮޑުކަމުން މަޤާމެއްގެ ދަހިވެތި ކަމުގަ ގުޅޭ މީހުން.

    22
    2
    • ވާނުވާބެ

      ހެޔޮކޮން ތިބުނީ، ތި ނާޒްއަކީ ނަމެއްގަ ތަޖުރިބާކާރެއް، ލާރިއަށް ބޫތުކައިފަ ހުންނަ އަންހެނެއް،

      10
    • ހުސޭނު

      ތެދެއް. ލަޔަބިލިޓީއެއް.

    • ޙޯހޯ

      ތިޔައީ ތެދެއް. މިބޭޅާވަނީ ނަފުސާނީވެފަ. ކުރިއަށް ޑރ. ކިޔަކަސް..........

  6. ހުސޭނުބޭ

    ޤާސިމްބެ އަނބުރާގަތަ ނުދޭތި. އެއީ ކުރަން ޖެހޭ މަސައްކަތަކީ.

  7. Ahmed

    ޥަރަށް ރަގަޅު މިދަނޑިވަޅުގައި ތިކުރެއްވި ކަންތައް ، ޖޭޕީގެ އިސް ގިނަބަޔަކު ނަފްސާނީ ބަލިގައި ސިޔާސީ ވެގެން ހަމަ ތެޅެނީ

  8. ޖަމާލް

    ލާރިޔާހެދި ތެޅިމަރުވާ ދާތަގަޑެތީ

  9. ބޮކުރީ

    ތިޔައީ ފެއިލްވިބޭފުޅުން ބަލަންތިބިބައަކަށް ފެންނާނެ އުނބަށްޖަހަން އަންނަތަން. އެބެއިފުޅުންނަކީ ހުވަފެނުންވެސް ގޮނޑީގަ ބައްދާ ބެއިފުޅުން. ފިސާރި ރަގަނގަޅަށް އެބެއިފުޅުން ދަންނަން.

  10. ހަލީމް

    ނާޒްއަކީ ހަމަ ޖޭޕީއަށް ޕާފެކްޓު ފިޓު، ނާކާމިޔާބު ފެއިލްޑު ޕީޕަލް ބިއަންޑި ވެރީ ސަކްސަސްފުލް ސައުދާގަރު

  11. ލާމް

    ހަވާ އަރުވަންވީ ވަރުގެ ކަމެއް.މީނަ މީ ކާކު؟މީނަ ދިޔައިމަ ވެރިކަން ލިބޭތަ؟ކޮންބަޔެއްބާ ވޯޓް ދެނީ މީކިހާ އުރައްޕެއް ހުރި މީހެއްބާ ؟

  12. ތަކުރުބެއްޔާ

    ގާސިމަށް ތެރަޕީ ދޭން ގެންދިޔަ މީހެއް ދޯ