ފީލްޑް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޤާބިލިއްޔަތުކަން އިތުރުކުރުމުގެ ޕްރޮގްރާމަށް ރާއްޖޭގެ 50 ސިވިލް ސަރވަންޓުން އިންޑިއާއަށް ފުރައިފިއެވެ.
މި ޕްރޮގްރާމަކީ ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) މޯލްޑިވްސް އާއި ނޭޝަނަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސް (އެންސީޖީޖީ) އާ ދެމެދު 2019 ވަނަ އަހަރުގެ ޖޫން މަހު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން ފަސް އަހަރުތެރޭ 1000 ސިވިލް ސަރވަންޓުން ތަމްރީން ކުރުމުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި އެއްބަސްވުމުގެ ދަށުން މިހާރުވެސް 639 ދިވެހި ސިވިލް ސަރވަންޓުން ތަމްރީނުކޮށްފައިވެއެވެ. މި ބެޗާއެކު އެ އަދަދު 689 އަށް އަރާނެ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ދަށުން ހިންގާ ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމްތައް ތަންފީޒުކުރަމުންދަނީ ސީއެސްސީއިން ފާހަގަކޮށްފައިވާ ޝަރުތުތަކާ އެއްގޮތަށެވެ. އެގޮތުން އެކި ފަހަރު މަތިން ސީއެސްސީ އާއި އެންސީޖީޖީ ގުޅިގެން ހިންގާ ޕްރޮގްރާމްތައް ވަނީ މުރާޖައާ ކޮށްފައެވެ. އެންސީޖީޖީއިން ދަނީ އެމްއޯޔޫގެ ދަށުން 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް 1000 ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނުކުރުމުގެ އަމާޒަށް ވާސިލްވުމަށް މަސައްކަތް ކުރަމުންނެވެ.
އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ އެން.ސީޖީޖީގައި ދެ ހަފުތާގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ތަފާތު އެކި ދާއިރާތަކުން މައުލޫމާތު ދޭނެއެވެ. އޭގެ ތެރޭގައި އިންޑިއާ-މޯލްޑިވްސް ރިލޭޝަންޝިޕް، އެޕްރޯޗްސް ފޯ އިންކްލޫސިވް ޑިވެލޮޕްމަންޓް، ޗޭންޖިންގ ޕެރެޑައިމް އޮފް ގަވަރނަންސް، އެތިކަލް ޕާސްޕެކްޓިވް އިން ގަވަރނަންސް، އިނޮވޭޝަން އިން ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޖެންޑަރ އެންޑް ޑިވެލޮޕްމަންޓް: ޕޮލިސީސް އެންޑް ޕްރެކްޓިސްސް، ސަންޓްރަލައިޒްޑް ޕަބްލިކް ގަވަރނަންސް ރިޑްރެސަލް އެންޑް މޮނިޓަރިން ސިސްޓަމް، ޕީޕީޕީ ފޯ އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް، ޕަބްލިކް ހެލްތު ބިހޭވިއާ، އެމްއެސްއެމްއީ އެންޑް އެސްއެމްއީ، ޕަބްލިކް ކޮންޓްރެކްޓްސް އެންޑް ޕޮލިސީސް، ކްލައިމެޓް ޗޭންޖް އެންޑް އިޓްސް އިމްޕެކްޓް އޮން ބަޔޯޑައިވާސިޓީ، އިންޑިއާގައި ފަޤީރުކަން ނައްތާލުމަށް ހިންގާ ތަފާތު މަސައްކަތްތައް، ސްކިލް ޑިވެލޮޕްމަންޓް ފަދަ ކަންކަން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު، އެންޓި ކޮރަޕްޝަން ސްޓްރެޓެޖީސް، ވިޖިލެންސް އެޑްމިނިސްޓްރޭޝަން، އީ-ގަވަރނަންސް އެންޑް ޑިޖިޓަލް އިންޑިއާ، އީ.ޑިޖިޓަލް ގަވަރނަންސް އެންޑް ޕަބްލިކް ސަރވިސް ޑެލިވަރީ، ޓެކްސް އެޑްމިނިސްޓްރޭޝަން އެންޑް ޑިޖިޓަލް ގަވަރނަންސް، ފިންޓެކް އެންޑް އިންކްލޫޝަން، ސްޓްރެސް މެނޭޖްމަންޓް، ސެނިޓޭޝަން އެންޑް ޕަބްލިކް ހެލްތް ބިހޭވިއަރ ފަދަ ކަންކަން ހިމެނެއެވެ.
