މާލެއިން ފުރައިގެން ބ. ދަރަވަންދު އަށް ދަތުރު ކުރަނިކޮށް ވީނުވީއެއް ނޭނގި ގެއްލުނު ދޯނިން ދަތުރު ކުރި ދެ މީހުން ފެނުނަސް، ދޯނި އަދި ނުފެންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

ހިލަވެލި ބަރުކޮށްގެން މާލެއިން ފުރައިގެން، ކ. ގާފަރުގައި މަޑުކުރުމަށްފަހު ދަރަވަންދު އަށް ދަތުރު ކުރި ޖަންބޯ" ދޯނި ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފެށީ އިއްޔެއެވެ. އެމްއެންޑީއެފް އިން ބުނި ގޮތުގައި އެ ދޯނީގެ ހަބަރެއް އެންމެ ފަހުން ވީ އިއްޔެ މެންދުރު 11:35 ހާއިރެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ ދޯނިން ދަތުރު ކުރި ދެ މީހުން ސްޕީޑް ލޯންޗަކަށް ނަގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ދެމީހުންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

"ޖަންބޯ" ދޯންޏަކީ ދިގުމިނުގައި 65 ފޫޓު ހުންނަ ދޯންޏެކެވެ. ދޯނި ފުރިފަހުން ޚަބަރެއް ނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 18:03 ހާއިރެވެ.

މި ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ އެމްއާރުސީސީ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޕޮގުބާ

    ދޯންޏަށްވީގޮތް ނޭންގެނީ އޭގަތިބި ދެމީހުން އަދިރީތަ؟ އެކަމަކުވާ ނުވާނެތާ އަނދިރި ދެމީހުން ދޯންޏަކަށް ލާފަ ފުރުވާލާކަށް

  2. ރެޓޭ

    އެ ދެމީހުނަށް އެނގޭނެއެއްނު ދޯންޏަށް ވީގޮތެއް!
    އެމީހުން ނެގީ ކަނޑުންތަ ނުވަތަ ދޯނިންތަ!؟

  3. މުރާނާ

    އެންމެންޑީ އެފް ކާރީ ބުނެބަލަ އެމީހުން ކައިރީ އަހާލަބަލާށޭ ބ