އަންނަ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމެވި ނިންމެވުމަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށް އެލްޖީއޭގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސެއިން ވިދާޅުވެއްޖެއެވެ.
ޝުޖާއު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާނެ ކަމަށެވެ. އަދި އެ ނިންމުން ބަދަލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
Riyaasee Inthikhaabugai vaadhakuran nimmi nimmumah ehvves badhaleh nugennan. Vaadhakuraanan #shujau2023 @Mihaarunews @AdhadhuMV @VaguthuOnline @oneonlinemv @Ch13official @DhiyaresNews @thevoice_mv @minoosmv @thiladhun @dhidaily @sunbrk @avasmv @DhivehiChannel @Sangu_TV… pic.twitter.com/ubYaFykW7u
— Shujau Hussain (@alameershujau) April 9, 2023
"މި ނިންމުމަށް އެއްވެސް ވަރެއްގެ ބަދަލެއް ނާންނަ ކަމާއި އަދި ނުވެސް އަންނާނެ ކަމުގެ ޔަގީން ކަން އަޅުގަނޑަށް ހެޔޮ އެދޭ ފަރާތްތަކަށާއި އަޅުގަނޑަށް ތާއީދު ކުރާ ފަރާތްތަކަށާއި ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ،" ޝުޖާއު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވައި ޝުޖާއު ވަނީ މީގެކުރިން އެކަމަށް މަސައްކަތް ވެސް ކުރައްވައިފައެވެ. އެފަހަރު ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރާނެކަން އިއުލާން ކުރެއްވުމަށް ފަހު، ވަނީ ނަން އަނބުރާ ގެންދަވައިފައެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި އެމްއެންޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ.
ޕީޕީއެމުން ބުނަމުން އަންނަނި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. އަދި ޔާމީން ޖަލުގައި އޮންނެވި ނަމަވެސް އެމަނިކުފާނުގެ ނަންކޮޅު ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ ކަމުގެ ޔަގީންކަން ޕީޕީއެމުން ދެއެވެ.
މޮޔަފުޅުވީތޯ….އަމިއްލަ އަންހެނުންވެސް ނުދޭނެ ކަލެއަށް ވޯޓެއް….
ތީ އެންމެ ރަނގަޅު ކެންޑިޑޭޓަކީ. ހީވަނީ ފުރަތަމަ ބުރުން ނެގޭނެހެން.
ކަލޭމްންނަށް ވޯޓްދެނީ ކޮންބައެއްތޯ!
ވަރަށް ރަނގަޅު ނިންމުމެއް. ރައްޔިތުންނަށް ވޯޓް ލުމަށް ގިނަ ޗޮއިސް ލިބޭނެ ގޮތެއް ތިވީ، މަނިކުފާނަށް ކާމިޔާބީއަށް އެދެން.
ކުޑަކޮށް ލާދީނީ ގޮލައެކޭ ވެސް މީހުން ބުނޭ. ހީވަނީ އެއްބުރުން ނަގާނެހެން
ދޫނުދޭތި އަދި ވިސްނުން ބަދަލުނުކުރާތި. ވެރިކަމަށް ކުރިމަތިލީ ގިނަމީހުން ތިބޭފުޅާ ކުރިމަތިލައްވާނަމޭ ބުނުމުން ބިރުން އުޅޭކަން ފާހަގަކުރެވެއެވެ. އެހެންކަމުން އެންމެ ފަހުވަގުތު އެބޭކަލުން އަތުން އެއްޗެއްލިބޭގޮތައް ޑީލެއް ހެއްދެވުމުން ވެރިކަން ލިބުމަށްވުރެ ފައިދާބޮޑުވާނެއެވެ. މަނިއްޕުޅު ވެރިކަމަށް އަރާފިނަމަ ވެއްޓުން ގާތެވެ. މަޖީލީހުގައި އެއްވެސް އާރެއްނެތުމުންނެވެ. ޑޮކްޓަރު ވަހީދަށް އެގޮތްވެލެއްވިއިރު މަނިއްޕުޅަށް ކިހާވަރެއްވާނެބާ ހިތައްއަރައެވެ. މިހާރުވެރިކަމުގައި ހުރީވެސް ތަނެއްދޮރެއް އުޑެއްބުޑެއް އެގޭ އެއްޗެއްނޫންކަމުގައިވިއަސް އެހެރެދަނީ ވެރިކަމުގެ ފަސްދައުރު ނިންމަމުންނެވެ. ފުޓަބޯޅަ މެޗެއް ނިންމާލާއިރު ނަތީޖާއިން ފެންނާނީ ލަނޑުޖެހިވަރެވެ. ދަނޑުމަތީގައި ކަންހިނގިގޮތް ކަންކުރިގޮތެއް ނަތީޖާގެ ރިޒަލްޓަކުން ނުދައްކާބީދައިން އިބްރާހީމުގެ ހާލުވެސް ހަމަ އެފަދައެވެ.
