ހުޅުމާލެ ފޭސް ދޭއްގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓުތަކުގެ އިމާރާތެއްގައި އެއްކޮށް ދެ އެޕާޓްމަންޓްގެ އެއްބަސްވުން ބާތިލްކޮށް އެތަން ހުސްކުރުމަށް އާބަންކޯއިން އަންގައިފިއެވެ.
ހިޔާ ފްލެޓުތަކުގެ އިމާރާތެއްގައި ދެ އެޕާޓްމަންޓް އެއްކޮށްލައިގެން 4 ކޮޓަރީގެ އެޕާޓްމަންޓެއް ހަދާފައިވާ ކަމުގެ ރިޕޯޓެއް އާރބަންކޯއަށް ލިބުނީ މި މަހުގެ ކުރީ ކޮޅުގައެވެ.
މިއާއެކު އެ ދެ ފްލެޓްގެ ވެރިން ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، 10 ދުވަހުގެ ތެރޭގައި މިކަން އިސްލާހުކޮށް، ފުލެޓު ހަވާލުކުރެވުނު އިރު ހުރިގޮތަށް އިޔާދަ ކުރުމަށް، ފުލެޓުތަކުގެ ވެރިފަރާތްތަކަށް އެންގިއެވެ.
ނަމަވެސް ޖޫރިމަނާ ފައިސާ އާއި އެތަން ކުރިން ހުރި ގޮތަށް ހަދަން ދިން މުއްދަތުގައި އެކަން އެގޮތަށް ކަންތައް ކޮށްފައެއް ނުވެއެވެ.
އާބަންކޯގެ މާކެޓިން އަދި ޕަބްލިކް ރިލޭޝަން ޑިރެކްޓަރު ނިއުޝާދު ޝަރީފް "ވަގުތަށް" ވިދާޅުވީ ގުޅުވާލި ދެ އެޕާޓްމަންޓްގެ އެއްބަސްވުން ބާތިލްކޮށް އެތަން ހުސްކުރުމަށް އަންގައި އެ ކުންފުނިން މިއަދު ނޯޓިސްއެއް ފޮނުވާފައިވާ ކަމަށެވެ.
ނިއުޝާދު ވިދާޅުވީ އެ އެޕާޓްމަންޓް 14 ދުވަހުގެ ތެރޭގައި ހުސްކޮށް އާބަންކޯއާއި ހަވާލުކުރަން ޖެހޭނެ ކަމަށެވެ. އަދި މިހާތަނަށް ނުދައްކާ ހުރި ކުލި 30 ދުވަހުގެ ތެރޭގައި ދައްކައި ހަލާސްކުރަން ޖެހޭނެ ކަމަށް އެ ދެ އެޕާޓްމަންޓްގެ ވެރިންނަށް އަންގާފައިވާ ކަމަށް ނިއުޝާދު ވިދާޅުވިއެވެ.
"އާބަންކޯއަށް އެޕާޓމަންޓްތައް 14 ދުވަސްތެރޭ ހަވާލުނުކޮށްފިނަމަ، އެ އެޕާޓްމަންތަކާއި ހަވާލުވާނެ. އެ މައުލޫމާތު އެ ފަރާތާއި ސިޓީއަކުން ވާނީ ހިއްސާކޮށްފައި.". ނިއުޝާދު ވިދާޅުވިއެވެ.
ހިޔާ ފްލެޓްތައް ހަވާލުކޮށްފައިވަނީ ފިނިޝިންގ މަސައްކަތް ނުނިންމައެވެ. އެހެން ވުމުގެ ސަބަބުން ފިނިޝިންގ މަސައްކަތް ނިންމަން ޖެހުނީ ފްލެޓްވެރިން އަމިއްލައަށް ޙަރަދުކޮށްގެންނެވެ. މިއާއެކު ފްލެޓްތަކުގެ ކުލި ކުޑަކޮށްދިނުމަަށް ގިނަ ފްލެޓްވެރިން އެދުނު ނަމަވެސް އޭރު ސަރުކާރުން ބުނީ އޭގެ ސަބަބުން ސަރުކާރަށް ބޮޑު ގެއްލުމެއް ވާނެ ކަމަށެވެ.
ނަމަވެސް ދާދި ފަހުން ފްލެޓަށް ފައިސާ ދައްކަން ޖެހޭ މުއްދަތު އިތުރުކޮށް، ފްލެޓް ކުލި 5300ރ. އަށް ކުޑަ ކުރުމަށް ސަރުކާރާއި އާބަންކޯ އަދި ޕްލޭނިން މިނިސްޓްރީ ދެމެދު ކުރެވުނު މަޝްވަރާތަކުން ނިންމާފައެވެ.
