ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފައްދަވާ ޕާޓީ ކަމަށްވާ ދަ ޑިމޮކްރެޓްސް އަށް ސޮއި ކޮށްފައިވާ ބައެއް މީހުން ސަރުކާރުގެ ސިޔާސީ މަގާމުތަކުން މިއަދު ވަކިކޮށްފިއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު މިހާތަނަށް އެންވާރްމަންޓް މިނިސްޓްރީގެ ނައިބު މުހައްމަދު އަންޞާރު އާއި އެމިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް މުހައްމަދު ހަމްދާން ވަނީ ވަޒީފާ އިން ވަކިކޮށްފައެވެ. އަދި ހޯމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރ އާޝިޔަތު އަލައިކާ އަދުނާން ވެސް މިއަދު ވަނީ ވަޒީފާ އިން ވަކިކޮށްފައެވެ. އަލައިކާ އާއި ހަމްދާނަކީ ދެމަފިރިންނެވެ. އެތިން ބޭފުޅުން ވެސް ވަނީ މިދިޔަ ހަފްތާގައި ޑިމޮކްރެޓްސް އަށް ސޮއި ކުރައްވާފައެވެ.

ތިން ބޭފުޅުން ވެސް މަގާމުން ވަކިކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އެބޭފުޅުން މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.

އިތުބާރު ކުރެވޭ ސަރުކާރުގެ އޮފިޝަލަކު "ވަގުތު" އަށް ކަށަވަރު ކޮށްދިން ގޮތުގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބެ ޑިމޮކްރެޓްސް އަށް ސޮއި ކުރާ މީހުން ކުރިއަށް އޮތް ހަފްތާއެއްހައި ދުވަހުގެ ތެރޭގައި ސަރުކާރުގެ މަގާމުތަކުން ވަކިކުރާނެއެވެ.

ޑިމޮކްރެޓްސް އަށް ސޮއި ކޮށްފައިވާ މީހުންގެ ތެރޭގައި ޑެޕިއުޓީ މިނިސްޓަރުންނާއި ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުންނާއި، އެގްޒެކެޓިވް ޑިރެކްޓަރުން ވެސް ހިމެނެއެވެ. އޭގެ އިތުރުން އެމްޑީޕީގެ ޓިކެޓްގައި ކައުންސިލް އިންތިހާބު ކާމިޔާބު ކުރި ފަރާތްތަކުން ވެސް އަންނަނީ ޑިމޮކްރެޓްސް އަށް ސޮއި ކުރަމުންނެވެ.

"ވަގުތު" އަށް މައުލޫމާތު ދިން ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ ސިޔާސީ މަގާމެއްގައި ހުންވަައިގެން އެމަނިކުފާނުގެ ސިޔާސަތުތަކާއި ދިމާ އިދިކޮޅަށް މަސައްކަތް ކުރާ ސިޔާސީ ޕާޓީއެއްގެ ސިޔާސީ މަސައްކަތްތައް ކުރާނަމަ އެންމެ ރަނގަޅު ގޮތަކަށް ވާނީ ވެސް އަމިއްލައަށް މަގާމުން އިސްތިއުފާ ދިނުން ކަމަށެވެ. "އެންމެ ރަނގަޅު އަދި އެންމެ ރީތި ގޮތަކީ ވެސް އަމިއްލައަށް އިސްތިއުފާ ދިނުން." އޭނާ ވިދާޅުވިއެވެ.

ޑިމޮކްރެޓްސް އަށް 3000 މެންބަރުން ހަމަ ކުރުމުގެ މަސައްކަތް ފެށީ މިދިޔަ ހަފްތާގައެވެ. އެޕާޓީން ބުނެފައިވާ ގޮތުގައި އެއަދަދަށް މެންބަރުންގެ ސޮއި ހަމަކޮށް މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ސަމްސު

    ހަމަ ރަނގަޅަށް އެހެދީ. ސަރުކާރާ އެއްކޮޅަށް ނުތިބެވޭ ބަޔަކު ސަރުކާރުގެ މަގާމުތަކުގަ ބޭތިއްބުމުގެ ބޭނުމެއް ކޮބާ؟

