ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ތިބީ ލޯނުތަކާއި ބިލްތައް ނުދެއްކިފައި ކަމަށާއި ގައުމު މިހާރު އޮތް ހާލަތުން އެހެން ހާލަތަކަށް ގެންދަން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ހިދުމަތް ބޭނުންވާ ކަމަށާއި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އިގްބާލް އާދަމް މިރޭ ވިދާޅުވެއްޖެއެވެ.

ޖޭޕީން އެ ޕާޓީގެ އޮފީސް އަދި ޖަގަހަ، މ. ކުނޫޒުގައި ބޭއްވި "ކާމިޔާބުގެ ސައްލާ، ފަށަމާ ހޭވައްލާ" ޖަލްސާގައި ވާހަކަ ދައްކަވަމުން އިގްބާލް ވިދާޅުވީ ގާސިމް ވަރަށް ހަގު އުމުރުގައި ވަރަށް މިންނެއް މަސައްކަތުން މި ގައުމަށް ތަފާތު އެކިއެކި ދާއިރާތަކުން ގިނަ ގުނަ ހިދުމަތްތަކެއް ކޮށް ދެއްވަމުން ގެންދެވީ އެތައް އަނިޔާތަކަކާއި އެތައް ވޭންތަކެއް ތަހަންމަލް ކުރެއްވި ހާލުގައި ކަމަށެވެ.

އަދި 1984 ވަނަ އަހަރުން ފެށިގެން އިސްލާހީ މަސައްކަތް ގާސިމް ފައްޓަވައި އަދިވެސް ދުލެއް ނުދެއްވާ ހުންނެވީ މި ގައުމުގެ ރައްޔިތުން ދެކެ ނުހަނު ލޯބިވާތީ ކަމަށް އިގްބާލް ވިދާޅުވިއެވެ.

އިގްބާލް ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދާއި އިޖުތިމާއީ އަދާލަތެއް ދިވެހިންގެ އަތުގައި މިހާރު ނެތެވެ. އެކަންކަން އިސްލާހުކޮށް ދިނުމުގައި ބޭނުންވަނީ އޯގާތެރިކަމާއި އިހްސާންތެރިކަމާއި އަދުލުވެރިކަމާއި ކުލުނުވެރިކަމާ އެކީގައި ވަޑައިގަންނަވާ ހިލްމުވެރި، އިލްމުވެރި ތަޖުރިބާކާރު ބޭފުޅެއް ކަމަށާއި އެއީ އިލްމުވެރިންނާއި ޑޮކްޓަރުންނާއި ނަރުހުން ފަދަ މީހުން އުފެއްދެވި ގާސިމް ކަމަށް ވެސް އިގްބާލް ވިދާޅުވިއެވެ.

އިގްބާލް ވިދާޅުވީ ރާއްޖޭގެ އިޖުތިމާއީ ހާލަތު އޮތީ ވަރަށް ދަށް ހާލަތެއްގައި ކަމަށެވެ. އެގޮތުން ލިވާތު ކުރުމާއި ޒިނޭ ކުރުމާއި މަސްތުވާތަކެތި ފަދަ ކަންކަން އާންމުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ގާނޫނުތައް ހެދިފައި ހުއްޓަސް، ތަންފީޒުވަމުންދާ ތަން ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ގާސިމް ނުކުންނެވީ އެ ހުރިހާ މައްސަލަތަކެއް ހައްލުކޮށް ދިނުމަށް ކަމަށް ވެސް އިގްބާލް ވިދާޅުވިއެވެ.

އިގްބާލް ވިދާޅުވި ގޮތުގައި ދިވެހިންގެ ތެރޭގައި ކަރަންޓާއި ފެން ބިލާއި ފޯން ބިލާއި ލޯންތައް ނުދެއްކިފައި %99 ރައްޔިތުންނެއް އެބަތިބިއެވެ. ގައުމަށް ލިބޭ އާމްދަނީން، އެ ނަފާ ރައްޔިތުންނަށް ފޯރުނުކޮށްދެވުމުގެ ނަތީޖާއަކީ މުޅި ގައުމު ދަރަނިވެރިވުން ކަމަށް އިގްބާލް ވިދާޅުވިއެވެ.

