ރައްޔިތުންގެ މަޖިލިހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ސަރުކާރަށް ލިބުމުން އޭގެން ހާމަވަނީ ހުރިހާ ބާރަކާއެކުވެސް ސަރުކާރަށް ލިބުނީ %48 ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން އާންމު ކުރި ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް ޝާޒަށް ލިބިވަޑައިގެންނެވީ 1،346 ވޯޓެވެ. ޝާޒްއާ ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާއަށް ލިބިވަޑައިގަތީ 1،226 ވޯޓެވެ. އެމްއެންޕީގެ އަލީ އަރީފަށް ހޯއްދެވުނީ 122 ވޯޓެވެ.

ގުރައިދޫ އިންތިޚާބާއި ގުޅުވައި ކުރެއްވި ޓުވީޓެއްގައި ޝިޔާމް ވިދާޅުވީ، ގުރައިދޫ މެދައިންތިހާބުން ބުނެދޭ އެންމެ ބޮޑު ހަގީގަތަކީ ހުރިހާ ބާރަކާއި ނުފޫޒަކާއެކުވެސް ސަރުކާރަށް ލިބުނީ %48 ކަމަށެވެ. އަދި މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެވަނަ ދައުރެއްގެ ހުވަފެންފުޅުގައި ކުލަނުޖެހޭނެކަން ކަށަވަރުކޮށްދޭ ނަތީޖާއެއް ކަމަށާއި، މި ނަތީޖާއިން ފެނިގެން ދަނީ ރައީސް ޔާމީނަށް 2023ގެ އުންމީދު އިތުރުވެގެންދިޔަ ނަތީޖާއެއްގެ ގޮތުގައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީން ނަގާފައިވާއިރު، މަޖިލިހުގެ ތިން ދައުރުގައި ވެސް ގުރައިދޫ ދާއިރާގެ ގޮނޑި ނެގީ ޕީޕީއެމުންނެވެ. މިދިޔަ 14 އަހަރު ގޮނޑި ފުރުއްވީ މިދިޔަ ފެބްރުއަރީ މަހު އަވަހާރަވި، ޕީޕީއެމްގެ އިބްރާހިމް ރިޒާއެވެ.

މެންބަރު ރިޒާ އަވަހާރަވެފައި ވަނީ މިދިޔަ ފެބްރުއަރީ މަހު 23 ވަނަ ދުވަހު ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މެލޭޝިއާގައެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގެ ކ. އަތޮޅުގެ ގޮނޑިއެއް އެމްޑީޕީ އަށް ނެގުނު ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ނުނން

    ޝިޔާމޫ ވޯޓުން އޮންނާނީ ބަލިކޮށްފަ ދެން ލަލަލާ...

    4
    5
  2. ޑައެލޯގް

    ފިސަތޯލަ ނުވަތަ ބާގީނާޒިމްގެ ޕާޓީއަކީ އިބޫއަޑީގައި އޮވެގެން ނާޒިމް އުފައްދާފައިވާ ޕާޓީއެކެވެ. ދެން އެޕާޓީގެ މެންބަރުންލައްވާ ސަރުކާރަށް ފާޑުކިޔައެވެ. ބޭނުމަކީ ސަރުކާރާ ދެކޮޅުބައެއްކަން ދައްކާ އިދިކޮޅުގެވޯޓު ބައިބައިކުރުމެވެ. އެހެންވެ އެމްޑީޕީއަށް ކާމިޔާބުވީއެވެ. އެކަމަކު ރިޔާސީ އިންތިހާބުގައި އެހެނެއްނުވާނެއެވެ.ސަބަބަކީ ދެވަނަބުރުގައި ފިސްތޯލަޕާޓީއަށް ވާދަނުކުރެވޭނެތީއެވެ. ދެވަނަބުރުގައި ދެޕާޓީއަށް ވާދަކުރެވޭތީއެވެ.