    12
    4
  2. ކޮއްކޮ

    ތިޔަ ހަދަނީ ހަމަ ރަނގަޅަށް. ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅުވެ ރައީސުލްޖުމްހޫރިއްޔާއާ ދިމާއަށް އާންމު ތަންތަނުގައި ނުވަތަ ސޯޝަލް މީޑިއާގައި އެއްޗެހި ގޮވަމުންދާ މީހުންނާއި އެފަދަ މީހުންނާ ބައިވެރިވާ މީހުން އެ ރައީސެއްގެ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ބައިތިއްބައިގެން ނުވާނެ. ރައީސް ނުރަނގަޅު ކަމެއް ކުރައްވާކަމަށް ފެންނަނަމަ އެފަދަ މީހުން ރައީސަށް އެކަން އަންގައިދޭންވާނީ ލިޔުމަކުން ނުވަތަ ރައީސާ ބައްދަލުކޮށްފައި. ނުވަތަ ރައީސްގެ މުވައްޒަފަކު މެދުވެރިކޮށް.

    10
    5
  3. މަރުހަބާ

    މީ ވަރަށް އުފާވެރި ޚަބަރެއް. ސަޅި އިނގޭ. މަރުހަބާ ތި އާ ޕާޓީގަނޑަށް. ފަކުރެއްގެ ދިރުން ދޯ. ލޮލްލލ

    9
    5
  4. ތުއްތުނާ

    ބަރާބަރު ނިންމުމެއް. މިމީހުންނާހެދި އަހަރެމެންނަކަށްނުލިބޭވަޒީފާއެއްް..

    7
    2
  5. ސަރަފަކައްދަ

    ބޮޑު ދެގެރި ތަލަންޏާ ކައްގަލަށް ބާރު ކުރާނޭ ބުނާ އަޑު ތަމެން އަހަނމުތަ! މިހާރު އެ ބާރު ކުރަންފެށީ ކައްގަލަށް. ވ ވެދުން.

    13
    2
  6. ހުސޭނުބޭ

    ތަފާތު ފިކުރުތަކާއެކު އުޅެން އެގޭ މީހެކޯ ހިންނަވަރު އިބުރާހީމަކީ. އަބަދު އެ ހުންނަނީ ހަޖަމް ނުބައިވެފައި.

  7. ސައްޕު

    ރައީސާ ދެކޮޅަށް ނުކުތުމުގެ ހިތްވަރު ހުރި މީހަކުވިއްޔާ ވަޒީފާ ދޫކޮށްލުމުގެ ހިތްވަރުވެސް ހުންނަން ޖެހޭނެ.

  8. މޮޔަ

    ބަލަމޮޔަޔާ. މިހިނގަނީ އިއްތިހާދުވެގެން ގެނައި ސަރުކާރެއްނޫންތަ. ސޯލިހާ ރައްޔިތުމީހާ ވޯޓު ދިނީ އިއްތިހާދުގައި އެމީހަކު ގަޔާވާ މީހާ ހުރީމަޔޭ. ތިޔޮތީ ނޫނޭ ބާރުފުޅެއް ލިބިފާ. ބާރަށް އަންބޮނޑިއަށްލާ ތިޔަބާރުފުޅު ހިފަހައްޓާތި. ތިޔަ ބާރުފުޅު ވޯޓުން ފެންނާނެ.

  9. ލިކާ

    ހަގީގީސިފަ ފެންނަނީ

    12
    4
  10. އެޑިޓް

    ތިނިންމުން ހަމަ ބަރާބަރު .. ސަރުކާރެއް ވިއްޔާ ބާރެއްވެސް އޮންނަން ވާނެ .. ތެޅޭ ވައްތަރަކަށް ތެޅެން ދެން ކުޅިބަލަން ތިބޭނެ ކަމެއްނެތް !!

    11
    5
  11. ޢަހޫ

    ގުއިސާނީގެހީޔާލީ ހަބަރު

  12. ޜައްޔިތުމީހާ

    މުސާރައާއި އިނާޔަތްތައްދެނީ ޓެކްސް ފައިސާއިން ސަރުކާރުގެ ތެޔޮވަޅަކުން ނަގާ ފައިސާއަކުންނޫން

    12
    1
  13. ނޫރު

    މިފަދަ ސިޔާސީ މަގާމު ތަކަކީ އިހުގެ އޮފީސް ތަކުގެ ޕިއޯ ނުންނާ އެއްވަރަށް ވެސް ރައްޔިތުން ބަލައިގަންނަ ބަޔެއް ނުން. ރައްޔިތުންނަށް އެއްވެސް ޚިދުމަތެއް ނުލިބޭ ބޮޑް މުސާރަ ކާލާ ބަޔެއް. ރ.ސޯލިހު ޖެހޭނީ ސައިޒު ވާން.

