އެމްއެމްޕީއާރްސީގެ މައްސަލަތަކުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާގެ ތެރެއިން ނުދައްކާ އޮތް އެއް މިލިއަން ރުފިޔާ ހޯދަން އެޓާނީ ޖެނަރަލްގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާ ކޮށްފިއެވެ. އެފައިސާ ދައްކާނެ ގޮތުގެ ޕްރޮޕޯސަލެއް އަދީބުގެ ފަރާތުން ކޯޓަށް ވަނީ ހުށަހަޅާފައެވެ.

ނަމަވެސް ދައުލަތުގެ ހުށަހެޅުން ތަފާތު ވުމުން މަޝްވަރާ ކުރަން އިތުރު ފުރުސަތެއް ދިނުމަށްފަހު މިއަދުގެ އަޑުއެހުން ވަނީ ނިންމާލާފައެވެ.

މިމައްސަލައިގައި މިދިޔަ މަހު ބޭއްވި އަޑުއެހުމުގައި ޕްރޮޕޯސަލެއް ހުށަހަޅަން އަދީބުގެ ފަރާތުން އެދިފައި އޮތުމުން އެ ފުރުސަތު މައްސަލަ ބައްލަވާ ގާޒީ ފަރުހާދު ރަޝީދު ދެއްވިއެވެ.

މިއަދު އޮތް އަޑުއެހުން ފައްޓަވަމުން ގާޒީ ފަރުހާދު ރަޝީދު ވިދާޅުވީ އަދީބުގެ ފަރާތުން ހުށަހަޅުއްވާ ޕްރޮޕޯސަލް ބަޔާންކޮށް މިދިޔަ ބުދަދުވަހު ކޯޓަށް ސިޓީއެއް ލިބިފައިވާ ކަމަށެވެ. މި މައްސަލާގައި އޭޖީ އޮފީހުގެ ފަރާތުން ވަކާލާތު ކުރައްވާ ވަކީލު ވެސް ވަނީ އެފަދަ ސިޓީއެއް އޭޖީއަށް ވެސް އަދީބުގެ ފަރާތުން ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އެ ސިޓީގައި އަދީބު ހުށައެޅުއްވީ ކޮމިޓްމެންޓްގެ ގޮތުގައި ފުރަތަމަ އެއްލައްކަ ރުފިޔާ ދެއްކުމަށް ފަހު، ބާކީ އޮތް އަދަދު ކޮންމެ މަހަކު -/20000 ރުފިޔާ މަގުން ދެއްކުމުގެ ފުރުސަތަކަށް ކަމަށް ސާދިން ވިދާޅުވި އެވެ.

ނަމަވެސް ދައުލަތުން ބުނީ ކޮމިޓްމަންޓް ފައިސާގެ ގޮތުގައި ދައްކަން ޖެހޭނީ އެއްމިލިއަންގެ %20 ކަމަށް ވާތީ ދެލައްކަ ރުފިޔާ ދެއްކުމަށް އޭގެ ފަހުން ބާކީ ފައިސާ 36 މަހަށް ބަހާލައިގެން ދެއްކިދާނެ ކަމަށެވެ.

ފައިސާ ބަހާލައިގެން ދެއްކުމުގެ ފުރުސަތު ދެވޭނީ ކޮމިޓްމަންޓް ފައިސާގެ ގޮތުގައި ދެލައްކަ ދެއްކުމުން ކަމަށް ދައުލަތުން ވިދާޅުވުމުން އަދީބުގެ ވަކީލު އަލީ ނަދީމް ވިދާޅުވީ ކޮމިޓްމަންޓް ފައިސާގެ ގޮތުގައި ދައްކަން ޖެހޭނީ ޖުމްލަ އަދަދުގެ %20 ކަމަށް އޭޖީގެ ފަރާތުން މީގެ ކުރިން އަންގާފައި ނުވާ ކަމަށެވެ.

ދައުލަތުގެ ހުށަހެޅުމަކީ ގަބޫލުކުރެވޭ ރަނގަޅު ހުށަހެޅުމެއް ކަމަށާއި އެކަމަކު އެ ހުށަހެޅުން ގަބޫލުކުރުމުގެ ކުރިން އަދީބުއާ މަޝްވަރާ ކުރަން ބޭނުން ކަމަށް ވަކީލު ވިދާޅުވެއެވެ.