އަދި މިހާރުގެ ހާލަތަށް ބަލާއިރު، ރާއްޖެ ވަނީ އެތައް ބިލިއަން ޑޮލަރަކުން ދަރާފައި ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖެ ރަނގަޅު މިސްރާބަކަށް ނުގެންދެވޭ ކަމަށްވާ ނަމަ، 2025 ވަނަ އަހަރާ ހަމައަށް ދާ އިރު، ގައުމު ބަނގުރޫޓުވުމަކީ ވަރަށް ގާތް ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ، އަޅުގަނޑުމެން އެންމެން އެއްބައި ކިއާފައި ޖޯޝާއި ފޯރިއާ އެކީގައި މަސައްކަތްކޮށްގެން އޮނަރަބަލް ގާސިމް އިބްރާހިމް ރާއްޖޭގެ ޒައާމަތާ ހަވާލުވެވަޑައިގެން އެމަނިކުފާނުގެ ހިދުމަތް އަޅުގަނޑުމެން ގައުމަށް ބޭނުންވާތީ މި މަސައްކަތުގައި އަޅުގަނޑުމެން މިރޭ މި ފަށައިގަތީ،" އިގްބާލް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

43 ކޮމެންޓް

  1. ކައިދާ

    ގާސިން ހައްލަކަށް ވާނީ ކިހިނެއް މުވައްޒަފުންގެ ސަރވިސް ޗާރޖް ކޮޅު ނުދޭ މީހެއް.

    33
    1
    • ޑޯދި

      އިގްބާލް ކަލޭ ތީ 2018 ޔާމީން ފެލްކޮށް ލަން ޕޕމ ގަ ގޯސް ހެދި އެކަކު ...

  2. ޒުހްރާ ތިއްތަ

    ލޮލް ! މުވައްޒަފުންނަށް ކޮވިޑްގައި މުސާރަ ނުދިން މީހެއް ތީ

    33
    1
  3. ގާސިމް

    ފުރަތަމަ މުއައްޒަފުންގެ ހައްގުތައް އަދާކުރޭ
    ހައްލަކީ އިބޫ 2023 އިންސާﷲ

    14
    14
  4. އަލީ

    މަށަށް ދެރައީ ތި %99 ތެރޭ ހިމެނޭ މީހަކު ވެރިކަމަށް ކުރިމަރިލީމަ.

    20
  5. Anonymous

    ޤާސިމް ސޭޓް މިހާރު ހުރިހާ ކުދި ވިޔަފާރިޔެއްވެސް ކުރޭ ބިލެއް އަރިޔާއި ހެދިކާ ވެސް ވިއްކާ އެހެންވީމާ ލޯނާއި ބިލް ދެއްކޭނެ !

    17
    1
  6. Anonymous

    މިހާރު މިހިގާ ވެރި ކަމަކީވެސް ތިހުރިހާ ކަމެއް ހައްލުކުރަން ޤަނޫނުގެ ދިގު އަތާއި މުލައްދަޑި ހިފާއިގެން ޤާސިމް ސޭޓް އިސް ސަފުގައި ހުރެ ގެނައި ސަރުކާރެއް ނުންތޯ ކަންކަން ހައްލު ނުވެ ގޯހުން ގޯހަށް ދަނީ ކީއްވެތޯ ؟ ވަކި މީހަކު ކޮން މަޤާމެއްގައި ނެތިގެންތޯ ؟

    23
  7. އަލްޖިބްރާ

    ތިޔަ ބުރުމާ މިޤައުމުގެ ވެރިކަމަށް ސަވާރުވެއްޖެނަމަ އޭނާގެ އިތުރު ރެސޯރޓް ތަށް ތަރައްޤީ ކުރުމަށް ރައްޔިތުންގެ ހުރިހާފައިސާއެއް އޭނާގެ ޖީބަށް ކަހާލާނެ ! ދިވެހިންނަށް ކުރާނެ އެއްވެސް މަންފާ އެއް ނޯންނާނެ !

    23
    1
  8. ވާނުވާ.