    11
    4
  14. އިބްރާހީމް

    ރަގަޅުނިންމުމެއް ބުއްޅަބެ ބޭނުންހާ ވައްތަރަކަށް ނޫޅެވޭވެ ވެރިކަން ނޫން އެހެން އެއްޗެއް ބޭނުމެއްނުވޭ

    9
    4
  15. ޑައެލޯގް

    ސަރުކާރުން ބުނަނީ ސަރުކާރުނޫން ޕާޓީއެއްގައި މަސައްކަތް ކުރާނަމަ ކޯލިޝަންވިއަސް ރަގަޅުގޮތަކީ ވަކިވުންކަމަށެވެ. ދެން އަނެއްކާވެސް ކޯލިޝަން ހަދަން އިބޫބުނާނެއެވެ. އޭރަށް ކޯލިޝަންހަދާ ޕާޓީތައް ވިސްނަންވެއްޖެއެވެ. އެކަމަކު އިމްރާންއާއި އިބޫ ބުނަމުންއައީ އިބޫއަކީ ވަރަށް ހިތްތިރި އެންމެނާވެސްގުޅޭ ކޯލިޝަން ދަމަހައްޓަން އެގޭ ވަރަށްމޮޅުމީހެއްކަމަށެވެ. އެކަމަކު މަށަށް ފެންނަގޮތުގައި އިބޫއަކީ ތަނެއްގައި ވަގެއްހުރިއްޔާ ޕާޓިއަށް ޖަމާކޮށް ހަދަން ވަރަށް ހިތްތިރި މޮޅުމީހެއްކަމެވެ.

    10
    3
  16. މުހައްމަދު އަހްމަދު

    ވަރަށް އުފާކުރަން ބޭކާރު ގޮތުގައި ވަޒިފާ ދީފައި ތިބި 1500 ސިޔާސީ މީހުންގެ ތެރެއިން 3 މީހުން ވެސް މަދު ވީމާ. އުންމީދަކީ އަންނި ވެސް ކަނޑާލާ ދިވެހި ރައްޔިތުންގެ ފައިސާއިން އޭނާއަށް ކުރާ ޚަރަދުތައް ނިމުމަކަށް ގެނައުން.

    10
    2
  17. ވިކިލީކްސް

    ސަރުކާރުގެ ވަޒީފާތަކުގަ ތިބި ސިވިލް ސާވިސް މީހުނެއް ވަކި ނުކުރޭ.
    ވަކިކުރަނީ ސިޔާސީ މަގާމުތަކުގަ ތިބެގެން ސަރުކާރަށް ޖެއްސުންކުރާ މީހުން!

    ދުނިޔޭގެ ހުރިހާ ތަނެއްގަވެސް އެކަން އޮންނަނީ އެހެން.

  18. ބަޔަސްޑް

    މިއީ ކޮންމެހެން ރުޅިގަދަވާންޖެހޭ ކަމެއް ނޫން. އެމްޑީޕީ ސްލޮޓްގަ އައި މަގާމެއްގަ ނުހުރެވޭނެދޯ ޕާޓީން ކެނޑުނީމަ. ނޫސްވެރިންވެސް ވެއްޖެ އެއްނު ބަޔަސްޑް ނުވެ ލިޔަން

  19. އެންމެ މަގެއް

    އިބްރާހީމް ހަވާލުވީއްސުރެ ދަނީ ވެއްޓެމުން

    9
    6
  20. މޮހޮނު

    ބަރާބަރު... ސަރުކާރު ހިންގަން ދަތިކޮށް އިދިކޮޅަށް ކުޅޭ ބަޔަކު ލައިގެން ނުވާނެ... ޔާނުވެސް ހަމަ ހެދީ ތިހެން ކުރިއަށް ދާން ދަތިވިހިނދު

    13
    4
  21. ޒައިކޯ

    އޮޅުވާ ނުލައްވާ މުވައްޒަފުންނެއް ނޫން ސިޔާސީ މަޤާމުތަކުގަ ތިބި ސިޔާސީ މީހުން... އެއީ އެމްޑީޕީއަށް ލިބުނު ސުކޮޓްތަކުގަ ތިބި މީހުން.. ޕާޓީން ވަކިވީމަ މަޤާމުވެސް ގެއްލެންޖެހޭނެ.. ކަލޭމެން ވާނުވާވެ އާ ވެގެން އުޅުނަސް އެއީ ދުނިޔޭގެ ހުރިހާތތަނެއްގަ ވެެސް އެކަން ކުރާ ގޮތް އެކަަން އޮންްނަ ގޮތް.. ޔާމީނުވެސް ހެދީ އެހެންް އެމްއާރުއެމްއަށް ދިޔަ މީހުން ވަކި ކުރި.. އާޖުފާޖު އެނގި ދަސްކޮށްގެންް ނޫސްވެރިކަން ކޮށްބަލަ..

