ދީނުގެ ނަމުގައި ހަރުކަށި ޚިޔާލު ގެންގުޅެމުންދާ މީހުން ރާއްޖޭގައި އުޅެމުންދާކަމަށާއި، ރާއްޖޭގައި އުޅޭ މިފަދަ ފަރާތްތަކުގެ ނުރައްކާ، އިންޑިޔާގެ ބައެއް ސަރަޙައްދުތަކަށް ކޮށްފާނެކަމަށް، އިންސާނީ ޙައްޤުތައް ހޯދުމުގެ ނަމުގައި މަސައްކަތް ކުރަމުންދާ ދިވެއްސަކު ބުނެފިއެވެ.

ރާއްޖޭގައި ހިންގަމުންދާ މަދަނީ ޖަމިއްޔާއެއްކަމުގައިވާ "މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވަރކް"ގެ އިސް ފަރާތެއްކަމުގައިވާ ޝަހިންދާ އިސްމާއީލާ ހަވާލާދީ، އިންޑިޔާގެ "ދަ ހިންދޫ" ނޫހުން ބުނެފައިވަނީ، ރާއްޖޭގައި ހަރަކާތްތެރިވާ ދީނުގެ ނަމުގައި ހަރުކަށި ފިކުރު ގެންގުޅޭ ފަރާތްތަކުގެ ހަރަކާތްތައް ވަރުގަދަ ކުރަމުން އަންނަކަމަށާއި އަދި އެފަރާތްތަކުގެ ބާރު، މަލިކު ހިމެނޭ އިންޑިޔާގެ ލަކްޝަދީޕަށާއި ކެރެލާ އަށް ފޯރުވާނެކަމަށް އޭނާ ބުނެފައިވެއެވެ.

ކޮމަންވެލްތުން، މަދަނީ ޖަމިއްޔާތަކަށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން، ޝަހިންދާ އިތުރަށް ބުނެފައިވަނީ، ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ މި ފަރާތްތަކަކީ، 'ބޯދާ' ޚިޔާލުތަކެއް ފެތުރުމަށް މަސައްކަތް ކުރަމުން އަންނަ ފަރާތްތަކެއްކަމުގައެވެ. އެހެންނަމަވެސް، ރާއްޖޭގައި، ޒަމާނުންސުރެ ޢަމަލު ކުރަމުން އައީ މެދު މިނަށްކަމަށާއި، މެދު މިނަށް ޢަމަލު ކުރުމަކީ މި ފަރާތްތަކަށް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ކޮމަންވެލްތުން ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ބައެއް ދިވެހިންނާއެކު ކުރިއަށް ގެންދިޔަ ރައުންޑޭޓަބަލް ޑިސްކަޝަންގެ ތެރެއިން- ފޮޓޯ: ސީއެޗްއާރްއައި

"އަހަރެމެންގެ މެދު މިނުގެ އިސްލާމް ދީނަކީ އަދި ސެކިއުލަރިޒަމެއް ނޫން. އެކަމަކު، އެއީވެސް، އަހަރެމެންގެ މުޖުތަމަޢުގައި ބޯދާ އާދަތަކާއި ހަމަނުޖެހުން ހިންގަން މަސައްކަތް ކުރާ ފަރާތްތަކަށް ޤަބޫލު ކުރެވޭ ކަމެއް ނޫން." ޝަހިންދާ ބުނެފައިވެއެވެ.

މީގެއިތުރުންވެސް، ޝަހިންދާ ބައިވެރިވި ބައްދަލުވުމުގައި ވާހަކަ ދެއްކި އެހެން މީހަކާ ހަވާލާދީ، ހިންދޫ ނޫހުން ބުނެފައިވަނީ، ރާއްޖޭގައި މަސައްކަތް ކުރާ، ދީނުގެ ނަމުގެ ހަރުކަށިވާ ފަރާތްތަކަކީ، ގޭންގުތަކުގައިވެސް މަސައްކަތް ކުރާ ފަރާތްތަކެއްކަމުގައެވެ. ހަމައެހެންމެ، ރާއްޖޭގައި މަސައްކަތް ކުރަމުންދާ "މެދުމިނުގެ" ފަރާތްތަކާއި، ލިޔުންތެރިންނާއި އަދި މިނިވަން ޚިޔާލުގެ މީހުންނާ ދެކޮޅަށް "އިސްލާމިސްޓް" ގުރޫޕުތަކުން ހަމަލާ ދޭކަމަށްވެސް، އެބައްދަލުވުމުގައި ބުނެފައިވެއެވެ.

ޝަހިންދާ މިހެން ބުނެފައިވީނަމަވެސް، ދީނުގެ ނަމުގައި ހަރުކަށިވުމުގެ މާނައަކީ ކޮބައިކަމެއް، އޭނާ ބުނެދީފައި ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ދީނީ

    ކެއްނުކުރެވިގެން ދުވަންފެށީ ،، ތިބޯގަންވިލާގަ

  2. ޢަލީ ހަމީދު

    ދެންހަމަ އެމްޑީޕީ އައް ވެރިކަން ލިބިދާނެ ހެންހީވާތީ މިތިބަގެން ގޯނިން ބޭރުވަނީ..

