މ. މުލީގައި މިއަދު އޮޅިގެން މަގްރިބް ނަމާދު ބަންގި އަވަހަށް ގޮވައިފިއެވެ.

މުލީ ކައުންސިލްގެ ރައީސް ޝައްމޫން ރަމީޒް ވިދާޅުވީ މިއަދު އެ ރަށުގައި މަގްރިބް ވަގުތަށް ވުރެ ކުރިން ބަންގި ގޮވި ކަމަށެވެ. ބަންގި ގޮވީ 5:15 ގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ބަންގި ގޮވީ އެ ރަށުގެ މިސްކިތުގައި މުދިމަށް ނާދެވޭ ބައެއް ފަހަރުގައި ބަންގި ގޮވާ މީހެއް ކަމަށާއި އެމީހަށް އެގޮތަށް ކަންތައް ކުރެވުނީ އޮޅިގެން ކަމަށެވެ.

" އޮޅިގެން ބަންގި ގޮވީ 5:15 ހާއިރުގައި. ދެން އޭރުގައި މީހަކު ރޯދަ ވިއްލި ކަމެއް ނޭނގެ. ގިނަ ގޭގޭގައި ބަދިގޭގެ މަސައްކަތް ވެސް ނުނިމޭނެ އެ ގަޑީގައި. އެހެންވީމަ ހިޔެއް ނުވޭ ރޯދަ ވިއްލާނެ ހެނެއް." ޝައްމޫން ވިދާޅުވި އެވެ.

އެ ރަށުން ވަގުތަށް ވާހަކަދެއްކި ބައެއް މީހުން ކިޔައިދިން ގޮތުގައި އަވަހަށް ބަންގި ގޮވުމުން ބައެއް މީހުން ރޯދަ ވިއްލި ކަމަށެވެ.

ރާއްޖޭގައި މީގެ ކުރިން ވެސް ރޯދަ މަހުގައި އަވަހަށް ބަންގި ގޮވުމުގެ ސަބަބުން އޮޅިގެން ރަށްރަށުގައި އޮޅިގެން ރޯދަ ވިއްލިފައި އެބަހުރި އެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. އެސޮރު

    އުޅިގެނެއްނޫން ޖާހިލުކަމުން

    12
    13
    • ޝެން

      ކަލޭގެ ޖާހިލުކަން ތި ކޮމެންޓުން ދޭހަ ވަނީ.

  2. ކޮތަރު

    މާލޭގެ ޓީ.ވީ.އެމް އިންވެސް މީގެ ހަތަރު ފަސް ދުވަހެއްގެ ކުރިން 2 މިނިޓް އިރު ކުރިން ބަންގި ގޮވައިފި. ތިން ހަތަރު ކަލިމައެއް ގޮވިފަހުން ކަނޑާލީ. ބައެއް މީހުން އެބްނގިއަށް ރޯދަ ވީއްލި.

    10
    1
  3. ކަމަނަ

    ޜޯދަމަހު މަޣްރިބް ބަންގި ގޮވަން ވާނީ
    ޥަރަށް ބޮޑަށް ގަޑި ޗެކް ކޮށްފަ އެއް ފަހަރަކު ނޫން ދެފަހަރު ތިންފަހަރު ވެސް ބަލާ ޗެކް ކޮށްފަ ގޮވަންވާނީ .

    19
  4. ދިދަ ދަނޑި

    ކީއްވެހޭ އޮޅެންވީ؟؟ އާންމު ރައްޔިތު މީހާ ނުޖެހޭނެ މިސްކިތު މައިކާ ހަމަޔަށް ދާކަށް.. އެއީ މުދިމެއް ނޫންވިއްޔަ އަބަދު ބަންގި ގޮވާތީ އޮޅިގެން ގޮވޭކަށް.. ހުންނަ ނުބައި ނުލަފާކަން.. އޮޅުނީޔޯ..

    2
    7
  5. ބޯގޯސްކައުންސިލް

    އާންމު މީހެއްވީމާ ކުރެވޭނެ ކަމެއް ނެތް. ދެން ތިހެން ތިބެން ޖެހޭނި. ކޮހުން މަގާމަށް ލެވުނީމާ ވާގޮތް

    3
    1
  6. އިބިލީސް

    އީދު މިސްކިތިގު ހާލަތު. މި ރޯދަމަހު ހުރިހާ ނާމާދެއްވެސް އެއްމިނެޓްކުރިން ބަންގި ގޮވަނީ.

  7. ޙާދީ

    ޢަދިވެސް ތަން ދޮރު ނުބަލާ މަވަރު ނެތިފަ ހުރޭ. ކައުންސިލް ރައީސް ތުއްތުބޭ ކިޔާ މީހެކޯ ބަންގި ގޮވީ.

    1
    2
  8. Anonymous

    ވާންޗޯވެފަހުރި މުދި މެއް ކަންނޭންގެ

  9. ހަނޫ

    ތިވާނީ ލާދީނީ ބައިގަނޑުގެ މީހަކައް މީ ބިރަކާނުލާ މަޖާކުރާ ސަރުކާ

  10. އަޙްމަދު

    ތަންދޮރު ނުދައްނަނީ ކާކުބާ..؟؟ އަވަހަށްވެސް ލަހުންވެސް ބަންގި ގޮވޭނީ އެފެންވަރު ހުރި މީހަކަށް.. އަމިއްލަ ނަމުގައި ކޮމެންޓްކޮށްލަން ނުކެރި ތިހެން މީސްމީހުންގެ ނަމުގައި ކޮމެންޓްކުރަން ތިޖެހެނީ ތަނެއް ދޮރެއް ނޭގި މަވަރު މީހަކުނެތީމާނު..

  11. ކުޅުދުއްފުށީ އިބުރާހީމު

    ތީކީ އެއްވެސް ކަމެއް ނޫނެއްނު ދެން. އެގޮތައް ދިމާވެއްޖިއްޔާ އަދި ގަޑި ނުޖެހޭ ކަން އެނގިއްޖިއްޔާ. ވަގުތުން މައިކް ކައިރިއަށް ޖެހިލާފައި ހަމަ މިޞުރު ރާގަށް ގޮވާލަންވީ. " އެއީ ސަކަރާތް ބަންގި އެއް، މައިކް ޓެސްޓު ކޮށްލަން ގޮވި ބަންގި އެއް. އަދި ފަހުން އަސްލު ބަންގި ގޮވާން" އެ ނިމުނީ