މަހަށް ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުން ދިޔައީ ނ.ޅޮހީ ފެހިވިނަ އުމުރުން 30 އަހަރުގެ ހުސައިން އަދުނާނު ނަމަކަށްކިޔާ މީހެކެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ، އެ ޒުވާނާ ފެނިފައި ވަނީ އެމްއެންޑީއެފް އިން އެ ޒުވާނާ ހޯދުމަށް ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން ސީޕްލޭންއެއްގައި ވައިގެ މަގުން ބަލަމުން ދަނިކޮށް މަނަދޫގެ އުތުރުން 10 ނޯޓިކަލް މޭލު ބޭރުންނެވެ.

އާޒިމް ވިދާޅުވިގޮތުގައި، އެ މީހާ ނ.މަނަދޫއަށް ގެންދިޔުމަށްޓަކައި ކޯސްޓްގާޑް ލޯންޗުގައި އެރަަށަށް ދަތުރު ކުރަމުންދާ ކަމަށެވެ. އެ މީހާގެ ހާލު ރަނގަޅުކަމަށް މައުލޫމާތު ލިބެއެވެ.

ރޭ 22:30 ހާއިރު ޅޮހިން ފުރައިގެން މަހަށް ދިޔަ އެ ދޯންޏާއެކު، އެ ޒުވާނާ ގެއްލުނުއިރު، އެމްއެންޑީއެފް އިން ރެއިން ފެށިގެން ދިޔައީ އެ ޒުވާނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެމްއެންޑީއެފް އިން މައުލޫމާތުދިންގޮތުގައި، އެ ދޯންޏަަށް އެންމެ ފަހުން ގުޅިފައިވަނީ ރޭ ދަންވަރު 1:30 ހާއިރުއެވެ. އޭރު ދޯނި އޮތީ ނ.މަނަދޫއާއި ނ.ޅޮއްސާއި ދެމެދުގައެވެ.

އާޒިމް ވިދާޅުވީ، އެ ޒުވާނާ ފެނުނީ ގެއްލިގެން ހޯދަމުންދިޔަ ދޯނިން ކަމަށެވެ. އާޒިމް ވިދާޅުވީ، އެ މީހާ މަނަދޫއަށް ގެންގޮސް ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ބަލާ ތަހުގީގު ކުރާނެ ކަމަށެވެ.

އެ ޒުވާނާ ހާލުގައި ޖެހުނީ އިންޖީން ނިވިގެންކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ާގ

    ޢަލްޙަމްދު ﷲ

  2. ނުބުނި

    ????

  3. ޛ

    ﷲ އަށް ޙަމްދު ހުއްޓެވެ

  4. ޚާއްޖަ

    މިވަރުގެ ޚިދުމަތްތެރި މުއައްސަސާއެއް އުވާލަންތަ އެބޭ އެ އުޅެނީ؟

  5. ސިފައިން

    ދޮގެއްވެސްނޫން އުތަ

  6. ބާނިޔޫސޭ

    ޒުވާނުންނޭ. އަމިއްލަ ފުރާނަވެސް ގެއްލިގެންދާ މިކަހަލަ ނުރައްކާތެރި ކަންތައް ނުކޮށްބަލަ. ކިތައްމެ ކުޅަދާނަވެފަ ބިރުކުޑައަސް އެކަނިމާއެކަނި ރޭގަނޑުގެ ކަނުއަނދިރީގައި ކަނޑުމައްޗަށް ނުކުތުމަކީ މަރަށް ދަޢްވަތުދިނުން ނޫން އެހެން ކޮންކަމެއް؟ މޫސުން ގޯސްވެ ކަނޑުތައް ކުއްލި ކުއްލިއަށް ގަދަވަމުންދާތީ ރާއްޖޭގެ އެކި ހިސާބުތަކަށް އެކިކުލައިގެ އެލާރޓްތައް އެދަނީ އިރުއިރުކޮޅާ ނެރެމުން. އުމުރުގަ އަދި ތަންކޮޅެއް އޮތީތީ މާތްﷲ ގެ ރަޙްމަތްފުޅުން މިފަހަރު ފުރާނަ ސަލާމަތް ވިއަސް މިއީ ވުމަށްވުރެ ނުވުން ގާތުގައި އޮތްކަމެއް. މިގޮތަށް އެކަކު އެކަނި ކަނޑުމައްޗަށް ނުކުތުމަކީ ސަރުކާރުން މަނާވެސް ކުރައްވާފައި އޮންނަކަމެއް. މިޙާދިޘާއިން ޢިބްރަތް ލިބިގަނެ މިފަދަ ނުރައްކާތެރި ކަންތައްތައް ނުކޮށް ތިބުމަށް ލޮބުވެތި ޒުވާނުންނަށް ނަސޭހަތްތެރިވަން.

  7. ޞވ

    ކަނޑުގެ ސިފައިން ބައިތިއްބާފަ އެއްގަމުތެރޭ ގަ އުޅޭ ސިފައިން އުވާލާގޮތައް އޮތީ އަނެއްކާ ސަބްމެރިން ފުލީޓެއް އޮވޭ ދެންކޮންއެއްޗެއްތަ ބޭނުންވާނީ

  8. ސަމަންދަރު

    މި ޒުވާނާ އަށް ހެޔޮ ރަހުމަތް ލެއްވި އިބަ އިލާހުއަށް ހަމްދު ކުރަމެވެ.

  9. ކައުންސެލަރު

    އިންޖީނުހުއްޓި ބެހިއްޖެ! އެތައް ބަޔަކުގެ މަސައްކަތުން ފެނި ސަލާމަތް ކުރެވިއްޖެ..
    އެޖަމަކު ބުނަން، ބުރޯ އަދި ކުރިޔަށްއޮތީ އިނގޭ. އެނގޭތަ އެކަނި ދަތުރު ކުރުމަކީ ގަވައިދުން މަނާކަމެއްކަން. އަދި ހާއްސަކޮށް ރޭގަނޑު، ދަން ގަޑީގަ، އެހާގަދަ...
    ބަސްއެހުމުގެބައި ތަންކޮޅެއް ކުޑަހެން ހީވަނީ. މިފަހަރު ތިޔައޮތީ ބޮނޑިދޮށުލާފަ.