އަންނަ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު "ދިރި ހުރިހާ ހިނދަކު" ވާދަކުރައްވާނެ ކަމަށާއި ވާދަނުކުރައްވާނެ ހަމައެކަނި ހާލަތަކީ ދުނިޔޭގައި ނެތުން ކަމަށް ގާސިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

ގާސިމް، ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމާ މެދުގައި ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ. އަދި ފަހު ވަގުތު، ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވައި އެހެން ކެންޑިޑޭޓަކަށް ގާސިމް ތާއީދު ކުރައްވަފާނެ ކަމަށް ވެސް ބައެއް ފަރާތުން ދެކެއެވެ. އެކަމަކު، އެ ހުރިހާ ކުށް ހީތަކަށް އިލްހާމް ވަނީ ޖަވާބު ދެއްވައިފައެވެ.

ޖޭޕީގެ ރިޔާސީ ޓިކެޓު އެރުވުމަށް މާދަމާރޭ ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާއަށް ވަމުން އަންނަ ތައްޔާރީތަކާ ބެހޭ ގޮތުން އެ ޕާޓީގެ މައި ޖަގަހަ، އަދި އޮފީސް މ. ކުނޫޒުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިލްހާމް ވިދާޅުވީ ގާސިމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާތޯ ނުވަތަ ނޫންތޯ ވަރަށް ގިނަ އިން ސުވާލު ކުރަމުން އަންނަ ކަމަށެވެ.

ޖުމްހޫރީ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލްހާމް ވާހަކަ ދައްކަވަނީ. - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ޓިކެޓު ހަވާލު ކުރީމަ އާއި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމް ހުށަހެޅުއްވީމަ ވެސް ގާސިމް އިންތިހާބުގައި ވާދަކުރޭތޯ ސުވާލު ކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވިއެވެ. އެކަމަކު، ގާސިމް ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާނެ އެއްވެސް ހާލަތެއް ނޯންނާނެ ކަމަށް އިލްހާމް ވިދާޅުވިއެވެ. އަދި ނޫސްވެރިންނާއި ސިޔާސީ ބޭފުޅުން ވެސް މި ސުވާލު ކުރުން ހުއްޓާލަން އޭނާ އެދިވަޑައިގެންނެވިއެވެ.

"އޮނަރަބަލް ގާސިމް އިބްރާހިމް ވާދަކުރައްވާނެ 2023 ގައި. ﷲ ގެ ވާގިފުޅާއެކު." ގާސިމްގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި މިހާރު ހިމެނިވަޑައިގަންނަވާ އިލްހާމް ވިދާޅުވިއެވެ.

"ދިރިހުރިކަން ކަށަވަރުވާ ހިނދު، އޮނަރަބަލް ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި 23 ގައި ވާދަކުރައްވާނެ ﷲ ގެ ވާގިފުޅާއެކު. ގަބޫލު ކުރައްވާ، ދަތި ކުރިޔަސް، އުނދަގޫ ކުރިޔަސް، ޖެއްސުން ކުރިޔަސް، ހިތަށް ދަތި ކުރާ ކިތަންމެ ކަމެއް ކުރިޔަސް، ގާސިމް 2023 ގައި ވާދަކުރައްވާނެ،"

