އެޑިއުކޭޝަން މިނިސްޓްރީން 30 ހަދިޔާ ގަންނަން ބައިލައްކައެއްހައި ރުފިޔާ ޚަރަދުކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ގެޒެޓް ކޮށްފައިވާ އެމިނިސްޓްރީން އޭޕްރީލް މަހު ކުރި -/35000 ރުފިޔާ އިން މަތީގެ ޚަރަދުތަކުުގެ މައުލޫމާތު އެނގޭ ގޮތުގައި މިނިސްޓްރީން ވަނީ 30 ހަދިޔާއެއް ފޮއްޓާއިއެކު ގަންނަން ބޮޑު ޚަރަދެއް ކޮށްފައެވެ.
ގެޒެޓް ކޮށްފައިވާ ލިޔުމުން އެނގޭ ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ 30 ލަކާ ގިފްޓް އޭގެ ފޮއްޓާއިއެކު ގަނެފައެވެ. އެކަމަށް މިނިސްޓްރީން ވަނީ -/44118 ރުފިޔާ ޚަރަދު ކޮށްފައެވެ. މިއީ ކޮން ބޭނުމެއްގައި ގަތް ހަދިޔާތަކެއް ކަމެއް މިނިސްޓްރީން އާއްމު ކުރި ލިޔުމުގައި ނެތެވެ. އަދި ހަދިޔާގެ އިތުރު ތަފްސީލެއް ވެސް އާއްމު ކުރި ލިޔުމުގައި ނެތެވެ.
އާއްމުކޮށްފައި ހުރި މައުލޫމާތައް ބަލާއިރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކޮންމެ ހަދިޔާއަކަށް -/1470 ރުފިޔާ ޚަރަދު ކޮށްފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން 30 ހަދިޔާ ގަންނަން ބައިލައްކައެއްހައި ރުފިޔާ ޚަރަދު ކުރިއިރު ޓީޗަރުންނަށް ހަދިޔާ ދިނުމަށާއި ސްކޫލްތަކުގައި އިވެންޓްތައް ބާއްވަން ދަރިވަރުންނާއި ބެލެނިވެރިންގެ އަތުން ފައިސާ ނަގާ މައްސަލަ ވެސް ވަނީ ވަރަށް ބޮޑުވެފައެވެ.
ދަރިވަރުންގެ އަތުން ފައިސާ ނުނަގައި ސްކޫލްތަކުގެ ހަރަކާތްތައް ކުރިއަށް ގެންދަން ބެލެނިވެރިން އެދެމުން ދިޔަ ނަމަވެސް، އަދި އެކަމާއި ގުޅޭ ގޮތުން ދޭތެރެދޭތެރެއިން އެޑިއުކޭޝަން މިނިސްޓްރީން ވާހަކަ ދެއްކި ނަމަވެސް ދަރިވަރުންގެ އަތުން ފައިސާ ނެގުން އަދިވެސް ނުހުއްޓެއެވެ.
ޒަމާނުއްސުރެ މިއަދާއި ހަމައަށްވެސް ސްކޫލް ތަކުގައި އެކިދުވަސް ފާހަގަ ކުރުމަށް ވަކި ވައްތަރެއްގެ ހެދުން ލުމާއި ކެއުމާއި ސަޔަށް އެކި ޚަރަދު ކުރަން ޖެހުމަކީ ގިނަ ބެލެނިވެރިންނަށް އޮތް ވަރަށް ބޮޑު މައްސަލައެއް! އަދި މިހާތަނަށް އެއްވެސް އެޑިޔުކޭޝަން މިނިސްޓަރަކު ވިޔަސް ރައީސްވިޔަސް މިކަމަށް ހައްލެއް ނުގެނޭ! ނަތީޖާއަކީ އަތްމަތި ދަތި ނިކަމެތިންގެ ދަރިން އިތުރަށް ދެރަވެ ނަފްސާނީ ވުން! ވަކިވައްތަރެއްގެ ހެދުމެއް ނުގަނެދެވޭތީ އެހެން ކުދިން ކުރިމަތީ ކުދިން ލަދުގަންނަން ޖެހޭ އިރު، އެކުދިންގެ މައިންބަފައިން އެހެން ބެލެނިވެރިންގެ ކުރިމަތީގައި ލަދުގަންނަންޖެހޭ!
ދުވަސްތައް ފާހަގަ ކުރުމަކީ މައްސަލައެއްނޫން! އެކަމު ކޮންމެދުވަހަކާއި ގުޅިގެން ހެދުމާއި އެހެނިހެން ކަންކަމަށް ބޮޑު ޚަރަދެއް ކުރަން ޖެހުމަކީ ވަރަށް ބޮޑު މައްސަލައެއް! އެތައް ބަޔަކު މިވޭން ތަޙައްމަލް ކުރާއިރު، އަޑުއަހާނެ އަޅާލާނެ ބަޔަކުނެތް! އެކަމު އަބަދުވެސް ޙައްޤު ހިމާޔަތް ކުރަން ތިބޭ މުއްސަސާތަކާއި ޖަމްޢިއްޔާތައް އޮވޭ! މިނިސްޓަރުވެސް އަދި މުއްސަސާތަކާއި ޖަމްޢިއްޔާތައްވެސް މިކަހަލަ ކަންތަކުގައި ގަދަ ނިދީގައި
މިނިސްޓްރީން ދޭ ހަދިޔާއަކަށް ބަލާއިރު ތި އަގޮ ބޮޑެކޭ ނުދެންނެވޭނެ. މި ފަދަ ގިފްޓަކީ ހަގީގަތުގައި ވަރަށް އަގުބޮޑު މަސައްކަތުން ތައްޔާރުކުރެވޭ އެއްޗެއް. އެއީ ވަރަށް ފަންނީ މަސައްކަތެއް.
