މާލެ ސިޓީގެ މެޔަރު ޑރ. މުހައްމަދު މުއިއްޒު މުައްސަލައެއް ޕީޕީއެމްގެ ސްލޫކީ ކޮމިޓީއިން ބަލަމުންދާ ވާހަކަ އެ ޕާޓީއިން ދޮގު ކޮށްފިއެވެ.

ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް ދީފައިވަނިކޮށް މާލެ ސިޓީގެ މެޔަރު ޑރ. މުއިއްޒު ޕީޕީއެމް ރިޔާސީ ކެނޑިޑޭޓަކަށްވުމަށް އަމިއްލަފުޅަށް ކެމްޕެއިން ކުރާ ކަމަށް ބުނެ ރައީސް ޔާމީންގެ އާއިލާއިން ޕީޕީއެމްއަށް މައްސަލައެއް ހުށަހަޅާފައިވާ ބައެއް ފަރާތްތަކުން ވަނީ ވާހަކަ ދައްކާފައެވެ.

މުއިއްޒު އަދި މުއިއްޒު ކެމްޕެއިން މެނޭޖާ އާދަމް ރަމީޒުގެ މައްސަލަ މިރޭ ޕީޕީއެމްގެ ސްލޫކީ ކޮމިޓީން ބަލަން ފަށާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

މި މައްސަލައާއި ގުޅިގެން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ޑރ މުއިއްޒުގެ މައްސަލައެއް އެ ޕާޓީގެސްލޫކީ ކޮމިޓީން ބަލާ ކަމަށް ބުނެ ދެކެވޭ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށެވެ.

ޕީޕީއެމްގެ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް އެ ޕާޓީން ބުނަމުންދާއިރު އަދި ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަކުރެވޭނެ ކަން އަދި ޔަގީނެއް ނުވެއެވެ.

ޕީޕީއެމް ވަނީ އެ ޕާޓީއިން ރިޔާސީ އިންތިހާބުގައި އެހެން ޕާޓީއެއްގެ ފަހަތަށް ނާރާނެ ކަމަށް ވެސް ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޝެއިޚް އަޖުމަލް.

    ރ.ޔާމިން އެއީ ކެންޑިޑޭޓް، ނަމަވެސް ނުލަފާ ސަރުކާރުގެ ޖައްބާރުކަމުން ނުލައި 20 ގެ ކުރިން، ރ.ދޫކޮށްފާނެތޯ، ޕީޕީއެމް މިއީ ބޮޑް ޕާޓީއެއް، އެހެންވީއިރު ރ. ޔާމިންވެސް ޕާޓީން ވެސް ވިސްނާނީ އެންމެ ވިންވާ މީހެއްތާ.

  2. Anonymous

    މުއިއްޒު ދެލޯ ބޮޑުކޮށްގެން ހާސްވެފައި އިންނާނެ ކަމެއްނެތް. މުއިއްޒަކީ ވެސް އަނިޔާވެރިއެއް. މުއިއްޒަކީ ވެސް ވެރިކަމާހެދި މޮޔަވާ މީހެއް. ނާޒިމު އެކަންޏެއް ނޫން. މުއިއްޒު ވެސް މަސައްކަތްކުރަނީ ޔާމީނަށް ވުރެ ކުރިއަރަން. ޔާމީން ވައްޓާލާފައި ވެރިކަމަށް އަރަން. ޔާމީނު އަތުން ޕީޕީއެމް ޖަހައިގަންނަން. މިއީ ސިއްރުތަކެއް ނޫން. މިއީ މިހާރު ފަޅާއަރާފައިވާ ހަގީގަތްތަކެއް.

  3. އަންނަނީ އަންނަނީ

    ޕޕމ އިން ޑރ މުހައްމަދު މުއިއްޒު ނެރެ ކެމްޕޭން ފަށަންވީ
    ޔާމީން މިނިވަން ވާނެ ކަމުގެ އޮތީ ކޮން ޔަގީންކަމެއް
    އެހެންނޫނީ ގުރައިދޫ ދާއިރާގެ އިންތިޚާބު ނެގިހެން އިބޫ މި އިންތިޚާބު ވެސް ނަގާނެ