ދުނިޔޭގައި އެންމެ ވަރި ގިނަ ގައުމުތަކުގެ ލިސްޓުގެ އެއްވަނައަށް ރާއްޖެ އަރައިފި އެވެ.
ދުނިޔޭގެ ތަފާސްހިސާބުތަކާއި ބެހޭ އިދާރާއިން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު އެންމެ ގިނައިން މީހުން ވަރިވާ ގައުމުތަކުގެ ލިސްޓުގެ އެއްވަނައިގައި އޮތީ ރާއްޖެ އެވެ. އި އިދާރާއިން ބުނެފައިވާގޮތުގައި 1000 މީހުންގެ ތެރެއިން ރާއްޖޭގެ ވަރީގެ ރޭޓް އުޅެނީ 5.9 ގަ އެވެ.
Divorces per 1,000 inhabitants:
Maldives 🇲🇻: 5.9
Russia 🇷🇺: 4.8
Uruguay 🇺🇾: 4.4
Belarus 🇧🇾: 3.4
Cuba 🇨🇺: 3.2
Latvia 🇱🇻: 3.1
Lithuania 🇱🇹: 3.0
Ukraine 🇺🇦: 3.0
USA 🇺🇸: 2.9
Denmark 🇩🇰: 2.6
Estonia 🇪🇪: 2.5
Sweden 🇸🇪: 2.4
Finland 🇫🇮: 2.4
Canada 🇨🇦: 2.1
South Korea 🇰🇷: 2.1
Norway 🇳🇴:…— World of Statistics (@stats_feed) April 23, 2023
114 ގައުމު ހިމަނައިގެން ހަދާފައިވާ އެ ސާވޭގައި ބަލާފައިވަނީ 1000 މީހުންގެ ތެރޭގައި ވަރީގެ ރޭޓް އުޅޭ މިންވަރަށެވެ.
އެގޮތުން ދެވަނައަށް އެންމެ ވަރިގިނަ ގައުމެއްގެ ގޮތުގައި އޮތީ ރަޝިޔާ އެވެ. އެ ގައުމުގައި ވަރީގެ ރޭޓް އުޅެނީ 4.8 ގަ އެވެ.
އެންމެ ވަރިމަދު ގައުމުތަކުގެ ލިސްޓަށް ބަލާއިރު ސްރީ ލަންކާ، ވިއެޓްނާމް، ޕޭރޫ ހިމެނެ އެވެ. މި ތިން ގައުމުގައި ވެސް ވަރީގެ ރޭޓް އުޅެނީ 0.2 ގަ އެވެ.
މިދިޔަ މަހު މާލޭގައި 245 ކައިވެނި ކުރިއިރު ހަމަ އެ މަހު 115 ވަރި ކޮށްފައިވާކަން ފެމެލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފެމެލީ ކޯޓުން އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މާޗް މަސް ނިމުނު އިރު ވަރިއާ ގުޅޭ އިތުރު 127 މައްސަލައެއް ނުނިމި ކޯޓުގައި އެބައޮތެވެ.
އެ ތަފާސްހިސާބުތައް ދައްކާގޮތުން ކުރީމަހުގެ ބާކީހުރި ބައިތަކާއެކު އެ މަހު ނިންމި ވަރީގެ މައްސަލަތައް 149 އަށް އަރައެވެ.
އަދި ވަރިއާމެދު ޝައްކުވެގެން މިދިޔަ މަހު ތިން މައްސަލައެއް ހުށަހެޅުނުއިރު، ތިން މައްސަލައެއް ނިންމާފައި ވެއެވެ. ވަރިއާމެދު ޝައްކުވެގެން ހުށަހެޅި އެއް މައްސަލަ ނުނިމި އެބަ އޮތެވެ.
އޭގެ އިތުރުން، މާޗް މަހު ވަރި ސާބިތުކުރުމަށް 50 މައްސަލައެއް ހުށަހެޅުނުއިރު، ކުރީ މަހުގެ ބާކީ ހުރި އަދަދުތައް ހިމަނައިގެން 53 މައްސަލައެއް ނިންމާފައި ވެއެވެ. އަދި މަސް ނިމުނުއިރު، 30 މައްސަލައެއް ނުނިމި އެބަ އޮތެެވެ.
