ސައުދީ އަރަބިއްޔާ އަށް ކުރެއްވި ދަތުރުފުޅު ވަރަށް ކާމިޔާބު ކަމަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ހާލަތާއި އަދި ހިނގަމުންދާ ކަންތައްްތަށް ބޭރުގެ ގައުމުތަކަށް ހިއްސާ ކުރަން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހާއްސަ މަންދޫބެއްގެ ގޮތުގައި ސައުދީއަށް ވަޑައިގެންނެވީ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީއެވެ.
މިއަދު ހެނދުނު މިނިސްޓަރު ޝައިނީ ރާއްޖެ ވަޑައިގެންފައިވާއިރު އެ ދަތުރުފުޅާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ، ސައުދީ ދަތުރަކީ ވަރަށް ކާމިޔާބު ދަތުރެއް ކަމަށާއި އެގޮތުން މުހިންމު ބައްދަލުވުންތަކެއް ވެސް މި ދަތުރުގައި ބޭއްވުނު ކަމަށެވެ.
Returned this morning after a very successful trip to Saudi Arabia. Had very productive meetings. Alhamdhu Lillahi. U will see 👉🏻
— Mohamed Shainee (@mshainee) February 10, 2018
ރައީސް ޔާމީން މަންދޫބުން ފޮނުއްވެވީ ސައުދީގެ އިތުރުން، ޗައިނާ އާއި އިންޑިއާއަށެވެ.
ރައީސް ޔާމީން ރޭ ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ވިދާޅުވީ، އދ. ގެ ރަސްމީ އެޖެންޑާގެ ތެރެއަށް ރާއްޖޭގެ މައްސަލަ ވައްދަން ރެއާ ހަމައަށް ވެސް މަޝްވަރާ ކުރި ކަމަށާއި އެކަމުގައި ރާއްޖެ ދިފާއު ކޮށްދިނީ ރަޝިޔާއާއި ޗައިނާ އާއި ސައުދީ އަރަބިއްޔާއިން ކަމަށެވެ. އެ ގައުމުތަކަކީ ރާއްޖޭގެ އެންމެ ގާތް އެކުވެރިންގެ ގޮތުގައި ރައީސް ރޭ ސިފަ ކުރެއްވި އެވެ.
ސުޕްރީމް ކޯޓުން ފެބްރުއަރީ 01 ގައި ނެރުނު އާދަޔާއި ހިލާފު އަމުރާއި ގުޅިގެން ސިޔާސީ ހަނލަބޮލިކަން އިތުރު ވެފައި ވަނިކޮށް ސުޕްރީމް ކޯޓުން ވަނީ އެއަމުރަށް މިހާރު ބަދަލު ގެނެސްފައެވެ. ރައީސުލްޖުމްހޫރިއްޔާ މިހާރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ އިންޑިއާ ސިފައިން ރާއްޖެ ފޮނުވަން ބާރުއަޅާ ބޮޑު ކެމްޕޭނެއް ކުރިއަށް ގެންދަވަމުންނެވެ.
އަނެއްކާ މިނިކަމެތި ރައިޔަތުން ގެހާލުބަދަލުވާނީ ޔަމަނުގެ ރައިޔަތުންނަށް ދިމާވިގޮތަށް ބާ؟ އެފަދަހާލަތެއްމެދުވެރިނުކުރަށްވާ ދޭވެ. އާމީން.
ރަޝިއާގެ ރައީސް ޕޫޓިން އަށާއި، ސައުދީ ރަސްގެ ފާނާއި ޗައިނާގެ އިސް ވެރިންނަށް އައްސަރިބަހާ ސާބަސް ރައްދު ކުރަން. ރާއްޖެ ވަޑައިގެންފިނަމަ ރަނގަޅު ފަރިވަޅެއް ދޭނަން.
ހައް ހައް ހައް ހައް .......