  22. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    ކައް-ގަލަކީ މަހާނަ ގަލެވެ. އެ ޒަމާނު ގައި ގެރިތައް ތިބެނީ ދޫކޮށް ލާފައެވެ. މިސްކިތުގައި ދެ ގެރި ތަޅާ ނަމަ މަހާނަ ގާ-ތައް ފުނޑި ހަލާކު ވެއެވެ. މާނަ އަކީ މަރުވެފަ ތިބި މީހުންނަށް ކައްވަޅުގައި ވެސް ތިބިޔަކަ ނުދޭނެ ވާހަކައެވެ. ދިރިތިބި މީހުން ދިރި-ވެސް ތިބުނަ ނުދޭނެ ވާހަކައެވެ.

  23. އިކުރާމު

    ޑީއާރޕީ އާއި އަދާލަތު އައިސް އެމުޑީޕީ ހަލާކުކޮއްފި

  24. ކިނބޫ

    ކެރަފާ ބާޤީން ކިބައިންނާއި ނަސްރާނީންގެ ޕަޕަޓުންގެ ކިބައިން އެމް.ޑީ.ޕީ ސަލާމަތް ވުމުގެ މަގުމަތީ އަދި ތިޔަ އުޅެނީ....އަދިވެސް ލާދީނީން އެބަތިބި ބައިވަރު ފީ ހޮވާލާ....ގަދަ އިބޫ.....ކެރަފާ ނަޝީދު ސައިޒަށް ކަނޑާލިކަމަށްޓަކައި ސެލިއުޓް ކުރަން.....އެކަމް ވޯޓެއް ނުދެވޭނެ.....

  25. އަހޭ

    ގޮތް ހުސްވީ.

  26. އއ

    އެކަކުވެސް ނުކުރޭ ރަނގަޅުކަމެއް !!!؟. ..އެއްމެންވެސް ގައުމު ވިއްކާ ކައިކައިގެން ރީތިވާން ދައްކާ ދަޅަ. ދިވެއްސަކު ނުހުންނާނެ ގައުމައް ތެދުވެރި!!!!

  27. ސޯލިހް

    ވަރަށް ނާގާބިލުބައެއް. ފަހަރުގަ ތިޔަފަކުރުޕާޓީ ހިންގަން ތިމީހުން ކަމުގޮސްދާނެ.

  28. Anonymous

    މީގަ އެންމެ ފިނޑީ އަންނި. މަޖިލިސް ރައީސްކަމުން ބޭރުކޮށްފާނެތީ އަދި ޕާޓީއަށް މީހުން ހަމަނުވެދާނެތީ އެމްޑީޕީންނުކެނޑެން ފިލާއޮވެ އެހެންމީހުންލައްވާ ހުރިހާ މަސައްކަތެއްކުރުވަނީ. އެކޮޅު ވަރުޖެހިލާހެން ހީވީމަދާނެ. ހަޤީޤީލީޑަރުންނަކީ އެންމެފުރަތަމަ އެންމެކުރީގަ ތިބޭމީހުން!

  29. ހަސަނުގެ ފަރޭ

    ހަށިގަނޑުގެ ގުނަވަނެއްގައި އިންފެކްޝަނެއް އުފެދިއްޖެނަމަ ރަނގަޅު ކުރުމަށް އެންޓިބަޔޯޓިކް ބޭނުން ކުރަންޖެހެއެވެ. އެވަރުންވެސް ރަނގަޅު ނުވެއްޖެ ނަމަ އެގުނަވަނެއް ހަށިގަނޑާ ވަކިކޮށްލަންވެސް ޖެހެއެވެ. ހަމަ އެފަދައިން ސަރުކާރުތެރޭ ހުރެގެން ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރަންޏާ އެކުރާބަޔަކު ވަކިކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ. އެވަރު ނޭނގެންޏާ ވަޒީފާތަކަށް ނުނިކުމެ ގޭގަ މަޑުކުރާށެވެ. ތިޔަބަޔަކު މުމުތަމައު ތެރެއަށް ނިކުންނަށް ތަސައްރަފު ނުފުދެއެވެ.