ސުޖާއު އުޅެނީ ވެރިކަން ހޯދާކަށް ނުން. ކޯލިޝަން ހަދަން އޭނައަށް ވެސް ބޮޑު ޕާޓީއަކުން ދައުވަތު ދޭތޯ ބަލަން. އެކަމަކު އޭނައަށް އޭނަގެ އަމިއްލަ ވޯޓް ވެސް ނުލިބޭނެ. އޭނައަކީ އެމްޑީޕީގެ ގުންޑާއެއް
މީނާގެ ސިޔާސީ މަކަރުގައި ޖެހި ޕާރޓީތަކުން ބޮޑެތިއަދަދުން ފައިސާ ހޯދާ ، ނަން އަބުރާ ނެގީމާ މިލިއަނުން ރުފިޔާ ލިބޭ ،
ގޯހެއްނޫން! އެކި މީހުން ވިޔަފާރި ކުރާނީ އެކި އެކި އުކުލުތައް ބޭނުންކޮއްގެން. ތިއީވެސް ފަހުގެ ޓެކްނޮލޮޖީ އެކޭ ބުނާކަށް މަމެން ނެތީމު.
ފަހުވަގުތު ކޯލިޝަން ހަދާލައިގެން ސަރުކާރުގެ މަތީމަގާމަކަށް އެރޭނެ ގޮތެއްތިވެސް… މިނިސްޓަރ ކަން ލިބުނަސް ކޮންމެސް މިންވަރެއް ހާސިލްވީނު…
ގޯހެއްނޫން. އަދިވެސް 10 ވަރަކަށް މީހުން ކުރިމަތިލައިގެން މީތި ހަމަޔަކަށް އެޅޭނީ.
ރައީސް ކަމަށް ކުރިމަތިލައްވަންވީ މަނިކުފާނާއި ޑރ. ޢަބްދުﷲ ޝިހާމް އެވެ. ތި ދެ ބޭފުޅުންގެ ތެރެއިން ވެސް ރައީސް ކަމަށް ބޮޑަށް ފައްކަލީ މަނިކުފާނެވެ. މަނިކުފާނު ކުރިމަތި ލައްވައިފި ނަމަ މި އަތޮޅުގެ އެންމެންގެ ވޯޓުތައް މަނިކުފާނަށް އޮއްސައިލާނަމުއެވެ. މަނިކުފާނަކީ އެންމެ ބެސްޓް ކެންޑިޑޭޓެވެ. 2023 ގެ އިންތިޚާބު ކާމިޔާބުކުރެއްވުމަށް ބިރަކާ ނުލައި ކުރިއަށް ވަޑައިގަންނަވާށެވެ. ރައްޔިތުން ތިބީ މަނިކުފާނުގެ ފަހަތްޕުޅުގައެވެ.
މިވެސް އާވައްތަރެއްގެ ސިންޑްރޯމެއް. މީގެ މީހުންނަކަށް ޙަޤީޤަތް އޮޅުންފިލުވަން އަދި ޤަބޫލު ކުރަން ދަތި ވާނެ.
ބޯކޮށް ވޯޓް ލިބޭނެ....ދިޔަދޮވި އަކުން ފެން ފައިބާ އުސޫލުން ކަންވާރުތައް ފުރައި ބޯކޮށް ވޯޓް ލިބޭނެ....ހިތް ވަރުކޮށްލާ ޒުވާނާ....މެނިފެސްޓޯ އެއް ނެތަސް އަހަރެން ގެ ވޯޓް އޮނަރަބަލް ޒުވާނާ އަށް ލިބޭނެ
މިދެން ކާކުތަ. މީނާ އަކީ މީނާގެ މުސްކުޅި މަންމަ ގެއިން ނެރެ އެއްލާލާފަ. މިކަހަލަ މީހުން މިއުޅެނީ ވެރިކަމައް ކުރިމަތިލައިގެން.
އޭނަގެ މަންމައާ އެކަންޏެއްނުން އަޅާނުލަނީ. އޭނަގެ ބައްޕައާ ވެސް އަޅާނުލާތާ އަނގައިން ވެސް ނުބުނޭ. އެމީހާ މިހާރު ހުންނަނީ ގއ. ކަނޑުހުޅުދޫގައި.
މިފަހަރު ޔާމީން ފިޔަވައި ، ރިޔާސީ އިންތިޚާބަށް ނުކުންނަ ކެނޑިޑޭޓުންނަށް!
އަޅުގަނޑަށް 220000 ރުފިޔަ ދޭ ފަރަތަކަށް 67 ވޯޓު ހޯދަދޭން ޖާމިނުވަމެވެ.
ޔަވަރުން ނުވާނެނުން ދެން އުމުރުގައި ދެންއޮތައްނަވެސް ބޭނުންވާހަރައްދކޮގެން ބަލާ މީހަކައް ވޯޓް ލާނީ
މަގޭ ވޯޓް ލާނީ ތައްރަގީގެ ބާނީ ޔާމީނަ