    މިހާރުވެސް އެތައް ރަށަކާއި އެތައްބިމެއް ނަންގަވައިގެން ވިޔަފާރީގައި އުޅުއްވާއިރު ނޫންތޯ އެތައްބަޔަކު އެހާލުގައި އެ ތިބީ. ސަހަލުނެތް އެކަކުވެސް. ކިރިޔާވެސް އިޚްލާޞްތެރި ހަރުދަނާ މީހަކަށް ފެންނަނީ އުމަރު ނަސީރު

    17
    1
  9. ކާފަބޭ2020

    ސަރުކާރުގެ ބަޖެޓުންހަތަރުއަނބިންނަށްކުރަންޖެހޭޚަރަދާއި އެބައިމީހުންގެސަލާމަތާރައްކާތެރިކަމަށްކުރަންޖެހޭޚަރަދުއަދި ޚާއްޞަބޭސްފަރުވާގެކަންތައް އެތައްގުނައެއްއިތުރުވެގެންދާނެ! ޚަރަދުތައްހަމަޖައްސަން އަނެއްކާވެސް އެކިނަންނަމުގައި ރައިއްޔަތުންފެލުންނޫންކަމެއްނުކުރެވޭނެ! ޒީރޯޒީރޯޓޮލަރެންސަށް ބަދަލުވެ ޚަޒާނާގައިހުރިބާގަނޑުއިތުރަށްއިތުރަށްބޮޑުވާނެ!

    20
    1
  10. މުހައްމަދު

    ގައުމު މިހާ ލަތައް ގެންދިޔައީ ގާސިމް މެންގެ އަމިއްލަ ފައިދާ ޔައް ދެން ކޮންވާހަކައެއް ކަލޭމެން ތިޔަ ދައްކާ ވާހަކައިގެ އެއްވެސް ބުރަދަނެއް ނެތް
    ސިޔާސީ މީހުން ހީކުރަނީ މިރާއްޖޭގެ ރައްޔިތުންނަކީ ގަމާރުންކަމައް ، ފުރަތަމަ ތިމާގެ މުވައްޒަފުންގެ ހައްގުތަށް ދީބަލަ ވެރިކަމާ ހުރެ ހޭބޅި ނުވެ

    18
  11. ހެހެހެ…ސަބަބަކީވެސް ގާސިމް…

    13
  12. ޢަހޫ

    ޅަދުކޮބާތޯ ފުރަތަމަ ސްޓާފުންގެ ހައްގު އަދާކޮއްބަލަ.

    18
  13. ޞޖ

    ތީ އަމިއްލަ އެދުމުން ފޯވެފަ ހުރި މީހެއް. ކޮވިޑްގއަިވެސް މުއަްޒަފުން ނޮކަމެތި ކޮށްލި އަނިޔާވެރިއެއް.

    20
  14. ގައުމުދެކެ ލޯބިވާ

    ގާސިމަށް އާދެވުނީމަ ހުރިހާ އެންމެންގެ ލޯނު ދައްކައި ނިންމަނީ ތޯއްޗެއް.ނޫނީ ހުރިހާ ލޯނެއް މާފްކުރަނީ ތޯއްޗެއް.

    12
    3
  15. ލައުރާ

    ގާސިމު ރޮއެ ހޭރިގެން ގެނައި ސަރުކާރުގެ ދުއްޕާން މިއީ. މިދައުރުގަ ސަރުކާރުން އޭނާއަށް އެކި ގޮތްގޮތުން 400 މިލިއަން ދީފި. ދިވެހިންގެ ފަޅުތައް ދީފި. ރައްޔިތުންނަށް ލިބުނީ 107 ބިލިއަންގެ ދަރަނި ފުންޏެއް. މިއީ ހަމަ ގާސިމު މެން އަހަރުމެންނަށް ޖެއްސި ހާލު

    20
  16. ލުޓޭރުންގެ ސަރުކާރު

    ގާސިމު ދައްކަންހުރި ލޯނާ ދަރަނި ދައްކާނިމުނީތަ. ރައްޔިތުންގެ ދަރަނި ފިލުވޭނީ ގާސިމުގެ އަމިއްލަ ދަރަނި ޙަލާސްކޮއްފައެއްނު..ރައްޔިތުން ދަރުވާފަ ގާސިމު މުއްސަދިވެގެންހުރެ ރައްޔިތުންގެ ދަރަނީގެ ވާހަކަ ނުދައްކާ...