  3. އިހަވަންދޫ މީހާ

    މެދު މިނުގެ އިސްލާމް ދީނޭ. ؟އެއީ ކަލޭމެން ކޮންތާކުން ހޯދި ދީނެއް. ؟ މިމީހުން ހަމަމިހާރު ހފާ ހައްޔަރު ކުރޭ.ގައުމުގެ އަގު ވައްޓާލައި ދޮގު ވާހަކަތައް ހަދައިގެން އަވައްޓެރިންނާ ޖައްސަނީ.

  4. އުމުރު

    ތިވާނީ ސަހިންދާކަމަށް. އެބަޔަކީ، އޭނަޔާ އޭނަގެ ފިރިމީހަޔާ އޭނަގެ އާއިލާގެ މީހުންކަން ކަށަވަރު

  5. މާވަހަރު

    އިންޑިޔާގަ އުޅޭ ބުދު ދީނުގެ މީހުން ރާއްޖެއަށް އަތްގަދަ ކޮށްފާނެތީ މާބިރުގަންނަންޖެހޭ

  6. blll

    ޝަހިންދާ އެހެން މޮޔަ ގޮވާނެ

  7. ޢަލީ ހަމްދީ

    މިފަދަ ފަތުވާތައް ދިނިމާ ވެސް ޢަދާލަތަށް އޯކޭ. ޑރ. އިޔާޒަށް އޯކޭ. ރާއްޖެއަށް އިންޑިއާއިން އަތްގަދަކޮށް އަޅުވެތިކުރުމަށް އެމްޑީޕިން ކުރާ މސައްކަތުގެ ބޮޅެއް މިއީވެސް. މިކަން ވެސް އޯކޭ. ސާބަހޭ ޢަދާލަތަށާއި އިޔާޒަށާއި އިލްޔާހަށް.

  8. ހަސަނު

    މިކަހަލަ މީހުން އެމްޑިޕީގަ ގިނައީ

  9. ހަސަނު

    ތީ މޮޅުއިބްރާ ކޮށްކޮއެއްނު.

  10. ކަނބުލޮ

    ހާދަގޮތެއްނެއް އިންސާނެކޭ

  11. ޑީޑީ ޖޖޖޖ

    އަޅެ ދޮގު ނަހަދާ ތެދަށް ކިޔާދީ ބަލަ މުސްލިމުންގެ ތެރޭގަ ހަރުކަށި ފިކުރެއް ނެތް ތަ

    • ފިތުނަ

      މީ ފިތުނަ ފަސާދަ. އެއަވެސް ހާލެއްގައި ހަރުކަށި ހިންދީންނާ ހަރުކަށި މުސްލިމުން ނޫނީ ދިވެހީނނާ އިންޑިއާ މީހުން ތަޅާފޮޅާފަނެތީ އެއްނުން. އެއުޅެނީ ކޮންމެވެސް 2 ފަރާރާތެއްގެ ދެއިތެރެއި ފިތުނަ ފަސާދަ އުފެދެއިތޯ.

    • ދޮން

      އަޅެ ދޮގުނަހަދާ ތެދަށް ކިޔާދީބަލަ، މިރާއްޖޭގައި ގިނައީ ދީނީގޮތުން ހައްދުފަހަނައެޅިމީހުންނަށްވުރެ ދީނުގެ އެންމެ ބޭސިކް ކަންތައްތައްވެސް ނުކޮށް ހަރާމް ކަންތައްތައް ކުރަމުން ދުވާ ނަމުން މުސްލިމުން ނޫންތަ. ޢަޅެ ޕްލީޒް ތެދަށް ބުނެދީބަލަ އިރުނާރަނީސް ފަތިސް ނަމާދު ކުރަނީ ކިތައް ޕަސެންޓް ތޯ.

      • ހުސޭނުބޭ

        ވަރަށް ބަރާބަރު ވާހަކައެއް

      • ނަންްްްްް

        ހައްދު ފަހަނެޅުމަކީ މާ މޮޅު އިސްލާމީ ކަމެއްތަ؟ އަޅެ ތެދަށް ބުނެބަލަ

  12. އަހުމަދު

    ފާޑުފާޑުގެ މަދަނީ ޖަމުޢިއްޔާ ތަކުގެތެރެއިން ހުޅަނގުގެ މިފަދަ އިނާޔަތްތައްލިބޭ ޖަމިއްޔާތަކުން ކުރާހަމައެކަނިކަމަކީ ރާއްޖޭގައި މިއޮތް މާތްވެގެންވާ އިސްލާމްދީން ހުޅަނގުގެ އެހީތެރިކަމާއެކު ފުނޑު ފުނޑުކޮށްލުން.

  13. އަބްދުއްލާ

    މިތިބެނީ ބޯގޮވާފަ ތިބޭމީހުން . މިކަހަލަ ބައިމަދު އާބާދީ އަކުން އުފެދޭ 10 ވަކަށް މީހުނަށް އިންޑިޔާގަ ކުރެވޭނީ ކޮންކަމެއް .މިވަރުގެ ތާކުންތާކު ނުޖެހޭ މީހުން މިގައުމު އިންޑިޔާގެ ބާރުގެ ދަށަށް ގެންދެވޭތޯ ހަދާލާނެ ދޮގެއް ފެނޭތޯ ބަލާނެ.