އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި އައްޑޫ ސިޓީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް %75 ވޯޓު ހޯއްދަވައި ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) މިއަދު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގެ 194 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް މަރަދޫގައި ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ މިއަދަކީ ރައީސަކަށް އައްޑޫ އަތޮޅުގެ ރައްޔިތުން ދުވަހަކު ވެސް ނުދަންނަވާ ވަރުގެ ހޫނު މަރުހަބާއެއް ކީ ދުވަސް ކަމަށާއި އައްޑޫ ރައްޔިތުންނަށް ސާބަސް ދަންނަވާ ކަމަށެވެ.
ޝަރީފް ވިދާޅުވި ގޮތުގައި އައްޑޫ ރައްޔިތުންގެ މުސްތަގްބަލް ރައީސް ވަނީ ކަށަވަރުކޮށް އުޖާލާކޮށް ދެއްވައިފައެވެ. އައްޑޫގެ ރައްޔިތުން ބައި ގަރުނު ވަންދެން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހައްދަވައި ދެއްވާފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
"ސާބަހޭ އިއްޒަތްތެރި ރައީސް، އިބްރާހިމް މުހައްމަދު ސޯލިހް،" ރައީސް ސޯލިހާއި ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާއި ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ވަރަށް ފޯރި އާއި ޖޯޝްގައި ހުންނަވައި ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވި ގޮތުގައި ރައީސް ސޯލިހް އަބަދުވެސް ވިދާޅުވާ އެއް ވާހަކައަކީ އައްޑޫ ތަރައްގީ ނުވެ، ރާއްޖެ ތަރައްގީ ނުވާނެ ވާހަކައެވެ. ވޭތުވެދިޔަ 50 އަހަރު ދުވަހުގެ ތެރޭގައި އައްޑޫގައި ކަޑަ ޖަހާލާ ތަނުން މަޝްރޫއުތައް ހުއްޓޭ ކަން ފާހަގަ ކުރައްވައި ޝަރީފް ވިދާޅުވީ މިއަދު "ބޮޑު ހޮޅި" ފެނުމުން ރައްޔިތުން އުންމީދު އާވެފައިވާ ކަމަށެވެ.
"ރާއްޖޭގެ ރައްޔިތުން ގަބޫލުކޮށްފި، ވަކިން ހާއްސަކޮށް އައްޑޫގެ ރައްޔިތުން ގަބޫލުކޮށްފި މަނިކުފާނަކީ (ރައީސް) އައްޑޫ ސިޓީގެ ވެސް އަދި މުޅި ރާއްޖޭގެ ތަރައްގީގެ ބާނީއޭ، ތަރައްގީގެ ބައްޕައޭ،" ވޭތުވެދިޔަ 50 އަހަރު ވެސް ރައީސް ސޯލިހް ކުރެއްވި ފަދަ ވެރިކަމެއް ނުކުރައްވާ ކަން ފާހަގަ ކުރައްވައި ޝާރީފް ވިދާޅުވިއެވެ.
ޝަރީފްގެ ވާހަކައިގައި ވަނީ އައްޑޫގެ ތަރައްގީ އަށް އިންޑިއާ ސަރުކާރުން ދެމުން އަންނަ އެހީތެރިކަމަށް ޝުކުރު ދަންނަވައިފައެވެ. އަދި މިހާރު ކުރިއަށްދާ މަޝްރޫއުތައް ނިމުމުން އައްޑޫ ސިޓީގައި 7،000 ޓޫރިސްޓު އެނދު އޮޕަރޭޓް ވެގެންދާނެތީ އެކަމަށްޓަކައި ޝަރީފް ވަނީ ޝުކުރު ދަންނަވައިފައެވެ.