    15
  17. Anonymous

    އަހަންނައް ހީވަނީ އޭނާ ވެރިކަމައް އަރައިފިއްޔާ ނުކައި ބަނޑަންހެން ތިބެންޖެހޭނީ ، ފުރަތަމަ އޭނަގެ މުވައްޒަފުންނައް ރަނގަޅުވޭ އޭގެ ފަހުގަ ރައްޔިތުންނާ ދޭތެރޭ ވިސްނަން ހިޔާރު ކުރާނީވެސް ، ތިބޭފުޅުން ޕޯޑިއަމް ތަކައްއަރާ ތިޔަހެން ބުނެދާނެ ލާރިކޮޅެއްގެ ބޭނުމުގަ.

    16
  18. އަލީ

    ގާސިމް އަށް ކިހިނެއް ވެރިކަން ހަވާލު ކުރާނި އަމިއްލަ މުއައްޒިފުންގެ މުސާރަ ނުދެވޭ މީހެއް ކިހިނެތް އަހަރުމެން ރައްޔިތުން ކަންތައްތައް ބަލަހައްޓަން މިކަހަލަ މީހަކަށް ހަވާލު ކުރާނީ ސޮރީއޭ ބުނާނި.

    16
  19. ޒާ

    ކޮވިޑްގާ ގާސިމްގެ ރިސޯޓްތަކާއި ވަޒީފާތަކުގާ ތިބިމީހުންނަށް ސަތޭކަ ރިފިޔާދީ ގެޔަށް ފޮނުވާލި ހަނދާން ތި އިގުބާލަށް ނޭނގޭދޯ ތިވާހަކަ ރައްޔިތުންނަށް ތިގޮތަށް ކިޔައިދެނީ.؟

    16
  20. މޮހޮރު

    އިޤުބާލަށް ތިހިރީ ރަނގަޅައްވެސް ހައްލު އެނގިފަ ބަލަ ގާސިމު ދައުލަތައް ދައްކަންޖެހޭ ޓެކުސް ތަކާ އެކިއެކި ކުލިތަކާ ޖޫރިމަނާތަށް ދައްކަބަލަ ހައްލުފެންނާނެ

    16
    1
  21. ޥެރިކަމާ

    ކޮވިޑް އައިސް ހާލުގަ ޖެހުނު މުވައްޒަފުންނަށް ހެދި ގޮތް ފެނިފަ ޙައްލަކީ ގާސިމް ކަމަކަށް ނުފެނޭ

    15
  22. ކަތީބް

    އިގުބާލޫ މަގޭވެސް މިއުޅިނީ ބޮޑު ލޯނެތް ނަގައިގެ އޭގެން ސަލާމަތް ނުވެވިގެން އަޅެ މަގޭ ލޯނުވެސް ދަށްކާލަ ދެއްޗޭ...

    11
  23. ޖަޒީރާމަނިކު

    އެ %99 ގެ ތެރޭގައި އެންމެފުރަތަމަ ހިމެނެނީ ގާސިމް. ގާސިމްގެ މުއައްޒަފުންނަށް މުސާރަކޮޅުވެސް ހަމައަށް މަހުންމަހަށްނުދެވޭ. އިގްބާލު މެންނަށް މިހިރަ މިހިރަ ކަންތައް ނޭގި ޕޯޑިއަމަށްއަރާ ހުސްއަނގަ ތެޅިއަސް ރައްއިތުން ތިޔަހަރަ ކަންތައް ފިސާރި ރަނގަޅަށް ދަނެއު.