އިލްހާމް ވިދާޅުވީ "ކުޅެންދާ ގަޑީގައި ސައިކަލުން ޖައްސާ ވައްޓާލިޔަސް،" ވާދަނުކުރައްވާނެ އެއްވެސް ހާލަތެއް ނާންނާނެ ކަމަށެވެ. ޓިކެޓު އެރުވުމަށް ބާއްވާ ޖަލްސާގައި އެތައް ބޮޑެތި ހަރަދުތަކެއް ކުރަމުން އަންނަ އިރު، އެ ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާނީ ވަރަށް ބޮޑު އުންމީދަކާ އެކީގައި ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ 4 ވަނަ ކޮންފަރެންސް ގާސިމް ފައްޓަވައި ދެއްވާ އިރު، އަރިހުގައި އިލްހާމް. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ވިލާ ކުންފުންޏަށް ދީފައި އޮތް ކ. ވާވެއްދި ފަޅާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ ފަޅު ވިއްކުން އޭސީސީން ހުއްޓުވުމާ ގުޅިގެން އެކަމާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިލްހާމް ވިދާޅުވީ އެއީ "އިދާރީ އޮޅުމަކުން" އެންޓިކޮރަޕްޝަން ކޮމިޝަނުން ކުރި ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އެއީ ވިޔަފާރީގެ މުއާމަލާތާ ގުޅޭ ކަމަކަށްވާތީ އެކަމާ ގުޅޭ ގޮތުން އެއްޗެއް ދަންނަވަން ދަތި ކަމަށް އިލްހާމް ވިދާޅުވިއެވެ.

"ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކާއި ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއާ ހިލާފުވާ ކޮންމެ ނިންމުމަކީ، މީގެ ތެރެއިން ބާރު ފޯރުވާ ނަމަ، އެއީ ސަރުކާރުން ބާރު ފޯރުން ކަމަށްވާނީ." އިލްހާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. އަލިފުތާ

    ތިޔަ ގާރޫނުގެ ހިތެއް ނުފުރޭނެ

    12
    2
  2. ސަނާ

    ދިރިތިބިހާ ދުވަހަކު ދިވެހިން އޭނަ ވެރިކަމައް ނުގެންނާނެ..

    15
    2
  3. ޑައެލޯގް

    ބަރާބަރު ގާސިމް ހައްދާފަ ބަހައްޓާި ތިއީ ފައްކާ ބުރުމާއެކެވެ. އެކިވައްތަރުގެ ކަށި ހުރިހައި ހޮރަކުންވެސް ޖެހޭނެއެވެ. ހުރިހައި އަތަކަށް އެބުރޭނެއެވެ. އެންމެ ބޮޑަށް އެބުރޭނީ ފަޅުރަށްތަކާއި ގިރިއާއި ފަޅުތަކާދިމާލަށެވެ.

    15
    1
  4. ކޮވިޑް

    ރިއަލިޓީ. އެކަމް ރައްޔަތުންގެ ތާއީދެއް ނުލިބޭނެ. އެއިރަކު އޮންނަ ސަރުކާރަކުން ބައިކުޅަބައި ކާން ވެގެން ކުރާކަމެއްނު ތީ.

    13
    2
  5. ލުޓޭރުންގެ ސަރުކާރު

    ގާސިމުކުރާ ވިޔަފާރިއެއް ވީމަ ދިރިހުރިހާ ދުވަހަކު ވެރިކަމަށް ވާދަކުރަންވާނެ...ވިލާ ވިޔަފާރި ހުއްޓޭކަން ގާސިމު ބޭނުންނުވާނެ ހަމައެގޮތަށް ގާސިމުގެ ދޮލަނގުން ކައިބޮއިހަދާ މީހުންވެސް ގާސިމުވެސް ބޭނުމެނުވާނެ ގާސިމު ވެރިކަމަށް ނަން ހުށަނާޅާހުންނަން..ތިއީ އެއްނެންވެސް މިދައްކާވާހަކަ...

    11
    2
  6. އަފީ

    ދިރި ހުރިހާ ހިނދަކު ވެރިކަމަށް ކުރިމަތިލިޔަސް ރައްޔިތުން ގާސިމް އިބްރާހީމަށް ވޯޓް ނުދޭނެ!

    15
    2
  7. ހުސޭނުބޭ

    ތިކަން ޔަޤީންވާތީ އަހަރެމެންނަށް ހަމަ ޝައްކުވަނީ. އަޅެ ތިކަން ޔަޤީންކުރަން ހަދަންވީ ކިހިނެއް!

    10
    1
  8. އިންތިޚާބީމޮޔަ.

    ހަމަޗޮކުންދާނީ ވަރައްރީތި ތިންބައްޔެއްވާނެ.