މީ ހުރިހާ ކަމަކުންވެސް އަރާހުރިތަނެއް.
މީިހުނާ އިންނަނީ ވަރިކުރަންތަ؟
އަނެއްކާ އަނެއް ވޯލްޑް ރެކޯޑް، މަހޭމެން
ވަރި ގިނަވަނީ ދިރިުޅުމަކީ ކޯންޗެއްކަން ނޭގި މީހުންނާއި އިންނާތީ ކަމަށް ގަބޫލްކުރެވެނީ.
ޅޮލް ހުރިހާ ކަމަކުންވެސް އެއްވަނައިގަ އޮތް ގައުމެއްމީ މިހާރު އެއްވަނައިގަ އޮތީ ކޮތަޅު
އާކަމެއް ނޫނެއްނު. މަދުކުރަން ކުރާކަމެއްވެސް ނެތް. އެއްވެސް އުޅުމެއް ހުރި ބައެއް ނޫން. އުޅުމެއް، ހަރުދަނާކަމެއް، ވަފާތެރިކަމެއް ނެތީމަ ވާނެގޮތް.
މިފަހުން ދިވެހިންކުރާ ކައިވެނިތަކަކީ ދެއްކުންތެރި އިސްރާފްބޮޑު އައިރު މުސްލިމުންގެ އާދަކާދައާއި މަސްހުނިކޮށް ކުރާކައިވެނިތަކެއް.. ޒަވާޖީ ހަޔާތުގެ ލައްޒަތު ކައިވެނީގެ ކުރިން ގެއްލިފައިވުން މިއީ އަސްލު މައްސަލައީ.. މަދުރަސީ ދައުރު ނިމުމުގެ ކުރިން މިމަރުހަލާ މިއަދުގެ ޒުވާނުންގެ މެޖޯރިޓީ ވަނީ ކަޑައްތުކޮށްފައި.ކަމަށް މުޖްތަމައުން ފެންނަމަޒަރު ހެކިދޭ ސަބަބު. ޙެދުންލައިގެން އޮރިޔާމުން ފިރިހެނުންނަށް ދެއްކުމައި އެކަހެރިވުމާއި ގައިގޯޅިވުމާއި ޕާޓީކުރުމާއި މަސްހިުނިވުމާއި ހަށި ގަނެ ވިއްކުމާއި އޮރިޔާން ފިލްމުބެލުމާއި ދެންވެސް މިމަގުން ހުރިއްޔާ ހުރި ނުބައިކަންތައް ކުރުން ގުޅިގައިވަނީ . ޢެމީހެއްގެ އީމާންތެރިކަމާއި އަގީދާގެ މައްޗަށް. ޝައިތާނާ ވަނީ އެބައިމީހުންނަށް ޒިނޭ ޒީނަތްތެރިކޮށްދީފައި.. ދެން ކިތަންމެ ލޯބިވެގެން ކައިވެނި ކުރިކަމުގައިވިޔަސް އެފަދަ ކައިވެނީގައި ބަރަކާތެއް ނުލައްވާނެ. އަދި އެގުޅުން ދެމިއެއް ނޯންނާނެ. ﷲ ވަހީކުރެވި އާޔަތެއްގެ މާނާގައިވަނީ ޒިނޭ ކުރާ އަންހެނާއި އަދި ޒިނޭކުރާ ފިރިހެނުން ޒިނޭކުރާ މީހުންނާއިނޫނީ ނުއިންނާނެކަމުގައެވެ. ޝައްކާއި ވަހުމް އިތުބާރާއި ލޯބި ވޭނާއި ކެކުޅުން މިހުރިހާކަމެއް އެފުށް މިފުށަށް ޖަހަން ޝައިތާނާއަށް ފުރުސަތުދީފި މީހެއްގެ ހަޔާތް ބަނަނުވާނެ އެއްގޮތެއްނޯންނާނެ..
ވަރި ގިނަ ވަނީ ކައިވެނިވެސް ގިނަވާތީ.ކައިވެނި ނުކުރާނަމަ ވަރި ގިނައެއްނުވާނެ. ވަރި ވިއްޔާ މައްސަލައަކީ
ޢިސްލާހު ކޮށްލަދެއްވާ. ދުނިޔޭގެ މީހުން ދިރިއުލޭ ނިސްބަތުން އެންމެ ވަރިގިނަ ޤައުމު.
