މާލޭގައި ހުންނަ ނޫރު މިސްކިތުގައި އިމާމެއް ނެތުމުން އެ މިސްކިތަށް ނަމާދަށް ދިޔަ މީހުންނަށް އީދު ނަމާދު ނުކުރެވުނު މައްސަލަ ބޮޑުވެ، ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

ހެންވޭރު ކޮޅުގައި ހުންނަ ނޫރު މިސްކިތަށް އީދު ނަމާދަށް ދިޔަ ބައެއް މީހުން "ވަގުތަށް" މިއަދު ބުނީ އެ މިސްކިތުގައި އީދު ނަމާދު ނުކުރާ ކަން އެނގުނީ މިސްކިތުގެ އެތެރެ އާއި ބޭރު ފުރުނު ފަހުން ކަމަށެވެ. އަދި އެ މިސްކިތުގައި އެކަން އިއުލާން ކުރީ ތަކްބީރު ވެސް ކިޔަން ފެށި ފަހުން ކަމަށް އެމީހުން ބުންޏެވެ.

"އޭރު ގަޑިން ހެނދުނު 7:23 ވަރު ވާނީ. ސައުންޑް ސިސްޓަމް ބޭނުންކޮށްގެން ގޮވާފައި ބުނީ މިއަދުގެ ފިތުރު އީދު ނަމާދު މިސްކިތުގައި ކުރެވެން ނެތް ކަމަށް. ސަބަބެއް ކަމަށް ބުނީ އިމާމެއް ނެތީމައޭ،" ނޫރު މިސްކިތަށް ނަމާދަށް ދިޔަ މީހަކު ކިޔައި ދިނެވެ.

އެމީހާ ބުނީ އީދު ނަމާދު ޖަމާއަތުގައި ނުކުރާ ކަން އެނގުމާ އެކު، ނޫރު މިސްކިތަށް ދިޔަ އެންމެން ކައިރީގައި ހުރި ސަލްމާން މިސްކިތަށް ދިޔަ ކަމަށެވެ. ނޫރު މިސްކިތާއި ސަލްމާން މިސްކިތް ހުންނަނީ ވަރަށް ކައިރި ކައިރީގައެވެ.

"ގިނަ މީހުން ދިޔައީ ސަލްމާން މިސްކިތަށް. ބައެއް މީހުންނަށް ނަމާދު ލިބުނު ކަން ޔަގީނެއް ނޫން. ބައެއް މީހުންނަށް ދެވުނީ ވެސް ނަމާދު ފެށުނު ފަހުން،" އެމީހާ ބުންޏެވެ.

މި އަހަރުގެ ފިތުރު އީދު ނަމާދު މާލޭގެ ބައެއް މިސްކިތްތަކުގައި ވަނީ ކޮށްފައެވެ. އަދި މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކޮށްފައި ވަނީ މާފަންނު ސްޓޭޑިއަމްގައެވެ. ބޮޑު ޖަމާއަތުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ މާފަންނު ސްޓޭޑިއަމަށް ގޮސްފައެވެ.

މީގެއިތުރުން ހުޅުމާލޭގައި އާއި ވިލިމާލޭގައި ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު ވަނީ ކޮށްފައެވެ. މާލޭގެ އިތުރުން ބައެއް ރަށްރަށުގައި ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އީދު މުބާރަކް

    ބައެއްގެ އަޅުކަންދޯ ތިދަމައިގަތީ. ބޮޑުވަރު. އަދިވެސް ލަދެއްނެތި މަށައް ވޯޓު ގޮވަގޮވާތިބޭ. ދުނިޔޭގަތިމީހުން ތިބި ދުވަހެއްވަންދެން ވެރިކަމުގައި ބައިތިއްބަންވީ އަދިވެސް. އޭރުންތާ މިރާއްޖެއިން އިސްލާމްދީން ފޮހެލެވޭނީ.

    23
    4
  2. ހިމާރުލްގައުމު

    އޯކޭވާނެ ދިވެހި ކޮހުންނަށް، އެހެންވީމަތާ ފުލުފުލުގަ އިންތިޙާބުތައް އެދަނީ ހިންނަވަރު އިބްރާހިމް ކާމިޔާބު ކުރަމުން

    29
    4
  3. ކޮރަލް

    އިމާމައް ވީގޮތެއް ބަލަން ވާނެ އެވެ.

