ޖަލު ޙުކުމެއް ތަންފީޒު ކުރަމުން ގެންދާ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމަށް ފަރުވާ ދިނުމަށް މާލެ އިން ސްޕެޝަލިސްޓް ޑޮކްޓަރަކު މިއަދު މާފުއްޓަށް ގެންގޮސްފި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މާފުށީ ޖަލުގައި ހުންނެވި މައުމޫނަށް ފަރުވާ ދިނުމަށް މިއަދު ޑޮކްޓަރަކު ގެންދިޔައީ މިއަދު މައުމޫން ބެއްލެވި ޑޮކްޓަރު މައުމޫން މާލެ ގެންދަން ލަފާދެއްވާފައި ވަނިކޮށް ކަމަށް މައުމޫންގެ ގާތް ބޭފުޅަކު ވިދާޅުވިއެވެ.

މައުމޫންގެ ގާތް ބޭފުޅަކު ވިދާޅުވީ މައުމޫނަށް ދިމާވި ސިއްހީ މައްސަލައިގެ މައުލޫމާތު ކަރެކްޝަނަލް ސާވިސް އިން އާއިލާ އާއި ހިއްސާ ކުރައްވާފައިވާ ނުވާ ކަމަށާއި ނަމަވެސް މައުމޫންގެ ސިއްހީ ހާލުކޮޅު ދައްވުމުން މާލެ ގެންދަން މިއަދު މާފުށީ ޖަލުގައި ހުންނަ ޑޮކްޓަރު ލަފާދެއްވި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

މައުމޫނަށް ފަރުވާ ދިނުމަށް ޑޮކްޓަރަކު ގެންގޮސްފައިވާތޯ އާއި އެމަނިކުފާނުގެ ސިއްހީ ހާލުކޮޅުގެ މައުލޫމާތު ސާފުކުރަން "ވަގުތު" އިން ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބު ދެއްވާފައި ނުވާތީ އެއިދާރާގެ ބަހެއް ނުލިބުނެވެ.

ޑޮކްޓަރުން މީގެ ކުރިން ވަނީ މައުމޫން ކަނޑުދަތުރު ކުރުން މަނާކޮށްފައި ކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޙަމެ

    މޑޕ އިން ބޭނުން ވަގޮތް ތިހަދަނީ. ޢެމީހުން ވެސް ބެޭނުންވާނީ މައުމޫން އައް ދެވުނު އަނިޔަ އެއްދީ މަރާލަން
    ޢެކަމްރައީސް ޔާމީން ވަރައްލޯބިވަ ބޭބޭ ފުޅެއްކަމުން އިތުރައް ކަމެއް ގޯސްވިޔަނުދީ އެކަމައް ހާއްސަ ޑޮކްޓަރ އިން ފޮނުވައިގެންވިޔަސް ފަރުވަ ކުރަމުން ދަނީ.

    • އަސުރުމާ

      އޯ ހާދަ ރަގަޅެ ޔާމިން އުމުރުން 80 އަހަރު ގުނަމުން ދާއިރު ކުޑަގޮޅީގަ ދޮއްތޯ ވ ޅޯބިވޭ ޔާމިން

  2. ހަމްދު

    އިންޝާﷲ ކޮންކަހަޅަހިތެއްތޯއޭ އާއިޅާބޭފުޅުންއޮތީ ހިޅެހިތެއްތޯ

  3. ާަަމަނިކު

    މައްސަލައެއްނޫންއެއީކީ އަވަހައްހިދުމައްދިނުންމުހިންމީ
    މިހާރުއާއިލާއައްވެސްއިހުސާސްކުރެވޭނެ ވެރިކަމުގެދުވަސްވަރުކަންކުރިގޮއް

  4. ކަމަނަ މުހައްމަދު

    މާލެ ގެންނާނެ ކަމެއް ނެތް. ތީ ބޮޑު ޚާއިނެއް.

  5. އަޙްމަދް

    ތި ހިއްވަރުގަދަ މީހާ އަނބުރާ ޖަލަށް ގެންދަން ކޮމެވެސް ހާނދާން ބަހައްޓަވާތި!
    ނޫނީ ތިމީހާގެ ހިއްވަރު އަނެއްކާވެސަ ދައްކާލަފާނެ.

  6. މޮންޓް

    30 އަހަރުވަންދެން ރައްޔިތުންނަށް އަނިޔާކުރިމީހެއް ސަރީއަތަކާނުލައި އަނިޔާކުރި! މިހާރު ހުކުމް އިއްވަނީ ކުއްކުރީމައި ކުއްސާބިތވުމުން ކޯޓުން ދެން އަނިޔާވެރީ ކާކު!

  7. މާލިމީ

    މިއީ ދެއްތޯ ގޮޅާބޯ އަކީ؟