އެހެންނުވާނީ މުނިކާފަގޭގަ އެންމެން އުޅެން ވީމަ. 20 ދަރިން އެެއްގޭގަ. ހެޔޮނުވާނެ ރައީސް ގޯތި ނުނީ ފްލެޓް ގަނޑެއްދީ.
ކައިވެނި ކޮއްގެންތާ ވަރިވެވޭނީ މިހާރު ގިނައީ ކައިވެނި ނުކޮއް އެއްކޮއް އުޅޭ މިހުން
ތިކަމުގައި ޔޫރަޕްގެ ގައުމުތަކަކާ އަޅާނުކިޔޭނެ. އެމީހުންނަކީ ކައިވެނި ނުކޮށް އުޅޭމީހުން. އެހެންވީމަ ވަރިވެސް ނުޖެހޭނެކުރާކަށް.
ވަރި ގިނަވަނީ ކައިވެނިކޮއްގެން އުޅޭނެ ތަނެއްނެތީމަ ލިބޭހާ ލާރިއެއް ދޭންމިޖެހެނީ ކުލީގެ ގޮތުގަ މާލޭމީހާއަށް. ކުރިއަަށް އޮތްތާގަވެސް ރާއްޖޭގައި ވަރި ގިނަވާނެ. ސަރުކާރުތަކުން ބޭނުންވަނީ މުޅި ރާއްޖޭގެ އެންމެން މާލޭ ސަރަހައްދަށް ބަދަލުމޮށް އެންމެނަކީވެސަ ކުލީގެ އަޅުންނަށް ހަދަން. ކުލިދައްކާފަ އަތުގައި ލާރިއެއް ނޮވެޔޭ ކާނެ އެއްޗެއް ގަންނާކަށް އެހެންވީމާ ކިހިނެއް އަންހެނަކާ ދަރިން ފައްޗަކާ ގެންގުޅެވެނީ. ރައްރަށުގައި ބޮޑެތި ބިން ހިއްކާފަ ގޯތިނުދީ އެބާއްވަނީ އެބޭނުމުގަ ހަވަރު ތިނަދޫގައި 64 ހެކަޓަރު ބިން ހިއްކާފަ އޮންމަތާ 9 އަހަރުވީއެވެ. އެކަމަކުވެސް އެތަނުން ގޯތި ދޫކުރާކަށް ނޫޅެއެވެ. މިހާރު ތިނަދަުއިން ދޫކުރަން އެއުޅޭ 150 ގޯއްޗަކީވެސް ތިނަދޫގެ ކުރީގެ ބިމުން ހުސްކޮން ހުރި ބިންތަކަކާއި ކައުންސިކުން ބަދަލު ދީފައި ނަގާފައޮތް ހައެއްކަ ގޯއްޗެކެވެ. ދެން ހިއްކާފަ އޮތް 64 ހެކްޓަރުން ބިން ދޫކުރަން އަނެއްކާ 9 އަހަރު ނަގާނެއެވެ. އެކަމުގެ ސަބަބުން ގޯތިނެތް މީހާއަށް މަޖުބޫރު އެބަވޭ މާލޭ ސަރަހަށްދަށް ހުޖުރަކުރަން. ރައްރަށުން ގޯތިދޭވަރަކަށް މާލޭ ސަރަހަށް އޮންނަ ޑިމާންޑް ކުޑަވާނެ
ކުދިންނޭވެ! ރާއްޖޭގެ ރައްޔިތުން ކައި އުލެނީ ކަޅު ބިލަ މަހެވެ. މީގެ ސަބަބުން ވަރިވެސް ގިނަވާނެއެވެ. އަފިރިން ހެދި ތަހުލީލުތަކުން ދައްކާގޮތުން ކަނޑުމަސް ކައިގެން ބޮޑެތިވާ ފިރިހެނުން އެތައްގުނައެއް ބާރުގަދަވެއެވެ. މިއީ ވަރި ގިނަވަންޖެހޭ އެއް ސަބަބުވެސް މެއެވެ.
ހަމަ އެގޮތަށް އެންމެ ގިނައިން ކައިވެނި ކުރާ ގައުމަކަށް ވެސް ރާއްޖެ ވާނެ އުތަ؟