ކެރީގެ އަސަރުކުރި ނަމަވެސް، ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ.

މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މިރޭ 20:00 އިން މާދަމާ ރޭ 20:00 އާއި ހަމައަށް މޫސުން ރަނގަޅުވާނެ ކަމަށެވެ.

މެޓް އޮފީހުން ވިދާޅުވީ، ދެކުނުގެ އަތޮޅުތަކަށް ވައިޖެހޭނެކަމަށް ލަފާކުރެވެނީ ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 5 މޭލާއި 15 މެލާއި ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި އެހެނިހެން ހިސާބުތަކަށް ހުޅަނގުދެކުނާއި، ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.

ރާއްޖޭގެ ބޮޑު ހުރިހާ ހިސާބަކަށް މޫސުން ރަނގަޅުވި ނަމަވެސް، ބައެއް ސަރަހައްދުތަކަށް ކަނޑުގަދަވާނެ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ. މެޓް އޮފީހުން ވިދާޅުވީ، އުތުރާއި މެދުތެރޭގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ދެކުނުގައި އާދައިގެ ވަރަށް މަޑުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު