ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިތުބާރެއް ނެތް ކަމުގެ މައްސަލަ މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު އަނބުރާ ނަގައިފިއެވެ.

އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވާކަން "ވަގުތު"އަށް ވަނީ ކަށަވަރުވެފައެވެ. އަދި މިއަދު މެންދުރު ފަހުން އެމައްސަލަ އަނބުރާ ނަގާފައިވާ ކަމަށް މަޖިލީހުގެ އޮފިޝަލަކު ވަނީ "ވަގުތު"އަށް މައުލޫމާތު ދީފައެވެ.

''އޭގައި ސޮއިކުރި މީހުންނާއި ސޮއިކުރި އަދަދު ހާމަކުރެވޭނީ މައްސަލަ ޓޭބަލް ކުރީމަ. އަދި ކިރިޔާ ވެއްދީ، އެކަމަކު މިއަދު މެންދުރު އޭތި ވައްދާފައި ދެންމެ އޭތި އަނބުރާ ގެންގޮސްފި.".މަޖިލީހުގެ އޮފިޝަލް ވިދާޅުވިއެވެ.

ފިކުރެއްގެ ދިރުމުން މައުލޫމާތު ދިންގޮތުގައި، ރައީސް ނަޝީދަށް ތާއީދު ކުރައްވާ އެއްވެސް މެންބަރަކާއި، ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްވެސް އެމައްސަލައިގައި ސޮއިކޮށްފައި ނުވެއެވެ.

އިދިކޮޅު ޕީޕީއެމް-ޕީއެންސީ އާއީ، ޖުމްހޫރީ ޕާޓީ، "ފިކުރެއްގެ ދިރުން" އަދި އެމްއެންޕީ ގުޅިގެން ޝާހިދުގެ އިތުބާރު ނެތް މައްސަލަ ހުށަހެޅުމަށް ނިންމީ ޗާގޯސް މައްސަލައިގައި ރާއްޖޭގެ ކަނޑުން ބައެއް ގެއްލުވާލުމުގައި ޝާހިދު ބައިވެރިވެފައިވާ ކަމަށް ބުނެއެވެ.

އެ މައްސަލައިގައި ގުޅިފައިވާ ޕާޓީތަކުން މިދިޔަ ހަފްތާގައި ވަނީ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް މަޖިލީހަށް ވައްދާފައެވެ.

މިނިސްޓަރެއްގެ އިތުބާރު ނެތް މައްސަލަ 10 މެންބަރެއްގެ ސޮޔާއެކު މަޖިލިހަށް ހުށަހެޅެއެވެ. އެކަމަކު ވަޒީރަކު ވަކި ކުރަން އިތުބާރު ނެތްކަމަށް ފާސްވާނީ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 43 މެމްބަރުންގެ ވޯޓުންނެވެ.

ގާނޫނުއަސާސީގައިވާ ގޮތުން އެ މައްސަލަ އާ ބެހޭ ބަހުސް މަޖިލީހުގައި ފެށުމުގެ 14 ދުވަސް ކުރިން އެ ވަޒީރަކަށް އެކަން އަންގަން ވާނެ އެވެ. އަދި އަނގަބަހުންނާއި ލިޔުމުން ދިފާއުވުމުގެ ހައްގު އޮންނާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނާދިރާތަ

    ގައުސިމެއް ތިޔަކު ނުކުރާނެ ސޮއެއް. ދައުލަތް އަންބޮޑިޔަށް ޖަހައިގެން އެލޭ މީހެއް އެއީ. ދެން އެމްޑީޕީ މެމްބަރުން އަންނި ފެކްޝަނަކަސް އިބޫ ފެކްޝަނަކަސް ނުކުރާނެ ސޮއެއް. އެއީ މުނާފިޤު ބައެއް

  2. ހުދުބޯ އިބްރާހީމް

    ޝާޑުގެ މައްސަލައެއް ވައްދާފަ ނެރުމަކީ ވެސް ޝާޑާމެދު މީހުން ދެކެގޮތް ބަދަލްވާނެ ކަމެއް ވަރަށް ސަލާމް

    3
    1
  3. ފާއިޒް

    ކޮބާ އިޚްލާސްތެރި ކަމެއް ނެތެއްނު ތާއިދު ހޯދަން ރައްޔިތުން ގުނބޯ ހައްދަނީ.. ރައްޔިތުން ވިސްނާ..

    7
    2
  4. އަހްމަދު

    ނަގާނެތާ ޝާހިދަކީވެސް އެފިކުރުގެ މީހެއްވިއްޔާ

    6
    1
  5. ބެއްޔާ

    ކަލޯ ޝާހިދުކޮޔާ މިހޭރު ދެން ކަލޯގެ ކަމަކަށާއި ފިކުރެކަށް ވާނީ ބެއްޔާމެން އުމުރު ދުވަހު ބެއްޔާމެންގެ ޅަފަތުގެ ދުވަސްވެރާއި އަދި ފިރުކޭ ދުވަސްވެރު ހިނގަހިގާ ހުރި ބިންގަޑުވެސް ބެއްޔާމެން އުމުރުން ދުވަސްވެ ދެފައިދަނޑިއާއި ކަކުލުންވާގި ދޫވެފަ އޮތް ހާލުގައި އެކޮއެ ޝަރުބަތު ބޯންށާއި އަދިނާޗަރަނގީގެ ޚާދިސާތަށް ފާހެނގަ ކޮއްލަން ލޯލާރި ހޯދަން ކޮންމެވެސް ފަރަންޖީނޫނަސް ހިންދުކަރަށް ނަަމަވެސް ވިއްކާލާން ނޫންތޭ. ބެއްޔާމެންގެ އަނގައިގަ ދަތެއް މިއަދު ނެތާސް، ޚަބަރުދާރު މިބުނީ މި ފަސްގަނޑާއި ކުޅެން ނަހަދާތި މަކޮޔާ.. ނޫނީ ބެއްޔާގެ މުންޑުގަނޑުން ޖެހިޖެހީނުން ތަލަގަޑު ގާނާފަ ހުންނަ ސަދަންގޫރަށް ހަދައިލަން ޖެހިދޭނެ.

  6. ޝައުފާ

    ސޯލިހުއާއި ރިއްފަތުއާއި ޝާހިދުގެ ގެދޮރާއި މުދާ ދައުލަތަށް ނަަގަން ގޮވާލަން.