    10
    1
  9. ދޯދި

    ތިކަންވެދާނެ.ރައީސްކަމަށް އާދެވޭނެ ފޯމިޔުލާއެއް އަދި ނުފެނޭ.ވޯޓުން އާދެވުމަކީ ނާދިރު ކަމެއް.އެހެން ނުން ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމަށް އާދެވިދާނެ.ގާސިމް އަށް ރައީސް ކަން ދިނުމަށްވުރެ މޮޔައެއްގެ އަތަށް ކަނޑިއެއް ދިނަސް މާރަނގަޅު.ރައްޔިތުން މިތިބި ހާލުގަވެސް ނުތިބެވޭނެ.މުޅިގައުމު މުށުތެރެޔަށް ލާނެ.

    11
    0
  10. ބުރުމާ

    ވޯޓްލެޥޭ ހާ ހިދަކު ގާސިމަށް ވޯޓެއް ނުދޭނަށް
    ގައުމުގެ ހުރިހާ އެސެޓް ދިރުވާލައިގެން
    ޓެކުސް ނުދައްކާ

    13
    1
  11. ކަންމަތީ ހޮޓަލުން

    ދިރިހުރިހާ ހިނދަކު ކިޔާނީ ވެރިކަން މައިންމަގަށް ލައްގަޅޭ ފަޅެއްވިޔަސް މައިން މަގަށް ލައްގަޅޭ. ފަޅުރަށެއްވިޔަސް މައިންމަގަށް ލައްގަޅޭ. ޗާގޯ ޖަލްސާއަށް ފިލި ސޭޓް

    10
  12. އަހްމަދު

    ސޭޓައްފަޅުދިނީ އެހެންފަރާތަކަށްވިއްކާލައިގެން މަންފާހޯދަންތޯ ނޫނީ އެތަންހިއްކައިތަރައްގީކޮށްގެން ރައްޔިތުންނައްވަޒީފާދީ މަންފާހޯދަންތޯ؟

  13. އަލްޖިބްރާ

    ވެރިކަމަށް ކުރިމަތި ލެވިދާނެ ! އެކަމަކު ވެރިކަމަށް ނުހޮވޭނެ ! މިއީ މުޖައްރިބް ކަމެއް !

  14. Anonymous

    2018 ގެ އިންތިހާބުގައި ޤާސިމް ކޯމާ ކައި އޮތީ މިފަރު ވާގޮތެއް ބަލަމާ، އޭނާ ފުރާނަ ހުރިހާ ހިދަކު ރައީސުކަމަށް ކުރިމަތިލާނެ !

  15. އއއ

    މަޖުބޫރު ވާދަކުރުން ފިޔަވާ ދެވަނަގޮތެއްނެތް!! ހުއްޓާލައިފިއްޔާ. 3 ބިލިއަން ވަރުގެ ދަރަނިތައް ދައްކަންޖެހޭނެ. ! ކަލޭމެންވެސް ބާކީވާނެ.!!

    5
    0
  16. ތތތ

    ރުފިޔާ ބަހާ ރައިސް ކަމައް އެރޭނެ އޭރުން

  17. ތިބުނީ އަދި ރަނގަޅަކަށް ނޫން

    ދިރިހުއްޓަސް ފުރިހަމަ ޞިއްޚަތެއްގައި ނެތިއްޔާ ވެރިކަމަށް ވާދައެއް ނުކުރެވޭނެ އެވެ.

  18. މޮޅޭ

    ހަހަހަ.. ދިވެހި ކޮންމެ ރައްޔިތަކަށް އޮތް ހައްގެއް ގާސިމަށްވެސް އޮންނާނެ ނޫންތޯ.... ކަކަކަ

  19. ކަޅުސޮރު

    ގާސިމަކީ ގައުމީ ބޮޑު ކޮހެއް

  20. ޔަހުޔާ

    ގާސިމް ދިރުހުރިހާ ދުވަހަކު ކަލޭ ބަލާތި ފެލާލެވޭނެ ގޮތެއް. 39 ވޯޓް 93 މިލިޔަނަށް ގަނެލާ