ށ. ފޯކައިދޫ ސިއްހީ މަރުކަޒާއި ގއ.ހޮސްޕިޓަލްގެ ބައެއްގެ މަސައްކަތްތައް ކުރުމަށް ސަރުކާރުން ބަޔަކާއި ހަވާލުކޮށްފި އެވެ.

އެ ދެ މަސައްކަތް ކުރުމަށް ވެސް ސަރުކާރުން ހަވާލުކޮށްފައިވަނީ މީހާފް ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް އަށެވެ.

ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ދެ މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ އެގްޒެކެޓިވް ޑައިރެކްޓަރު އަބްދުލް ހަންނާނު ހުސައިނެވެ. އަދި މީހާފް ކޮންސްޓްރަކްޝަން އިންވެސްޓްމަންޓް ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އޯނަރު މުހައްމަދު ފަހީމް އެވެ.

ހެލްތް މިނިސްޓްރީއިން ބުނީ ފޯކައިދޫ ސިއްހީ މަރުކަޒުގެ ވަށާފާރު ރޭނުމާއި، އެތަނުގައި ކުރަން ހުރި ބައެއް މަސައްކަތްތައް ކުރުމުގެ މަޝްރޫއުގެ އަގަކީ 791,150.41 ރުފިޔާ ކަމަށެވެ. އެ މަސައްކަތް ހަވާލުކުރީ 90 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް ކަމަށް މިނިސްޓްރީއިން ބުނެ އެވެ.

މިނިސްޓްރީއިން ބުނީ ގއ. ހޮސްޕިޓަލުގެ އައު އޯޕީޑީ ހެދުމުގެ މަސައްކަތުގެ ޖުމްލަ އަގަކީ 4,462,018.76 ރުފިޔާ ކަމަށެވެ. އެ މަސައްކަތް ހަވާލުކުރީ 120 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ކަމަށެވެ.