މި ތަމްރީނުތަކުގެ ތެރެއިން ދުނިޔޭގެ އެއް އަޖައިބު ކަމަށްވާ ރީތި ތާޖް މަހަލް އަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެކަމަށް ސީއެސްސީއިން ވިދާޅުވިއެވެ.
ބޭނުމަކީ ރިޔާސީއިންތިހާބައް އަތްބޭނުން. ވަރަށްސާފު
ބޯދޮވެލަން ގެންދަނީ. ކޮލޮނައިޒްޑް ރާއްޖެ.
ދެހަފްތާއިން ތިހުރިހާ ތަމްރީނުތަކެއް ދޭނީ ކހިނެއް ، ތިދެން ފާޑެއްގެ މަޖާގަޑެއް ،،،،
މީހުނާ އިނުުމުގެ ތަމްރީނައް އިންޑިޔާއައް ފޮނުވަބަލަ ކޮން ނޮހޮރުއްޕާނެއްތަ
މިހާރު ފޮޓޯ ޖަހާފަ އިރުއިރުކޮޅާ މިދައްކަނީ ކޯންޗެއް ؟ 1980 ގެ އަހރުތަކާހިސާބުން ތިޔަކަމެއް ދަނީ ހިގަމުން މި ތަމރީނުތައް އިންޑިޔާގަ އާއި ޕާކިސްތާނުގަ ކޮމަންވެލްތުގެ ހަރަދުގަ ދަނީ ބާއްވަމުން. މިފުރުސަތު މިސަރަހައްދުގެ ހުރިހާ ގައުމަކަށް ދަނީދެމުން އަހަރެން ވެސް 1997 ހާތާގަ ޕާކިސްތާނަށް ދިޔައިން ޕާކިސްތާނުގެ އޮޑިޓަރޖެނެރަލް އޮފީހުން ހިންގި ޕާފޯމަންސް އޮޑިޓް ޓްރޭނިންގ އަކަށް . ތިޔައީ އަބަދުވެެސް ހިގަމުންއަންނަ ކަމެއް މިސަރުކާރުން މޮޅުކަމެއް ކުރެވޭކަމަށް ހަދައިގެން މިއުޅެނީ.
އިންޑިއާގެ ވެރިއަކައް ހުރީ އިންނަމީހެއް ނޫން އޭ ގެމީހެއް
މިހިރަބޯބުރާތިއެއް ވެރިކަމަށް އައިފަހުން ގައުމުދަނީ ފަހަތައް، އިންޑިއާނޫން ގައުމަކުން ތަމްރީނުހަދާނެ ފުރުސަތެއްވެސް މިގައުމުގަ ރައްޔިތުންނަކަށް ހޯދަނުދެވޭ!!! ތަރައްގީއެއްނުވާ ބޯދާ ގައުމަކަށް ގައުމުގެ ހުރިހާއެއްޗެއްދީފަ ހުސްކޮށްލައިފި މިއާލާތުން!
ސިނކުޑި ދޮވެލަނީ މޯދީއަކީ އިސްލާމުންގެ އަދުއްވެއް ، ތި މީހުން އެނބުރި އައްނައިރު ތިބޭނީ ވިސްނުން އެކޮޅުކޮޅުން ޖެހިފައި ، ރިޔާސީ އިންތިހާބުގެ ހަނދިޔާފޮށި ލިބޭނެ
ވޯޓުއޮޅުވާލަން ތަމްރީނުދޭން ވެގެން މިފަހަރު އެއްބުރުން އޮޅުވާލުމާއިއެކު ރައީސްކަން ދެވަނަ ދައުރެއް ކާމިޔާބުކުރާނެ ފުރަތަމަ ދައުރުވެސް ގެންދިޔަގޮތަށް.......މިއީ ކަށަވަރުކަމެއް.
ޓިޔަށް ކިޔާނީ ބްރެއިން ވޮޝްކުރުމޭ