މިއަދުގެ އަޑުއެހުން ނިންމާލީ އަދީބު އާއި ވަކީލު މަޝްވަރާ ކުރުމަށްފަހު ހުށަހެޅުމެއް ހުށަހަޅަން ފުރުސަތު ދިނުމަށް ފަހުއެވެ. ދެން އޮންނަ އަޑުއެހުމެއްގައި ދެ ފަރާތުން އެއްބަސްވާ ގޮތް ހުށަހަޅަން ތައްޔާރުވާން ގާޒީ މިއަދު އެންގެވި އެވެ.

މައްސަލަ ކުރިއަށް ދިޔައީ ސިވިލް ކޯޓުގައި ކަމަށް ވާތީ ޝަރީއަތުގެ މަޖިލީހަށް އަދީބު ހާޒިރެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އހ

    ތިއީ ޔާމީނު މައްސަލަ ކުރިޔައް ގެންދަން ދައްކާދަޅަ ކިހާ ދުވަހެއް ވެއްޖެ އަދީބައް ހުކުމް ކުރިތާ އަދިވެސް ހުކުމް އޮތީ އޮތްތާ

    31
  2. n

    ފައިސާ ނުކައްކަވެސް ހުރެވިދާނެ. މީ ދުނިޔެ. ފަނާވާނެ ތަނެއް. ހަނދާން ކޮށްލަދިނީ..

    24
    1
  3. ރަން ރީނދޫ

    އަދީބާއި ޒިޔަތަށް ޖަލުގައި ނުނިދޭތީ، ކޮތަޅު އިބްރާހީމްގެ އުނގުގައި މިހާރު ނިންދަވަނީ

    22
    2
  4. ޖާމިނު

    މިއީ ގޭމެއް.... މިއުޅެނީ އަދީބު ދޫކޮށްލަންވެގެން.
    ޖޫރިމަނާ ފައިސާ ދައްކަމުންދާތީ އަދީބު ދޫކޮށްލައިފިމޭ ޝަރުތުކޮށްފަ.....މިކަހަލަ މޮޅު ޗަރުކޭހެއް ޖައްސަނީ.... ކިހާ ބޮޑު މުސީބާތެއް މިއީ.... އަދީބު ދޫކޮށްލާގެންނުވާނެ.... އަދީބު ހައްޔަރުކުރޭ!

    28
    2
  5. ފިނދަނަ

    ޢެއުޅެނީ އަދީބު ދޫކޮއްލާފަ މިހާރުއޮތް ކޯލިޝަންއައްވުރެ ބޮޑުކޮއް ކޯލިޝަން އެމްއެމްޕީއާރސީހަދަންވެގެން

  6. ޝާން

    އަދީބުގެ ޕާޓީއިން ގާސިމް އާއި ކޯލިޝަން ހަދާފާނެހެން ހީވެގެން މިވެރިން މިތެޅިގަތީ. ދެން ޑީލްހަދާ ފައިސާ ބާކީވާބައި މައާފުކޮށްދީ އަދި އަދީބު ގެ ހުކުމްވެސް މައާފު ކޮށްދޭނެ.

    2
    1
  7. ކޮބަޑި

    ހަމަޔަގީން އަދީބު ފައިސާނުދަށްކާނެކަން ތިޔަކުޅޭގޭމުގަ އެންމެފަހުވަގުތު ޔާމީނުއަތުން 5 މިލިޔަން ޑޮލަރުހޯދާނެ ގޮތެއް މިމީހުން މިކުޅެލީ މިއޮތީވާދައުލަތެއް ހަރާންކޯރުވުމުގަ ހަށްދުފަހަނައަޅާފަ.

  8. ޢަހު

    މާތްﷲގެ އިރާދަފުޅާއި މިންވަރުފުޅުން އިބޫގެ ސަރުކާރު ހިތިގޮތަކަށް ނިމޭނެ ﷲއަށް އުރެދޭ މީހުނަށް މެޑަލް ދީފަ ﷲއަށް ކިޔަމަންތެރިކަން އަދާކުރާމީހުން ކުޑަގޮޅިއަށް ލުމކީ ވިސްނަންޖެހޭކަމެއް ﷲއަކްބަރު ﷲއަކްބަރު ﷲއަކްބަރު އިންޝާﷲ މިނުން ވެރިކަމެއް ދައްކަވާށި އާމީން

    2
    1
    • Anonymous

      🤲 ޔާ ރައްބަލްޢާލަމީން، އާމީން

  9. މަލީހާ

    ދިވެހި ގައުމު ލޮޑުވާލި ވަގު އުމުރުދުވަހަށް ހައްޔަރުކުރޭ

  10. ރާފިޔު

    ދެން އަދީބު ފެންނާނި އިބޫއާ އެކޮން.