ތާ އަބަދު ބަންޑާރަ ގޯތި ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ބަދަލު ކުރަން މަޝްވަރާ ކުރަން ޖެހޭ ކަމަށް ޕްލޭނިން ،މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އަސްލަމް ވިދާޅުވީ އެންމެ ބޯދާ ޒަމާނުއްސުރެ ރާއްޖޭގައި އަމަލުކުރަމުން އައި އުސޫލަކީ ބަންޑާރަ ގޯތި ދިނުން ކަމަށެވެ.

އަދި އެންމެ މީހެއްގެ ވިސްނުމަކަށް އެކަން ބަދަލު ކުރެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް އެކަމާއި މެދު ފުޅާކޮށް މަޝްވަރާކޮށް އެންމެނަށް އެއީ ގަބޫލު ކުރެވޭ ކަމަކަށްވާނަމަ ކަމެއް ބަދަލު ކުރެވިދާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު ތަކުރާރުކޮށް ދަންނަވާނަން ވިސްނާފައި މިއީ ސަސްޓެއިނަބަލް ކަމެއް ގޮތުގައި ކުރެވޭނެ ކަމެއް ކަމަށް އަޅުގަނޑަކަށް ނުފެނޭ ދުރު މުސްތަގުބަލަށް ބަލާއިރު. އެހެންވީމާ އަބަދަކު ބަންޑާރަ ގޯތި ނުއެއް ދެވޭނެ ތާ އަބަދަކަށް. ކިހިނެއްތޯ އަޅުގަނޑުމެން އެއަށް އެެޑްރެސް ކުރާނީ. އެއީ ދައްކަން ޖެހޭ ވާހަކައެއް ކަމަށް މިއަދުވެސް އަޅުގަނޑު ގަބޫލުކުރަން.". މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އެފަދައިން ވިދާޅުވި އިރު ހުޅުމާލެއިން މާލޭގެ ރައްޔިތުންނަަށް ހިލޭ ގޯތި ދޭން ނިންމާފައިވާތީ ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ. ނަމަވެސް މިނިސްޓަރު އަސްލަމް މަޖިލީހުގައި މީގެ ކުރިން ވިދާޅުވީ އެހެން ރަށްރަށުގައި ވެސް ގޯތި ދެނީ ހިލޭ ކަމަށެވެ. އެހެންކަމުން ބަންޑާރަ އުސޫލުން މާލޭގެ ރައްޔިތުންނަށް ވެސް ގޯތި ދެވިދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޔާންޔާ

    މީނާ މިކިޔަނީ ކީކޭތަ ! މާލެ މީހުނައް ގޯތި ނުދީ ހިފަހައްޓާލާތި މިވެރިކަން ނިމެންދެން . ހިޔާ ފްލެޓް ތައް ފަހުވަގުތު ބެހިފާޑައް މިކަން ކުރަންވިސްނާފިޔާ ހިތިވާނެ . އަސްލަމު ގެ ދޯދިޔާ ، ހަރުދަނާ ވިސްނުމެއް ނެއް ، ބޮލުގަ ތެއްކަމެއް ނެއް . ކުރާނެ ނުކުރާނެ ކަމެއް ނޭންގިގެން . މާގާތައް ހާދަރުޅިއާދޭ މިނާ މިކިޔާ އެއްޗެހިން.