    6
    2
    • މޫސަ

      ފިސްތޯލު ފަޓީ ދެވަނަބުރުގަ އަރާނި ސޯލިހް ފަހަތަށް.

  3. މުހައްމދު

    އެއޮތީ ބަލިވެފައި ބަލިގަބޫލުކުރުން އެންމެ ރަނގަޅުވާނީ

    1
    4
  4. ރައްޔިތު މީހާ

    ސާފު ވޯޓަކުން ބޮޑު ބިޔަ ރަސްކަމެއް ވެއްޓިއްޖެ..

    1
    3
  5. ސައީދު

    ޕީޕީއެމުން މިހާރު ފެންނަނީ ޕީއޭގެ ސައިޒު

    3
    3
    • މުބީނު މާރނީ

      އެހެންވީމަ ދޯ ސަރުކާރުގެ ހުރިހާ ކުންފުނި ތަކެއް އިބޫ ބޭނުން ކުރި އިރުވެސް ހުސައިން ރިޒާ އަށް އެހާ ގިނަ ވޯޓު ލިބުނީ. ކޮސް ނުގޮވާ.

  6. އަހްމަދ

    މިހާރުދެން ޝިޔަމު މެނަށްވެސް ރަނގަޅުވާނީ އިބޫ ފަހަތަށް އެރުން.

    2
    5
  7. ފިޔާ

    ސިޔާމް ދެން ކޮސްނުގޮވާ ތިއޮތީ ބަލިވެފާ 2023 ވެސް އިބޫ އިންޝާﷲ.

    2
    3
  8. ތައްޓޭ

    ޝިޔާމޫ، ކެންޕޭންކުރަން ދަސްކުރޭ! ރަށްރަށަށް އަރާ އައުގުރާނަގޮވާ ﷲމާތް ކޮށްފައިވާ އިންސާނުން ޖަނަވާރުން ކަމަށްހެދުންނޫން ކަމެއްނުވޭ، ދެން ތިގޮވަނީ އޮޅުވާލީ ވަގައްނެގީ،ނުފޫޒްފޯރުވީ ހުރިހާވެސް މައްސަލައަކީ ޕީޕީއެމް ލީޑާޝިޕް ފެއިލްވުން ތިޕާޓީއަކީ ހަޤީގަތުގައިވެސް އެއްވެސް މުސްތަގުބަލެއް އޮތްޕާޓީއެއްނޫން، ނިކަންބަލާ ޕީއެޗްޑީ ހޯޑަރުންއެތައްބައުވަރު ތިބި ޕާޓީއެއް އެކަމަކު އެފަދަބޭފުޅުންނަށް އެއްވެސް ފުރުސަތެއްނުދީ 2ނަންބަރ ކާތިބު ކަމުގެ ސަނަދުއޮތް ކޮރޮޕްޓް މީހެއްގެ އަތުގައި މުޅިޕާޓީ އޮވެ ފުޑެމުންދަނީ
    މިހިސާބުންވެސް ޕާޓީގެ ބަލަދުވެރިން ކަމުގައިވާ މެންބަރުންގެ ޙައްގަައްޓަކައި ނަމަވެސް ކޮރޮޕްޓް އަދި ފެއިލްވެފައިވާ އެންމެން ދުރައްޖެހި ކިޔަވައިގެންތި ހިތްވަރުން ފުރިފައިވާ އާލީޑަރުންނަށް ފުރުސަތުދޭންނުވޭބާ؟؟؟

  9. Anonymous

    ޖަލު ޙުކުމެއްގައި ހުރި މީހަކު އޮގަސްޓްމަހު ކުރީކޮޅު މުޅިން މިނިވަންވާނެ ކަމުގެ ޕަސެންޓޭޖްވެސް ހިސާބު ޢަދަދުން ދައްކާލިނަމަ ޝިޔާމުގެ މޮޅުކަން ރަގަޅަށް އެގުނީސް.