ޔޫތު މިނިސްޓްރީން ފުޓްބޯޅަ ޓީމު ތަކަށް ފައިސާ ބެހުމުގައި ތަފާތު ކުރުން ގެންގުޅޭކަމުގެ ތުހުމަތު ކުލަބް ގްރީން ސްޓްރީޓުން ކޮށްފިއެވެ.

މިރޭ އެކުލަބުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ފުޓްބޯޅަ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ޓީމުތަކަށް ފައިސާ ބެހުމުގައި މާޒިޔާއަށް ބޮޑު އަދަދެއް ދިނުމަކީ އިންސާފުވެރި ގޮތެއް ނޫންކަމުގައެވެ.

މި ބަޔާނުގައި ބުނެފައިވާ ގޮތުން މިނިސްޓްރީން ވަނީ މާޒިޔާއަށް އެއް މިލިއަން ދިވެހި ރުފިޔާ ދީފައެވެ. އެހެން ނަމަވެސް ފުރަތަމަ ޑިވިޝަންގައި ވާދަ ކުރާ އެހެން ޓީމުތަކަށް ދީފައިވަނީ 247،500 ރުފިޔާ ކަމަށް ވަނީ ބުނެފައެވެ. މި ފައިސާގެ އިތުރުން މިދިޔަ އަހަރު އިންޑިއާގެ ކޮލްކަތާގައި ބޭއްވުނު އޭއެފްސީ ކަޕުގެ މެޗުތަކަށް ކުރި ދަތުރު ތަކުގެ ޓިކެޓުގެ ފައިސާއަށްވާ 368،299.60 ރުފިޔާ ވެސް ވަނީ މާޒިޔާއަށް ދީފައި ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.

ކުލަބް ގްރީން ސްޓްރީޓްގެ އިތުރުން ޓީސީގެ އިސް ހިންގުންތެރިޔާ އަދި ކުރީގެ ސްޕޯޓްސް ކޮމިޝަނަރު، އަހުމަދު ނަސީރު (ޑޭވް) ވެސް ވަނީ މިކަމާ ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން ޑޭވްގެ ފޭސްބުކުގައި ބުނެފައިވާ ވަނީ މި މައްސަލަ އެންޓި ކޮރޮޕްޝަން ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި އެކަމުގައި އެހެން ޓީމު ތަކުން ވެސް ބައިވެރި ވުމަށް ޑޭވް ވަނީ ގޯވާލާފައިވެއެވެ.

މިގޮތަށް ބޮޑު އަދަދެއް އިތުރަށް ދިނުކަމީ އެއްވެސް ވަރަކަށް އިންސާފުވެރި ގޮތެއް ނޫން ކަމަށާއި ވަކި ޓީމަކަށް ބަރޯސާ ނުވުމަށް ވެސް ގްރީން ސްޓްރީޓްގެ ބަޔާނުގައި ބުނެފައިވެއެވެ.

މިފަދަ ތުހުމަތުތަކެއް މި ކުލަބުން ކޮށްފައިވާއިރު، މާލީހާލަތު ތަން ނުދިނުމާއި ކުލަބް ރަޖިސްޓްރޭޝަންގެ މައްސަލައާއި ގުޅިގެން މިއަހަރުގެ ޕްރެޒިޑެންޓް ކަޕުގައި ގްރީން ސްޓްރީޓުން ބައިވެރިއެއް ނުވެއެވެ.

ބައެއް ޓީމު ތަކުން މިކަމާ ނުރުހުން ފާޅު ކުރުމާއި ގުޅިގެން ޔޫތް މިނިސްޓަރ އަހްމަހު މަހްލޫފް ވިދާޅުވީ، މާޒިޔާއަށް އިތުރަށް ފައިސާ ދިނީ އޭއެފްސީ ކަޕަށް އެހީތެރިވުމުގެ ގޮތުން ކަމުގައެވެ. އެކަމަކީ މިނިސްޓްރީ އާއި އެފްއޭއެމް އިން މަޝްވަރާކޮށް މީޑީއާ އާއިވެސް ހިއްސާކުރެވިފައިވާ ކަމެއް ކަމަށް މަހުލޫފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހނހ

    މަހޭ އަކީ އަސްލު ކޮރަޕްޝަންގެ އައްޕަ އެކަން މިދަނީ ރައްޔިތުންނަށް ސާބިތު ވަމުން

  2. ލަބަނޭ

    މަހްލޫފްގެ ފަރާތުން މާޒިޔާއަށް ވަރަށް ގިނަ އަދަދުތަކުން ފައިސާ އެކި ނަންނަމުގައި ދީފައިވޭ، އެއްމިލިއަން ރުފިޔާގެ ތެރޭގައި މަހޭގެ އެޕާރޓްމަންޓް ހަދަންވެގެން މިނިސްޓްރީގެ ބަޖެޓުން މާޒިޔާއަށް ދިން ފައިސާ ހިމެނޭ.
    މޫސަ ކިޔާ މީހަކަށް މިފައިސާ ހަވާލު ކޮށްފައިވަނީ މާޒިޔާމެދުވެރިކޮށް.

  3. Anonymous

    ނަމާދުކޮށް ރޯދަހިފާ ސޮދަޤާތް ކޮށް އުޅޭ ޖަމުއްޔާތަކަށް ފައިސާކޮޅެއް ނުދޭތޯ ؟

  4. ޑައެލޯގް

    މިވަގުކަލޭގެވެސް ބަންދުވާގޮތެއްނުވިއެވެ. ޒީރޯޓޮލަރެންސް

  5. ޟިއާމު

    ހުރިހާ ކަމެއްގަވެސް ތަފާތުކުރޭ. ތިޔޮއް އަރުތައެކޭ ކިޔައިގން އެހާވާ ހަޑިއެއް ނިކަން ބަލާބަލަ. (ވަރައް މަދުކުއްޖެއް އެއައް އެލިޖަބަލްތިބީ) ހަމައެގޮތައް ސްޕޯޓްސް އެވާޑްސްވެސް. ދައުވަތުދީގެން ގެންގޮސް ވެސް ތަފާތުކުރޭ. އިހައްދުވަހު ވަރްވަރުގަދަ ޖިމްއެއްވެސް ހުޅުވައިފިޔޯ ކިޔާތީ އަޑުއިވޭ. އަބަދު ތަޅުލާފަ، ބައެއްފަހަރު އައްނާނެ މީހކު ދެތިން ކުދިިން ގޮވައިގެން އައިސް ވއްދާފަ ތަޅުލާފަދާނެ. އިރުކޮޅަކުން ފެއނާނެ އަިސް ހުލުވާފަ އަނެއްކާ އެކުދިން ނެރެގެން ދާތަން. ސްވިމިންޕޫލެއްވެސް އަލާތާ މިސަރުކާރައްވީ ދުވަސްވއެއްޖެ. މިހާރު ހަމައކަނި ރިބަންކަޓާލަންވެފަ. އަދި ރައީސް ބިޒީކަމުން ވަޓައިނުގެއްނެވޭތީ ނުހުޅުވިފަ. ނޮވެންބަރު މަހުގެ 11 ވާ ހޮނިހިރުދުވަހު އިރާދަކުރެއްވީޔާ އަހަރުމެން ތިބޭނަން އަތްޖަހަން.