    15
  24. އާލިމް

    ތިޔަ ބުރުމާ ޤާސިމް ރައީސް ކަމަށް ހޮވިއްޖެއްޔާ ހުވާކުރާ ދުވަހުނޫން އެނެއްދުވަހު އިސްތިއުފާދޭނެކަން ޔަގީން..އިގުބާލޫ އެބޭކައިރީ ބުނެބަލަ ލިބުނު މުއްސަނދި ކަމުގެ އަނބިން ތަކާއި،ދަރިންތައް ގޮވައިގެން ރީއްޗަށް ގޭގަ އޮވެބަލާށޭ...ރައްޔިތުންނަށް މާހެޔޮމީހަކަށް ހެދިގެން އުޅޭނި ކަމެއްނެތޭ..ކޮވިޑް ތެރޭގަ ތީނަގެ ހެޔޮކަން އޭނަގަ ރިސޯޓް ކުދިންނަށާއި ރަށްޔިތުން އެކަން ވަރަށް ރަނގަޅަށް އެނގިފަޔެހުރީ..އިތުރަށް ރައްޔިތުން ވާ ވަށްދަން އުޅޭނިކަމެއްނެތް..ވަރަށް ސަލާމް އިގުބާލޫ...

    12
    1
  25. އަލިބެ.

    މަށަށް ފެންނަ ފެނުމުގައި ގާސިމްގެ މުވައްޒަފުންގެ ސާވިސްޗާޖް ކޮޅު ހަމައަށް ނުދެވޭ މީހަކަށް އެހެން ރައްޔިތަކަށް ކޮށްދެވޭނީ ކޮންކަމެއް!

    16
    1
  26. ހައިރާން

    ރާއްޖޭގައި އުފެދުނު ފާސިގުންގެ ތެރޭގައި ހިމެނޭ ފާސިގަކަށް ރައްޔިތުން ވެރިކަން ދޭކަށް ބޭނުމެއް ނުވާނެ. އެއީ ޔަގީންކަމެއް.

    14
    1
  27. ޙޯރަ

    ޢަސްލުވެސްތަ؟
    މަނިކުފާނުގެ ނަންފުޅު އލނގރ ލިސްޓުގަ އޮތް. ޤާސިމު ނަން އޮތީ ޓެކްސް ނިދައްކާ މީހުންގެ ލިސްޓުގައި. ޤާސިމަށް ދަންނަވައިގެން މިކަމުގެ ދޮގުތެދު ބައްލަވާފަ ހައްލުކޮށްދީބަލަ.

    14
  28. ހުސެން.

    ތި %99 ތެރޭ ހިމެނޭ ފުރަތަމަ މީހާ ވެރިކަމަށް ކުރިމަރިލީމަ ރައިޔަތުމީހާގެ ޖީބަށް ބުރަވާނީ.

    10
  29. އަވަށުމީހުން

    ގެނޭ ލޯނެއް ފޯމް ކޮޅެއް ފުރާފައި ފޮނުވާލަދީފާނަން..

  30. Anonymous

    ވޯޓްފޯ އުމަރު

    1
    3
  31. ނުރަބޯ

    ރާއްޖޭގަ އޮތްހާ ފަޅަކާ ފަޅުރަށެއް ބައްކޮށްގެން ސަރުކާރަށް ކުލި ނުދައްކާ އުޅޭ މީހެއްތީ.

  32. ބުރުމާ

    ގައުމުގެ ހަރުމުދާ ފެލާމީހެއް....
    މިހާރުވެސް އޮތީ 2ވަނަ ބުރަށް ދިޔައީޔާ ތާއީދު ކުރާނަމޭ ކިޔާފައި، ތިލަފުށިން ބައެއް ނަގައިގެން..
    ޓެކުސް ދައްކަނީކީ ނޫން
    ވޯޓް ނުދޭތި

  33. މަންޖެ

    ކޮބާ 11 މަހުގެ ސާވިސްޗަރޖް؟؟؟ މަސައްކަތް ކޮއް ފައިސާނުދިނުމުން ކޮންލޯނެއް ދެއްކޭނީ؟؟؟ ސާވިސްޗަރޖް އެއީ ވަގުތުން ވަގުތަށް ލިބޭއެއްޗެއް އެވެސް ނުދީގެން މިއުޅެނީ