ޓީޗަރަކަށްވެ ހުރެ ނިކަމެތި އަޅުގަނޑުވެސް ބެލެނިވެރިން އަތުނއ އިރުއިރުކޮޅާ ފައިސާ އާއި އެހެނިހެންތަކެތި ހޯދުމަށް ތާއީދެއް ނުކުރަން، ރަނގަޅު އާމްދަނީއެއް ނުލިބި ދިރިއުޅުމުގެ ކަންކަން ހަމަޖައްސާ އެތައް ބެލެނިވެރިންނެއް އުޅޭ! ރަށްރަށުގެ ސުކޫލުތަކުގައި ސްޓަޑީ ކޭމްޕްތައްބާއްވަން ބޮޑުޚަރަދުކޮށްގެން ޓީޗަރުން ގެނައުމާއި، އެޓީޗަރުންގެ ކެއުމާއި، ހުރުމާއި އަދި ދަތުރު ޚަރަދު ހަމަޖައްސަންވެސް މިއެދެނީ ބެލެނިވެރިންގެ ގާތު! މިއީ އެއްގޮތަކަށްވެސް ޤަބޫލުކުރެވޭ ކަމެއްނޫން. މިނިސްޓްރީން ގަދަ އަމުރުން މިހާރުން މިހާރަށް މިކަންކަން ހުއްޓުވަންޖެހޭ!
ޖަސްޓް ޑިނައި އިޓް. ނަތިންގ ވިލް ހެޕެން.
އެންމެރީތި ވަޒީރު
އެމްޑީޕީއޭ އޮތީ ވެރިކަމުގައި ގޯހެއް ނުހިނގާނެ.. ވައްކަމެއް ނުކުރާނެ..
ކުދިން އަތުން ރުފިޔާ ނެގުމަށް ޣާޒީ ޕްރިންސްޕަލް އެއީ ނަމޫނާ ބޭފުޅެއް. ކުޑަކުދިންގެ ދުވަހާ ގުޅުވައިގެންވެސް ބައިމިލިއަނާ ގާތްކުރާ އަދަދަކަށް ރުފިޔާ ނެގި. ަ
މިހާރު އެންމެ ހިންގުންތެރި ޕްރިނސިޕަލުންނަކީ ކުދިން އަތުން ފައިސާ ނަގައިގެން އެއްކުލައިން ހެދުން ލައްވައިގެން ފާޑުފާޑަށް ފޮޓޯނަގައި އެފްބީ ޕޭޖަށްލާ މިނިސްޓްރީ ޓެގްކުރާ ޕްރިނސިޕަލުން. މިހާރު މިނިސްޓްރީގެ ވެސް ސަރުކާރުގެ ވެސް ސިޔާސަތަކީ ޕްރިނސިޕަލުންނަށް ސާޅިސް ހާސް ރުފިޔާގެ މުސާރަދީފަ އެމީހުން މެދުވެރިކޮށް ޓީޗަރުން ގިނަ ވަގުތު ސްކޫލުތެރޭގައި ހިފައްޓައިގެން ފާޑު ފާޑުގެ ކަންތައް ކުދިންލައްވާ ކުރުވާ އެ ފޮޓޯތައް ސޯސަލް މީޑިޔާއަށް ލައިގެން ސަރުކާރާއި މިނިސްޓަރު ޕްރޮމޯޓް ކުރުން
ބައެއް ސްކޫލްތަކުން ދަނީ އެކިއެކި ކަންކަމަށް ސްކޫލް ޓީޗަރުން އަތުން ވެސް ފައިސާ ނަގަމުންނެވެ. ފައިސާ ނުދީފިނަމަ އެޕްރައިޒަލްއިން މާކްސް މަދުވާނެކަމަށް ބުނެއެވެ. މެޖޯރިޓީ ޓީޗަރުން ފައިސާ ދޭން ނިންމައިފިނަމަ ދެވެން ނެތް ޓީޗަރުވެސް ޖެހެނީ ފައިސާ ދޭށެވެ. މއީ ކަނޑައެޅިގެން ކޮށްގެން ނުވާނެކަންތަކެވެ. އެއްވެސް މީހެއްގެ އަތުން މަޖުބޫެރުން ފައިސާ ނުނެގޭނެއެވެ.
ސްކޫލްތަކުގައި މެޖޯރިޓީގެ ބޭނުންކުރަނީ އަނިޔާވެރިވާން
ދައިތަވަށްކަމެއް ނުކުރާނެ އެއީއޮޅުމެއް ވަށްކަންކުރިޔަސް ދެންވެސްހުންނާނީ ހަލަ ދައިތަ .
މި ސަރުކާރުން އުޅެނީ ރައްޔިތުން ފެލައިގެން ސުކޫލު ހިންގަން.އެޑިއުކޭޗަން މިނިސްޓަރަކަށް އެހެރަ މީހަކަށް މީން ކަމެއް ނޭގެނީބާ އޭ ހިތަށް އަރާ.