ގދ.ހައުޑިގަލާއަށް ދަތުރު ގޮސް އުޅުނު ޒުވާނަކަށް ސިއްޙީ އަވަސް ފަރުވާ ބޭނުންވެގެން އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު ގދ.ތިނަދޫއަށް ގެންގޮސްދީފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މިއަދު 09:40 ހާއިރު ހިނގި މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުމާއެކު ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ލޯންޗެއް ވަނީ އެ ރަށަށް ގޮސް ސިއްޙީ އަވަސް ފަރުވާ ބޭނުންވާ ޒުވާނާ ތިނަދޫ ހޮސްޕިޓަލަށް ގެންގޮސްދީފައި ކަމަށެވެ.
މި ހާދިސާގައި ސިއްޙީ އަވަސް ފަރުވާއަށް ބޭނުންވެގެން އެދިފައި ވަނީ އެ ރަށަށް ދަތުރު ގޮސް އުޅުނު އުމުރުން 27 އަހަރުގެ ފިރިހެނަކަށް ފިޓް ޖެހިގެން ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.
ބަރަކާތްތެރި އަރަފަާތު ދުވަހު ރޯދަނުހިފާ ދަތުރުދާނަމަ ވާނީ ތިކަހަލަ ގޮތް މިފަދަ ކޮންމެ ކަމަކުން އިބުރަތް ހާސިލް ކުރަންވީ!
ތިޔަ އެހީ ފޯރުކޮށްދިނުމައްވެސް ޔާމީނު ރުހުން ދިން ދޯ!؟
ތިބުނާ ރަށަކުން ތިނަދޫ ހޮސްޕިޓަލަށް ބަލިމީހަކު އެމެޖެންސީ ކޮށް ގެނެސްފައެއް ނެތް.
އަދިވެސް ރޯދަ ނުހިފާ މަޖާ ކުރެވޭތޯ ބަލާ..