ޝަރީފް ވިދާޅުވީ ދެވަނަ ދައުރެއްގައި މަރަދޫގައި 3،000 ޓަނުގެ މަސް ފެކްޓަރީ ހައްދަވައި ދެއްވާނެ ކަމުގެ ޔަގީންކަމާއި 300 ހައުސިން ޔުނިޓް އަޅުއްވައި ދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެން އަޒުމް ކަނޑައަޅައިގެން މިތިބީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެންމެ މަދުވެގެން %75 ތާއީދު، ވޯޓު ދޭނަން. ޝައްކެއް ކުރައްވާނެ ކަމެއް ނެތް،" އައްޑޫގައި ރައީސް ސޯލިހަށް އޮތް ތާއީދު އުތުރި އަރަމުން އަންނަ ކަން ފާހަގަ ކުރައްވައި ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވި ގޮތުގައި ކޮވިޑްގެ ދަތި އުނދަގުލާ އެކުގައި ވެސް އެއްވެސް މަޝްރޫއެއް ހުއްޓާނުލައި އެމަނިކުފާނު ކުރިއަށް ގެންދެވި ކަމަށެވެ. އެއީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ކުރިއަށް ވަޑައިގަތުމުގެ އަޒުމްގައި ރައީސް ހުންނެވީމަ، ވީ ގޮތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ އިގްތިސާދު އަނދަވަޅަކަށް ވައްޓާނެ ބަޔަކަށް ވެރިކަމެއް ނުލިބޭނެ ކަމަށާއި އައްޑޫ ރައްޔިތުންނަކީ ވިސްނުންތެރި، ތޫނުފިލި ބައެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އައްޑޫގެ މެޖޯރިޓީ ރައްޔިތުން ތިބޭނީ ރައީސް ސޯލިހް ފަހަތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީ އައްޑޫމީހެއް މަމީ ހަމަޔަގީނުން މަނުދޭނަން ކިބުލަކައް ވޯޓެއް
ސޯލިހަކީ ބާޣި ސިއްކަ އަހުމަދު އިސްމާއިލް މަނިކު ގެ ދަނބިދަރި
ކޮން ބައެއްތޯ މިކަން ހަނދާން ހުރީ
މި ކޮމެންޓް ޖަހަން ކެރޭނެ ބާ ؟
ޝަރީފޫ ތޯތަށްވީވަރަކޮއްލަ ތަހިތުންތަކީއަމީތާބުދީ
މަހުވެއި ތަށްބޯދޭށުން %75 ނިލިބިގޭފެހޭ
ތޯމަބެޑުވަގެން ކޯޓަށް އެއި %75 ލިބިގޭފެހޭ.
ތަދިންތަގުރީރު އަޑައަހާ ތިބީތަގޭ އާއިލީމީހުން
ބޮލެނެރަޖެހީ ކިތައް ދައުރުތަ މަޖިލީހެހިށެ…؟ ތަށްވީކަމަކީކޮބާ ތަގޭރަށައް…؟
ގެޑިލިބިގެން އެންމެކުދުމިނުން ތަގޭވިޔަފާރިހިންގުވާ އެއްކެމި ފިހާރާރަށިއެޑެނެއި…..؟ ލަދަކަސްނިގަނިޔޭދީ
ތި ނޫނީ ނޫޅޭ ދިވެހިކަނޑުން ބައެއް ފައިސާގަނޑަކަށް ވިއްކާ ޗަކޮހެއް. ކިޔަންވީ ކަނޑުއައްޕަ. މާގުޅޭނެ އެނަން.
= ސޯލިހަކީ ތަރައްގީގެ އަމާ
މިއަދު ތި ފެށި މަޝްރޫއިން އިންޑިޔާގެ އަޅުވެތިކަމުގެ ތެރެއަށް އިތުރު ހަރުފަތަކަށް މިޤައުމު ތިދިއައީ. އައްޑޫ ރައްޔިތުންނަކީ އަބަދުވެސް ޤުބޯ ހެއްދޭ ބައެއް.
އިބޫއަކީ ތަރައްގީގެ އައްޕަކަމަށް ޝަރީފުބުންޏެވެ. އެކަމަކު ވިލިމާލެ ބްރިޖްއަޅަންއުޅޭތާ 5 އަހަރުވީއެވެ. އިބޫޫއަކީ ލޯނުނެގުމުގެ އައްޕަ، ކޮރަޕްޝަނުގެ އައްޕައެވެ.
ދިވެހިރާއްްޖެ އަނދަވަލަކަށް ވައްޓާލާފަ ހުރި މީހަކު 2 ވަނަ ދައުރަކަށް ދިވެހިން ނުހޮވާނެ
މިހާރު ރައްޔިތުންނަށް މަންޒަރު ސާފު. ޗޯރު އިބްރާހިމް ފޮށި ތަންމަތި ބަނދެގެން ހުރޭ ،އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ވޯޓޭ ކިޔަން އަނގަ ހުޅުވަން ނުކެރޭވަރު ބައްޔަކުން ބަލިވާނެ.
ޝަރީފު ބެއްޔާމެންނަށް އެގޭ އައްޑޫގެ ރައްޔިތުން ތިބީ ކިހިނެއްކަން. އެކަމަކުވެސް ވެރިން ގޯނިފުލައް ލުމަކީ މި ޝަރީފުގެ ކަށީގައި ހިފާފައިވާ ކަމަކަށްވާތީ ހަމަކޮށްލަނީ... ގުނބޯ ހެއްދުމަށްވެސް މިވަރެއްނެތް.
