އަލް މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫޕުން އުމްރާ އަށް ގެންދިޔަ މީހުންގެ ފްލައިޓް ޗާޓަރު ކުރި ޓްރެވަލް އެޖެންސީއަށް ދޭން ޖެހޭ ފައިސާ އަދިވެސް ނުދައްކާތީ އެ މީހުން ރާއްޖެ ގެނެސްދެވެން ނެތްކަމަށް އެކުންފުނިން ބުނެފިއެވެ.
ޓްރެވެލް 2 މޯލްޑިވްސް އިން މަޝްއަރު ގުރޫޕްގެ 146 މީހުން އުމްރާއަށް ގެންދިޔައެވެ. އެ ގުރޫޕްގެ އުމްރާވެރިން ރާއްޖެ އައުމަށް ތާވަލު ކޮށްފައި ވަނީ މި މަހުގެ 27 ގަ އެވެ.
ޓްރެވެލް 2 މޯލްޑިވްސް އަށް މަޝްޢަރު ގްރޫޕުން ދައްކަން ޖެހޭ 141،450 ޑޮލަރުގެ ޗެކް ބައުންސްވެ އުމްރާވެރިން ރާއްޖެ ގެނެވިދާނެ ކަމާއިމެދު ސުވާލު އުފެދުނުތާ ތިން ހަފްތާ ވެއްޖެއެވެ. އެ ޗެކް ބައުންސްވިތާ ތިން ހަފުތާއެއްހާ ދުވަސް ވީއިރު ވެސް ޗެކްގައިވާ އަދަދަށް ޓްރެވެލް 2 މޯލްޑިވްސް އަށް މަޝްއަރު ގުރޫޕުން ފައިސާ ނުދައްކައެވެ. ނަމަވެސް ފައިސާ ދައްކާނެ ކަމުގެ ޔަގީންކަން އެތައް ފަހަރަކު މަޝްޢަރު ގްރޫޕުން ދީފައިވާ ކަމަށް ވެއެވެ.
އިސްލާމިކް މިނިސްޓްރީން ވެސް ވަނީ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރާކަމަށް ބުނެ އުމްރާވެރިން ރާއްޖެ ގެންނަން އިންތިޒާމްތައް ހަމަޖައްސަން މަޝްއަރު ގްރޫޕަށް އަންގާފައެވެ. ނަމަވެސް މިއަދު މިނިސްޓްރީން ބުނީ މިހާރު މަޝްއަރު ގްރޫޕްގެ އިސްވެރިންނާއި ފޯނުން ވެސް ނުގުޅޭ ކަމަށާއި އެގްރޫޕަށް ފޮނުވި ސިޓީތަކަށް ޖަވާބު ވެސް ނުދޭ ކަމަށެވެ.
އަލް މަޝްއަރު އުމްރާ ގުރޫޕުން މި ރޯދަމަހުގެ އުމްރާ ޕެކޭޖުގެ އަގަކީ 36،500ރ. އެވެ. އެއީ 30 ދުވަހުގެ އުމްރާގެ އަގެވެ. އޭގެ ތެރޭގައި ހިމެނެނީ މައްކާ އާއި މަދީނާގައި ތިބުމުގެ ހަރަދާއި ދެކޮޅު ޓިކެޓާއި ވިސާ އާއި ދަތުރުފަތުރު އަދި ތިން އިރުގެ ކެއުމުގެ ހަރަދެވެ.
ދެން ސަރުކާރުން (ސަދަގާތު ފަންޑުން) ތިމީހުން ގެނައީމަ އެކަން ނިމުނީ! ޢަދާލަތުގެ ކޮންމެވެސް މީހަކަށް ބައި އެޅިގެން ތިކަންވެސް ނިމުނީ!
ޢެމީހުން ހާސްނުވާނެތާ ، އިސްލާމިކް މިނިސްޓްރީން ބުނަނީ އުމްރާވެރިން ސަރުކާރުން ގެނެސްދޭނެވާހަކަ ވިއްޔާ ،
ތިގުރޫޕަށް މަސްއަރުގެ ކަންތައް ޖެހުނީކަމަށްވެދާނެ
އެބުނާ ޢުމްރާ ގްރޫޕްގެ ބޮޑުން ހީކުރަނީ އެމީހުން ޢުމްރާއަށް ގެންދިޔާ މީހުންނަށް މައްކާއިއިން ވަޒަންވެރިކަން ކިބި ގޯތިގެދޮރުވެސް ލިބުނީ ކަމަށް. ލޮލް
މިއީ އެއްމެ މުއްސަނދި ސަރުކާރު. ސަރުކާރުން ހަވާލުވާނެ.
ކޮންމެވެސް މީހަކު ބުނެދީބަލަ. މަސްވަރު ޖެހިގެން މިއުޅޭ ބައިގަޑުގަ އުޅެނީ ކޮންބައެއްތަ. މިބައިގަޑުގެ ކިބައިން ސަލާމަތްވެ ތިބެންއެގޭނީވެސް އޭރުންތާ. އަޅެފަހެ ރައްޔިތުންގެ ހައްގުގަ މިކަން އޮޅުންފިލުވައިދޭބަލަ.
ހަމަ ބަޔަކު ޙައްޖާއި، އުމްރާ އަށް ތިމަންނަމެން ގެންގޮސް ދެމޭ ބުނާއިރަށް އެއީ ކިހާ ފެންވަރެއް ހުރިބައެއްތޯ އެކަމަށް އެކަށީގެންވާ ބައެއްތޯ ލިބިފައިވާ ތަޖުރިބާ އަކީ ކޮބާތޯ ބެލުމެއްނެތި އުމުރު ދުވަހު އަތުގައި ހުރި ފައިސާކޮލު ތަނެއް ދޮރެއް ނުދަންނަ ބަޔަކާއި ހަވާލުކުރުމުގެ ހިތި ނަތީޖާ އާއި މިއަދު އެވެރިން ކުރިމަތި ލާންޖެހިފައިވަނީ. މިހެންވެގެންނޭ މަމެން އަބަދުވެސް ބުނަނީ ހައްޖު ކޯޕަރޭޝަނުން ނޫނީ ތިވަރިގެ ބޮޑު އަލުކަމަށް ދާކަށް ހެޔޮ ނުވާނޭ. ސަރުކާރާއި ސަރުކާރުތައް ވަނީ ގުލި ލާމެހިފައޭ. ދެންވެސް ކުދިން ހޭއަރާށޭ މިހިރަ މިހިރަ ކަންކަމުގާ. ވ ވެދުން.
ސަރުކާރުގެ ހިއްސާ ވާ ކުންފުންޔަކީ ވެސް ހައްޖު ކޯޕަރޭޝަން. ޢަޅެ އެއްޗެއް އެގިގެން ކޮމެންޓް ކޮށްބަލަ. ސަރުކާރުން ނޭ ކިޔައިގެން އަގަގަގަޅަނީ. ް
ގްރޫޕް އިސްވެރިންގެ ގެއާއި ގެދޮރު މުދާ ވަގުތުން ވިއްކާލާ.
ސަރުކާރުގައި ހުރި ފައިސާ އަކީ ޓްރެވެލް ގްރޫޕްތަކުން ނާޖާއިޒްކޮށް ބޭނުން ކުރަން ހުރި އެއްޗެއްނޫން