    12
    1
  4. ގައުމޭ

    ކޮބަަތަ އަދާލަތުގެ ސޭކުންތަށް އިޔާޒު ބޮޑުމިސްކިތަކަށް ނުދިޔަސް އިމާމްކަން ކޮށްލެވިދާނެދޯ

    12
  5. ދަރަނި ދަންތުރަ

    މިވަރުންވެސް އަދާލަތުޕާޓީގެ ދެމިނިސްޓަރުން ހަށިފުއްޕާފައި ސޯލިބޭ ދިފާއުކުރުމުގައި ، އިސްލާމިކު މިނިސްޓަރު ލަދުހަޔާތް ކުޑަ ވިޔަސް މިއީ ބޮޑުވަރު ، މިވަރުގެ ކުފޫހަމަނުވާ މީހުން އިސްތިއުފާދީފައި ގެއަށްދާނަމަ މާތާހިރުވާނެ ، ކިތަށް މީހުންގެނަމާދު ތި ގެއްލުވާލި ޒާހިރަށް ހަލާކުހުރި

    9
    1
  6. އަހްމަދު

    އަޅުގަނޑަށް އެނގިފައިވާ ގޮތުން ނޫރު މިސްކިތަކީ މިފަހަރު އީދު ނަމާދު ކުރަން ކަނޑައަޅާފަ ހުރި މިސްކިތެއްނޫން. އެހެންވީމަ އިމާމެއް އެމިސްކިތަކަށް ނުދާނެއްނު. އެކަން އެނގޭ މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު އީދު ނަމާދު ކުރާ މިސްކިތްތަކުގެ ލިސްޓު ބަލާލީމަ.. އެލިސްޓަކު ނެތް ނޫރުމިސްކިތެއް

    7
    5
  7. އަހްމަދު

    އިސްލާމިކް މިނިސްޓްރީންވަނީ 2 ލިސްޓް ނެރެފަ. އެއީ ވާރޭ އީދު ނަމާދު ކުރާގަޑީގަ ވާރޭވެހޭނަމަ އަމަލު ކުރާނެ ލިސްޓަކާ ވާރޭ ނުވެހޭނަމަ އަމަލު ކުރާނެ ލިސްޓެއް. ވާރޭ ނުވެހޭނަމަ އަމަލު ކުރަން އޮތް ލިސްޓުގަ ނޫރުމިސްކިތެއް ނެތް އީދު ނަމާދު ކުރާގޮތަކަށް. އެކަމަކު ވާރޭ ވެހޭ ނަމަ އަމަލު ކުރަން އޮތްޅިސްޓުގަ އެބައޮތް ނޫރު މިސްކިތް. އެހެންވީމަ އިމާމް މީހާގެ މައްސަލައެއް މިކަމުގަ ނެތްކަން ވަރަށް ސާފު.

    7
    1
  8. ޙާދިސާބޭބެ

    ޙުރިހާކަމެއްވެސް ކުރަނީ ރައްޔަތުންނަށް އޮޅުން އަރާގޮތަށް ނޫނީ އޮޅުވައި ލައިގެން މަކަރުވެރި ސަރުކާރެއްމީ! ތަރާވީވެސް ރޭގައި ބައެއް މިސްކިތުގައި 4 ރަކުއަތް ކުރިފަހުން ހޭލެވުނީ ދަރުކާރަށް ދެންބުނީ! ް

  9. ސަމީރުއިންޑިއާ އައުޓް

    ރައްތިތުން ގެ ރިއެކްޝަން ބެލުމަށް ސަރުކާރުން ގަސްތުގަ ކުރި ކަމެއް ކަމަށް ވ މުއުތަބަރު ފަރާތަކުން ހަބަރު ލިބޭ، އެފަރާތުން ބުނި ގޮތުގަ ފުރަތަމަ ޕްލޭން ކުރީ އިސްލާމި މަރުކަޒުގެ އިމާމް އެބްސެންޓް ކުރުވުނޭ ގޮތެއްް އެކަމު އެކަން ކުރެވޭ ގޮތެއް ނުވީ! މިނިސްޓަރަށް ވެސް އިނގެން ކުރާ ކަމެއް ތީ، ރައްޔިތުން ގެ ދީނީ އެއްބައި ވަންތަކަން ނަގާލާ ބައިބައި ކުރުމަށް،، ތިކަން ކުރި ބޮޑުން ބުނިކަމަށް ވޭ ޖެހިގެން ބޮޑު ސިންގާ މިސްކިތެއް ހުއްޓާ ބޭނުން ކަމެއް ނޫނޯ ނޫރު މިސްކިތުގެ ލައިޓް ތަކާ ފަންކާ ޖައްސައިގެން އީދު ކުރަން!!

    4
    1
  10. ޖަނާބު

    މަ މިއަދު ވިޔަފާރިވެރިންގެ މިސްކިތަށް ދިޔައިރު އެމިސްކިތަކުވެސް އީދުނަމަދެއްނުކުރޭ. ކުރިން އެމިސްކިތުގާ އަބަދުވެސް އީދުނަމާދުކުރޭ. ކިހިނެއް އެނގޭނީ އީދުނަމާދު ކުރާ މިސްކިތްތަކާ ނުކުރާ މިސްކިތްތައް؟ ކޮންމެވެސްމީހަކު ކިޔައިދީބަލަ.

    3
    1