ތިހެން ހަދަންވީ ފުރަތަމަވެސް ގަވައިދާ ޚިލާފުވުން..
މިހާރުރަނގަޅު..ދެންއަނބުރާ އެމީހުނަށް ނުދިފިއްޔާ ރަނގަޅު..
ޔުނިޔަން ހަދައިގެން ހައްގޭ ކިޔައި ، ހިޔާ ސަރަހައްދު ކަތީބު ހެދިގެން ރައްޔިތުންނަށް ގޮތް ކިޔައި ، ވައިބަރ ކޮމިއުނިޓީ ހަދައި އެއަށް ޕޯސްޓެއް ލާން ވިޔަސް މީނާގެ އެޕްރޫވޮ ބޭނުންވާ ގޮތަށް ހަދައިގެން ފުއްޕާފައި އުޅުނު މީހެއް ދެ ފުލެޓް އެއްކޮއްލީ.. އޭރު އޭނައަށް އެޗް.ޑީ.ސީ.ތެރެއިން ބާރެއް ލިބިގެން އެކަން ކުރީ .. ތިކަން ހިލިގެން ތިއުޅެނީ މިބުނާ ބާރުލިބޭ ކޮޅު ގެ ބާރު ދަށްވެ ކޮންމެވެސް ކަމެއް ވެގެން..
މަބަލާނަން ތިތަން ހުސްކޮއްފަ ދޭތޯ. މި ރާއްޖެއަކު ތިކަމެއް ނުވާނެ. ރާއްޖެއަކީ ގާނޫނާއި ގަވާއިދު ތަންފީޒު ކުރެވޭ ގައުމެއް ނޫން.
އެއްމެ ކަމެއް ރާއްޖޭގައި ޤާނޫނާއި އެއްގޮތައް ބަރާބަރަށް ގެންދަނީ. އެކަމައްޓަކައި ސަރުކާރައްށާއި މޯލްޑިވްސް ޕޮލިސް އަށް ފައްފަށުން ޝުކުރާއި މުބާރަކްބާދީ ދަންނަވަން..... އެކަމަކީ ޕާކިންގް ސްޓިކާ ޖެހުން...
ހިޔާ ޓަވަރު ތަކުގަ މިނޫނަސް އެއްކޮށްފަހުރި އެޕާޓްމަންޓް ތައް އެބަހުރި. އާބަނަކޯ އިން އެތަންތަނަށް ފިޔަވަޅު ނާޅަނީ ކީއްވެބާ؟
މިސަރުކާރު ކަމަކަށް ފިޔަވަޅު އެޅި އެއްކަންތައް.
އިރުކޮޅަކުން ޕާޓީގެ ފޯމް ފުރާއިރަށް އަނބުރާ ނުދީފިއްޔާ ވެއްޖެ. އަބަދުވެސް ކުރިންބުނި އެތި ކެންސަލުކުރާ ބައެއް.
އަދަބު ނުދެވި ކުށްތައް އިތުރުވެ ޤައުމުގެ ޙާލަތު ވެއްޓި ވަޅުޖެހިފައި.
މިހާރު އިންތިޚާބު ކައިރިވާތީ ވެސް ތޯޗެ .އެނގިދާނެތާ. ތިޔަ މީހާ އަތުން ފުލެޓް ނީތުލިއްޔާ ދެން ތިބި މީހުން ވެސް އެއްކޮށްލުން އޮންނާނީ
ވަރަށް ރަނގަޅު ނިންމުމެއް ބޭނުންހާ ވައްތަރަކަށް އުޅުމުގެ ފުރިޞަތު ދީގެންނުވާނެ އެއްވެސްމީހަކު މާފުންނާބު އުސްކޮށް އުޅެވިގެން ނުވާނެ
ލާހިކައެއް ނޫން ދުވަހަކުވެސް މިތަން އަތުލާކަށް، ނުވެސްނެގޭނެ ޖުރުމާނާ ވެސް ނުދައްކާނަން.. ފްލެޓް އެކެއްވެސް ދެން ނުކުރާނަން.. މާ ކަންތައް ބޮޑު ތިކޮށްލީ!
ދެން ހިގާ ބަލަން ކޮންބަޔެއްތޯ ވިންވަނީ!
މަ މީ އެމްޑީޕީ މީހެއް ނިކަން އުޅެބަލަ ތިގޮތަށް އެޗްޑީސީއަށް ތިކަން ކުރެވޭތޯ... ހަމަ ހިލާ ނުވޭނެ.. ނުވެސް ކުރެވޭނެ..
މިއީ، ހައްގޭ ކިޔައިގެން، އެތާނގައި ދިިރިއުޅޭ މީހުން ގާތު ކުލި ވެސް ދައްކާނެކަމެއް ނެތޭ ކިޔައި އެތާނގައި ހުރިހައި ނުބައެއް ހަދައިން ސަރުކާރާ ކުރީސަރުކާރުގެ ގުރޫޕެއް.
