ދިވެހި އަންހެނަކު ބަރަހަނާ ފޮޓޯ ނަގައި މީސް މީޑިއާގައި އާންމުކޮށް އެ ފޮޓޯތައް ވިއްކާ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައުމާއާއެކު އޭނާގެ މީސް މީޑިއާ އެކައުންޓަތައް "ގެއްލިއްްޖެ"އެވެ.
"ވަގުތަށް" އެނގިފައިވާ ގޮތުގައި ދިވެހި އެ އަންހެން މީހާ ދަނީ ބަރަހަނާ ފޮޓޯތައް ނަގައި މީސް މީޑިއާގެ އެކި ވަސީލަތްތަކުގައި އާންމު ކުރަމުންނެވެ. އެގޮތުން އިންސްޓަގްރަމް އާއި ޓުވިޓާ ފަދަ ދިވެހިން އާންމުކޮށް ބޭނުން ކުރަމުން އަންނަ މީސް މީޑިއާގެ ވަސީލަތްތައް ބޭނުން ކުރަމުންދެއެވެ.
އެހެން ނަމަވެސް މިހާރު އޭނާގެ ހުރިހާ މިފަދަ އެކައުންޓްތައް ވަނީ ޑީއެކްޓިވޭޓްކޮށްފައެވެ.
މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ އެފަދަ ރިޕޯޓެއް މިހާތަނަށް އައިއިރު، ފުލުހުންނަށް ލިބިފައި ނުވާ ކަމަށެވެ. އެކަމަކު، ފުލުހުންގެ ސަމާލު ކަމަށް އެކަން އައުމާ ގުޅިގެން އެކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.
އެ މަންޒަރުތައް ފެނުނު ބައެއް މީހުން ބުނެފައިވާގޮތުގައި، އެ އަންހެން މީހާ ދިިރިއުޅެމުން ދަނީ ރާއްޖޭގައެވެ. އޭނާ ރާއްޖޭގެ ބައެއް ރަށް ރަށުގައި ހުރެގެން ނަގާފައި ހުރި ފޮޓޯތައް ވެސް މީސް މީޑިއާގައި އާންމުކޮށްފައިވެއެވެ.
އެ ފޮޓޯތައް ވިއްކައިގެން އެ އަންހެން މީހާ އާމްދަނީ ވެސް ހޯދާ ކަމަށްވެއެވެ.
ޝޭހުންގެ ލަގަބް އަޅުވައިގެން އުޅޭ މީހުންގެ ބާރު އޮންނަ ތަންތަން ޗެކްކުރަން ފެނޭ.
ހާދަ ރުޅިދުރުވެފަ. ފިތލައިގެން ހުރޭ!
ހިމާޔަތް ކުރީ އެވެ. ދެން ދީނަށް ލޯބި ކުރާ މީހަކު އެކަމާ ދެކޮޅަށް ވާހަކައެއް ދައްކައިފި ނަމަ ދޭނީ 13 އަހަރެވެ. މުއްދަތެއް ނެތް ގޮތަށް ބަންދެކެވެ.
ތިވާނީ ދިވެހި ޕޮލިހުން މޮޅުކަމުން އެ އަންހެނާ އޮރިޔާމާ ފިލީކަމައް.
ފުލުހުންނަށް ބަޔަކު ރިޕޯރޓް ކުރުމުގެ ކުރިން އެނގިފައި ވަނީކޮންކަމެއްބާ؟ ނޫނީ ބެލިފައި ވަނީ ކޮންތަނެއްބާ؟ އަޖައިބެއް އަދިވެސް ވެރިން އިތުރުކޮށް މުސާރަ ބޮޑުކުރަންފެނޭ..