ދިވެހިންނަށް ހައްގު ހޯދުމަށް ވަކާލާތުނުކޮށް މެދު ރޮނގުން ކަނޑު ބަހަން އެއްބަސްވުމަކީ ގަބޫލް ކުރާނެ ކަމެއް ނޫން ކަމަށް ޖުމުހޫރީ ޕާޓީ (ޖޭޕީ) އަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

އަލީ ހުސެއިން މިހެން ވިދާޅުވީ ޗާގޮސް މައްސަލައާއި ގުޅިގެން ޖޭޕީގެ ކައުންސިލަށް ހުށަހަޅާފައިވާ ގަރާރާއި ގުޅިގެން މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

އަލީ ހުސެިން ވިދާޅުވީ ޗާގޯސް މައްސަލައަކީ މިއަދު ދިވެހި ރާއްޖެއަށް ދިމާވެފައިވާ އެންމެ ހައްސާސް އެއް މައްސަލަ ކަމަށެވެ.

މިދިޔަ ސަރުކާރުގެ ވާހަކަތައް ދައްކާ އިރުގައި ދައްކަން ޖެހެނީ ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަނާއި ފަސާދައިގެ ވާހަކަ އަދި އަނިޔާގެ ވާހަކަ ކަމަށާއި އެހެންނަމަވެސް މިއަދު އެ ވާހަކަދައްކާއިރު އިތުރުބޮޅެއް އިތުރުކުނރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. ކުރީ ސަރުކާރުތަކުން ކޮށްފައިވާ ކަންކަމަށްވުރެ މާބޮޑު ކަމަކާއި ރާއްޖެ މިއަދު ކުރިމަތިލާން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

"ދިވެހިންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި މިއަދު ދިވެހި ގައުމުގެ މިނިވަންކަމަށް އަސަރު ކުރާ އެތަކެއް ކަންތަކެއް، އެތަކެއް ކުލަތަކެއް ވަނީ ދިމާވެފައި. އެގޮތުން އެންމެ މުހިންމުކަމެއްގެ ގޮތުގައި މިހާރު ފާހަގަވެފައިވާ ކަމަކީ ރާއްޖޭގެ ރައްޔިތުން ކަނޑައަޅާފައިވާ ހިސާބެއް ގެއްލުމުގެ މައްސަލަ." އަލީ ހުސެއިން ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން މި މައްސަލަ ވަރަށް ބޮޑަށް ދިވެހި ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތްކުރާ ކަމަށާއި ހަގީގަތުގައި ޗާގޯސްގެ ރަށްތަކުގެ މައްސަލައާއި ދިވެހި މަސްކަނޑުން ބައެއް ގެއްލުމުގެ މައްސަލައަކީ ދެ މައްސަލައެއް ކަމަށް ވިދާޅުވިއެވެ. އަލީ ހުސެއިން ވިދާޅުވީ ޖޭޕީގެ ކަންބޮޑުވުން އޮތީ ރާއްޖޭގެ މަސްކަނޑުން ސަރަހައްދެއް ގެއްލުމާއި ގުޅިގެން ކަމަށެވެ.

"ރާއްޖޭގެ ކަނޑުގެ ސަރަހައްދު 1906 ވަނަ އަހަރު ރައްޔިތުން ވަނީ ކަނޑައަޅާ ނިންމާފައި. ރާއްޖޭގެ ދެކުނުން 200 ނޯޓިކަލް މޭލަކީ ދިވެހި ރައްޔިތުންނަށް ލިބިފައިވާ ބައެއް. އައްޑޫއިން ފެށިގެން 200 ނޯޓިކަލްގެ ސަރަހައްދުގައިވާ ކަނޑުގެ ހުރިހާ ބާވަތްތަކާއި ކަނޑުއަޑީގައި ހުރި މައުދަނީ، އަދި އެ ސަރަހައްދު އިގްތިސޯދީގޮތުން ބޭނުންކުރުމުގެ ހައްގު ލިބިފައިވާ ބަޔަކީ ދިވެހި ރައްޔިތުން.". އަލީ ހުސެއިން ވިދާޅުވިއެވެ.

ރައްޔިތުންގެ ހައްގެއް ރައްޔިތުން ކައިރީގައި ނާހާއި މަޖިލީހުގައި އެހުމެއްނެތި ދޫކޮށްލުމުގެ ހައްގެއް ރައީސްއަށް އަދި އެއްވެސް މީހަކަށް ނޯންނާނެ ކަމަށް ހުސެއިން ވިދާޅުވިއެވެ.

ދިވެހި ދައުލަތަށް ލިބިފައިވާ ސަރަހައްދު ހިމާޔަތްކުރެއްވުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރައްވާކަން ފާހަގަކުރައްވަމުން އަލީ ހުސެއިން ވިދާޅުވީ ރާއްޖެއަށް ކަނޑުގެ ސަރަހައްދު ލިބޭނެ ކަމަށް ވެސް ސަރުކާރުން ވަކާލާތު ނުކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ތިބޭފުޅާގެ ބައްޕަގެ 2 ދަރިންތިބެ، ގޯތި ނުބަހާއޮވެ، ފަހުވަގުތު 2 މީހުންނަށް ހަމަޔަށް ބަހަންޖެހުނީމާ
    ކޯޓުގައި ތިބޭފުޅާބުނާނީވެސް ހަމަ ތިހެންތޯ!!!

    ގޯތީގެ ދެބިތުންކުރެ ކޮންމެ ބިތަކުން 200 ފޫޓް އެތެރެއަށް ދެއްތޯ...

    ބީތާވެދާނެ މިއީ އަދި ރައީސްކަމަށް ކުރިމަތިލާނޭ މީހެކޯ.

    މިވީހާދުވަހު އެކަން ނުނިންމާއޮތީ ގައުމެއްގެ ބާރު އެތަނަށް ނުހިނގާތީ. މިހާރު އެހެނެއްނޫން. ސުވާލު އުފެދޭތަނެއް އަމިއްލަ ކުރެވޭތަ.

  2. ޏ

    ތިބޭފުޅާ ވަރަށް ބޮޑު އޮޅުމެއްގެތެރޭ ތިވަނީ....
    200ނޯޓިކަލް އަކީ ހަމައެކަނި ރާއްޖެއަށް ލިބޭ އަދަދެއް ނޫން
    ކޮންމެ ޤައުމަކަށްވެސް އެ ޙައްޤު އޮންނާނެ.
    ްް
    ވަރަށް ވެދުން.

  3. އެއިރޯޑޯމް1

    ގައްދާރީން ތަކެއްކަން އެނގިތިބެ އެވަރު ބަޔަކު ވެރިކަމަށް ގެނަަަައިބަޔަކުދެން ކޮން ބޭކާރު ވާހަކައެއްދައްކާކަށް. ގަައުމުގެ އެތެރެންވެސް ހަތަރު ފަސް ސަރަހައްދެއް މިވަނީ ދިވެހިންގެ ބާރުގެ ދަށުންމިހާރު ގޮސްފަ، އިންޑިޔާއަށް. އެބައެއްގެ ހަލާކުހޯދަނީ ހަމަ އެބައެއް އަމިއްލަޔަށް.