ޚުދްމުޚްތާރު ވެރިއެއްގެ ނިމުން ނޮވެންބަރު 2023 ގައި އަންނާނެ
22% ލިބޭނެ
ތަރައްގީގެ ބާނީ އެއް ނޫންތަ ؟ ލޮލް
އަހަރެމެން ޑިމޮކްރެޓުން ނުކުމެ ކަލޭމެންގެ ކޮރަޕްޓް ވެރިކަން ޚަތަމް ކުރާނަން
ރާއްޖޭގައި އެންމެ ހަމަޖެހިގެން މަސްބާނަނީ އައްޑޭ މަސްވެރިން އައްޑޫ މަސްކަނޑު ވިއްކާލާފައި އެތަނަށް ޑްރެޖަރެއް ގެނެސްފައި އެކަން އެ މަތިއަޅާލީ. ތަރައްޤީވާނީ އެހައިވަރަށް.
އެހެންވީމާ ކަލޭތީ ދޮންމަންމަ..
އިބޫ އަކީ ތަރައްގީގެ އަންމަ ޔާ ބޮޑައްވައްތަރީ
މިކަލޭގެ ހިންނެއި އބަދަށް ބޮލަށް ބެރަ ވެއްޓިގޮސް. ތިމާއް ލިބޭ މަންފާ ބޮނޑަކަމުން ލަވާ އަޑަ މީ ހުސް. ގޫފާލި
ސަރީފޫ ކަލޭ ތިޔައުޅެނީ މޮޔަވެގެން ތަރަށްގީގެ ބާނީ އެހުރީ ކަލޭގެ ރައީސް ޖަލަށްލާފަ ﷲ ރަހުމަތުން ރ ޔާމީން ޖަލުން ނިކުމެ ވެރިކަމަށް އައިސް މުސްކުޅިބޭ ގައުމަށް ހިޔާނާތްތެރިވި ބޭ ޖަލަށްލާނެ މިއީ ތޯތޯވާހަކައެއްނޫން ކަލޭ ބަލަން ހުންނާތި ވާނުވާ......ދެން
ވަކި މީހަކު ވެރި ކަމަށް ގެނައުމެއް ނޫން މުހިއްމީ! ޢާލަމީ ބަލިމަޑުކަން އައި އިރު އައްނި ވެރިކަމުގައި ހުރިނަމަ ފިލާނެ.ލަންކާ އަށް ވުރެ ނުބައިވީސް/ ރައިށް އިބްރާހިމް ޞާލިޙަކީ ބަސް މަދު ޢަމަލީ ގޮތުން ކަންކަން ދައްކަވާ ރައީސެއް. މިދަތި ކަމުގަވެސް ސިވިލްސަރވިސް އާއި އެމް.އެން.ޔޫ އާއި އެހެނިހެން މުއައްޒަފުން ގެ މުސާރަވަނީ ބޮޑުކޮށްފަ.މިނިމަމް ވޭޖް ގެ ހަމަޖައްސާ ޓޫރިމް ގެ މުއައްޒަފުންނަށް ސާރވިސް ޗާރޖު ވަނީ 90% ބޮޑު ކޮށްފަ . މާޒީ އިން ފިލާވަޅު ޙޯދަންވީ
ޝަރީފު އަށް ދެވޭނީ އާއިލާގެ %70 ނުދޭނަމޭ އެވަރަށް ބުނާ އިރުވެސް މީނާ މިބުނަނީ ލިބޭނެއޭ ތަރައްގީގޭ އަމާ ވިޔަސް ނުދޭނަމޭ އެމީހުން ގެ ބަސް ނާހާ ކޮން ކަހަލަ ކުއްޖެއްތަ
ތަރައްގީގެ މުނިކާފަ. ޙެހެހެ
އެއީ ތަރައްގީގެ ދޮން އައްޕަ
ޑީއާރުޕީ ސަރީފުތަ މީ
އަމާ ދޭނެއި ވޯޓައް ނުން
ސަރީފުގެ ބައްޕަ
ކަޅުދަބަހުގެ ބަފާ ނޫންތަ އެއީ ޗޯރޭ
75% ލިބޭނީ އައްޑޫ މީހުންގެ އަތްބުރިކޮށްގެން ގޮސްވޯޓް އަޅައިގެން!
ކައެ ބައްޕަ އެއީ