  34. ކަރުކެހި

    ލޯނުތަކާއި ބިލްތައްދެއްކޭވަރުގެ މުސާރަ މުއައްސަސާތަކުން ދީބަލަގަ އޭރުން ތިޔަކަންތައް ހައްލުވެދާނެ މުސާރައިގެ ގޮތުގާ 4500ރުފިޔާ ލިބޭ މީހުންގެމުސާރަ 7000 ރުފިޔާއަށް ބޮޑުލޮއްލަދެއްވާ އެއަށްފަހު ވޯޓުވާހަކަ ދައްކަމާ

  35. ސޯލޭ

    އެހެންތަ ގާސިމު އަރާފަ ބަހާނީތަ ނޫނީ ގާސިމު ދައުލަތުގެ މުދާތައް ބައްކުރާނީތަ ރަނގަޅައް ގާސިމު ފެލާލާތި މިފަގަރު

  36. އލނއމ

    ޤާސިމް ކޮންމެ މަހެއްގެ ބިލްތަކާ ލޯންތައް ދައްކައިދެނީތަ ވެރިކަމަށް އައިސްފަ؟

  37. އާދަނު

    ދެން ޤާސިމު އެހުންނެވީ ސަރުކާރަށް ދައްކަންޖެހޭ ލޯނުތައް ޚަލާޞްކޮށްގެން ދޯ؟

  38. އިސްޢާފް ސަލީމް

    ޤާސިމަށް ވާނޭގޮތެއް އެހާ ސާފެއްނޫން! އެކަމަކު ޞާލިޙް ފުލުންދާނޭކަމަށް މި ބަލަނީ އިންޝާއަﷲ

  39. ބަރުގޮނު

    ޤަވްމުގެ ހުރިހާ ދަތިކަންކަމުގެ ޙައްލަކީ ޤާސިމޭ މިބުނަނީ ކޮންމިންގަޑަކުން މިންއަޅާފައި. ކޮން ކަހަލަ ކައްޓާއަކުން ކިރާފައި.

  40. ސައްޕު

    ލޯނުތަކާއި ބިލްތައް ގާސިމް ދައްކަދެނީތަ؟ އެހެންވިއްޔާ ވޯޓުދޭންވީ. ލޯނުތަކާއި ބިލުތައް ގާސިމް ދައްކަ ނުދީފިނަމަ ކިހިނެއް ހަދަންވީ އިގްބާލް ބުނެބަލަ.

  41. އަބްދޫ

    ގާސިމް ވެރިކަމަށް އައިސްފިނަމަ ރާއްޖޭގަ ހުރި ހުރިހާ ފަޅުރަށަކާއި ހުރިހާފަޅަކާއި ގާސިމްގެ އިންވެސްސްޓް މަންޓް ކަމުގަ ކަނޑައަޅާފާނެ. މިހާރުވެސް އަމިއްލަ ވިޔަފާރިއާއި ސިޔާސީ ހަރަކާތް ހިންގަނީ ފަޅުރަށާއި ފަޅާއި ދަވްލަތުގެ އެސެޓް މޯގޭޖްކޮށް ފައިސާ ހޯދައިގެން ، މިވަރުގެ މީހަކު ގައުމުގެ ވެރިކަމަށް ގެންނަން ހެޔޮނުވާނެ. ކާޑެއްދޫ އެއާޕޯޓް ތަރައްގީކުރުމުގެ ނަމުގަ އެތަންނަގާފަ އޮންނަތާ ކިތައް އަހަރު ކޮންކަމެއްކުރީ ގޮސް ބަލާލަދެއްވާ އެންމެ ފުރަތަމަ އެއާޕޯޓް ފެށިއިރު ހުރިގޮތަށް އަދިވެސް އެހުރީ .

  42. އާދަމް ޤައުމު

    ކުރިއަށް އޮތް 100 އަހަރުވެސް ދިވެހި ރައްޔިތުން ތިބޭ ލޯނު ހިލިހިލާގައި ބަނދެވިފައި. މިއަދު އެ ދަނީ އަދުގެ ކިޔަވާ ކުދިން ލޯނު މަޅިއަށް ފައްތަމުން