މިއަހަރުގެ ފައިނޭންސް ފޯރަމްގެ ސްޕޮންސަރުންނާއި ކީނޯޓް ސްޕީކަރުން ޕެންޝަން އޮފީހުން އިއުލާނު ކޮށްފިއެވެ.

ފައިނޭންސް ފޯރަމަކީ ރާއްޖޭގެ މާލީ ދާއިރާގެ އިސްފަރާތްތަކަށް އަމާޒުކޮށްގެން 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ޕެންޝަން އޮފީހުން ކުރިއަށް ގެންދާ ފޯރަމެކެވެ.

މިއަހަރުގެ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހު ކުރުނބާ މޯލްޑިވްސްގައެވެ.

ފޯރަމްގެ ސްޕޮންސަރުންގެ ގޮތުގައި ބައިވެރިވާ ފަރާތްތައް:

މެއިން ސްޕޮންސަރ: ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)

ބޭންކިން ޕާޓްނަރ: ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)

ޑިޖިޓަލް ޕާޓްނަރ: ދިރާގު

ކޯ ސްޕޮންސަރ: މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)

އެސޯސިއޭޓް ސްޕޮންސަރުން: ހައުސިން ޑިޗެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)، ބޭންކް އޮފް ސިލޯން، ސޮލަރެލް އިންޝުއަރެންސް، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަދި މޮރިޝަސް ކޮމާޝަލް ބޭންކްއެވެ.

ޕެންޝަން އޮފީހުން ބުނީ، "ދަ ފިއުޗަރ އޮފް ފައިނޭންސް އެކްސްޕްލޯރިންގ ދަ އިންޓަސެކްޝަން އޮފް ފައިނޭންޝަލް ޓެކްނޮލީސް އެންޑް އާޓިފިޝަލް އިންޓެލިޖެންސް" މި ތީމުގެ ދަށުން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ފޯރަމްގައި މިނިސްޓަރ އޮފް އެންވަޔަރަމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، އާމިނަތު ޝައުނާ، މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ޝަރީފް އާއި ރާއްޖޭގެ ބައެއް ބޭންކްތަކުގެ ސީއީއޯ އިންނާއި ރާއްޖޭން ބޭރުގެ ދެ މާހިރެއްގެ އިތުރުން ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ބޭފުޅުން ވެސް ވާހަކަ ދެއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.