ފުލެޓް ލިބުނީމަ ފުލެޓްތައް ދެނީ ކުއްޔަށް އެތާކު ނުއެއްއުޅޭ
ދައުލަތުން އެންމެފަހުން ތިމީހުނައް20 ކައްމިލިޔަން ވަރު ބަދަލިދޭންނުޖެހިއްޖިއްޔާ ރަގަޅު...
ހަމަ ތިގޮތަށް މާލޭ ގުރޭންޑް ފަސްޓު ފުލޯގަ ޖިމް ހަދަންވެގެން ފާރުތަޅާފަ ހެދީ އާބަންކޯއަށް ވީކަމެއްނެއް ނިކަމެތި މީހާވީމަ ނިކަމެތިގޮތް ކޮންމެ މީހަކުވެސް ގޮސް ބަލާބަލަ ޖިމް ބޮޑު ކޮށްފަހުރި ގޮތް މަތީފުލޯތަކުގެ މީހުން ކިހާވަރަކަށް އާދޭސް ކުރިއާބަންކޯއަށް ނުވީތާކަށް އެމައްސަލަ ބޮޑުވެގެން ޕޮލިހުންވެސް ގެނާ މިޔަދު މިފެނުނީ ފުލެޓު ލިބުނުމީހާ ޖޫރިމަނާކޮށް ތަންއަތުލަން އުޅޭތަން ވަރަށް ވާހަކަ............
ބަލަ ހިޔާ ފުލެޓް އެގްރިމެންޓަކު ނެތޭ ދެއއެޕާޓްމަންޓު އެއްނުކުރެވޭނެކަމަށް !
އާދައިގެ ރައްޔިތު މީހާޔަށް ދެގޮޅި އެއްކުރުމުގެ ފުރުސަތުނުދީ ވިޔަފާރި ވެރިޔާއަށް ތިން ގޮޅި އެއްކުރުމުގެ ފުރުސަތު ދޭންވީ ކީއްވެތޯ؟ އެވެސް ވިޔަފާއި މިވެސް ވިޔަފާރި ކުލިޔަށް ތިބުންވެސް ވިޔަފާރި !
ކުލިނުދައްކާ މީހުންއަތުން ފުލެޓް އަތުނުލަނީކީއްވެ.....
މިކަމުން ސަރުކާރަކަށް ގެއްލުމެއް ނެތް.ތިތަންސަރުކަރަށް ނަގާފަ ބޮޑު އަގުގަ ކުށްޔަށް ދީ. އެމިހުން ނަށް އިތު ފުލެޓެއްވެސް ދީ އޭރުން ދެކޮޅަށްވެސް ފައިދާ. އެމީހުން އަތުން އިތުރަށް ހަރަދުކޮށް ހުރިގޮތަށް ހެދުމަކީ އިންސާފެއްނުން. ސަބަބަކީ ދެން ގަވައިދާ ހިލަފު ވީ މީހުން ނާމެދު ފިޔަވަޅު އެޅުނުބާ.
ހުރިހާ ވިޔަފާރިވެރިން އެއުޅެނީ ތިރީގައި އެތަކެއް ގޮޅި އެއްކޮށްލައިގެން ބަލަ ރެންޓް ވިޔަފާރިވެރިޔާ ގޮޅި އެއްކުރީމާ ތިޔަ ބޭއިންސާފުވަނީ ކީއްވެތޯ !އެވެސް ވިޔަފާރި މިވެސް ވިޔަފާރި !
ހުރިހާ ވިޔަފާރިވެރިން އެއުޅެނީ ތިރީގައި އެތަކެއް ގޮޅި އެއްކޮށްލައިގެން ބަލަ ރެންޓް ވިޔަފާރިވެރިޔާ ގޮޅި އެއްކުރީމާ ތިޔަ ބޭއިންސާފުވަނީ ކީއްވެތޯ !އެވެސް ވިޔަފާރި މިވެސް ވިޔަފާރި ! އެވެސް ކުލި މިވެސް ކުލި !
ކޮބާ ތޯ 20 އަހަރު ފްލެޓްގަ ކުލި ނުދައްކާތިބި މީހުން. ކީއްވެ އުޅެވެނީ. ބޭފުޅާ އިސްތިއުފާ ދީބަލަ
މާލޭގައި އަމިއްލަ ނަމުގައި ބިން ހުރެ މިލިޔަނުން ރުފިޔާ އަކައުންޓުގައި ހުރިމީހުންނަށް ހިޔާ ފުލެޓް ތައް ދީފައި އެބަހުރި.