ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ވެރިކަން ލިބިއްޖެ ނަމަ، ފަސް އަހަރު ދުވަހުގެ ތެރޭގައި 100 މިލިއަނަރުން އުފައްދަވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ.

ގާސިމް އެގޮތަށް ވިދާޅުވީ އަންނަ ސެޕްޓެމްބަރު 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ގާސިމަށް ޖޭޕީގެ ރިޔާސީ ޓިކެޓު އެރުވުމަށް ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައެވެ.

މި ޖަލްސާގައި ގާސިމް ވަނީ ޖޭޕީގެ މެނިފެސްޓޯގައި ހިމެނޭ ކަންކަން އިއުލާން ކުރައްވައިފައެވެ. އެކަމަކު، ވަގުތު ކުޑަކަމުން، އެކަންކަމުގެ ތަފްސީލަށް ވަޑައިގެންފައެއް ނުވެއެވެ.

މި ޖަލްސާގައި ގާސިމް ވަނީ އެއްވެސް މީހަކު ބާކީ ނުކުރައްވާނެ ކަމުގެ ޔަގީން ކަން ވެސް ދެއްވައިފައެވެ.

ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ދިވެހ ރައްޔިތުންގެ ހާސްކަން ފިލުވާލައި ރައްޔިތުންނަށް ހަމަޖެހުން ގެނެސްދިނުމަށް ދިވެހީން ދުވަހަކުވެސް ދެކިފައިނުވާ ފަދަ އިންގިލާބީ ބަދަލުތައް ގެނައުމަށް ވަރަށް ތަފްސީލީ މެނިފެސްޓޯއެއް އެކުލަވާލައިފައިވާ ކަމަށެވެ.

ގާސިމްގެ މެނިފެސްޓޯގައި ހިމެނޭ ކަންކަމުގެ ތެރޭގައި ދިވެހިންގެ މާތްވެގެންވާ ދީނާއި އަދުލު އިންސާފާއި ގައުމީ ސަލާމަތީ ބާރުތަކާއި ދިވެހިންގެ ޑިމޮކްރަސީ އާއި މިނިވަންކަމާއި ދިވެހިންގެ ގައުމިއްޔަތާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އުމްރާނީ ތަރައްގީ އާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުން ހިމެނެއެވެ.

އަދި ރާއްޖެ ދަރަނިވެރިކަމުން ސަލާމަތްވާނެ އާ ވިސްނުންތަކާއި ދަނޑުވެރިކަމާއި މަސްވެރިކަމާއި ވިޔަފާރި އާއި އިގްތިސާދު ހަރުދަނާ ކުރެވޭނެ ގޮތްތަކާއި ސިއްހަތާއި ތައުލީމާއި ޑްރަގްގެ ވަބާ އިން ސަލާމަތްވެފައިވާ ރާއްޖެއެއް ހޯދުމާއި ވަކި އަތަކަށް ބުރަނުވާ ދިވެހީން ފުރަތަމަ އަންނަ ހާރިޖީ ސިޔާސަތެއް ބިނާ ކުރުން ހިމެނެއެވެ.

މީގެއިތުރުން ތިމާވެށި ހިމާޔަތް ކުރުމާއި އާޓިފިޝަލް އިންޓެލިޖެންސަށް އަހުލުވެރި ރާއްޖެއެއް އުފައްދައި އިންފޮމޭޝަން ޓެކްނޮލޮޖީ ހަރުދަނާ ކުރުމާއި ވިޔަފާރި ހަރުދަނާ ކުރުމާއި އިސް ރަށްވެހިންނާއި ޒުވާނުންނާއި ކުޅިވަރާއި އަންހެނުންނަށް ހާއްސަ ރަން ޒަމާނެއް ގެނައުމަށް ވެސް މެނިފެސްޓޯގައި ހިމަނާފައިވެއެވެ.

އަދި މާލީ އިދާރާތަކާއި ގައުމީ ބޭންކް ހަރުދަނާ ކުރުމާއި ރާއްޖޭގެ ދަތުރުފަތުރަށް ހެޔޮ ބަދަލުތަކެއް ގެނައުމާއި ފަތުރުވެރިކަމާއި ގެސްޓު ހައުސް އިތުރު ގިއަރަކަށްލުން ފަދަ ކިތަންމެ ކަމެއް މެނިފެސްޓޯގައި ހިމެނޭނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

އޭގެ ތެރެއިން އެންމެ މުހިންމު ކަންކަމަށް ގާސިމްގެ މެނިފެސްޓޯގައި އަލިއަޅުވާލެއްވިއެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީ ކުރަން ގާސިމް ހުށަހެޅުއްވި ސިޔާސަތެވެ.

"ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީ ކުރުމަށް ފަސް އަހަަރުގެ ތެރޭގައި ތިން ބިލިއަން ރުފިޔާ ހޭދަކޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި މަދުވެގެން 500 ސްމޯލް ބިޒިނަސް ލީޑަރުން އުފައްދާނަން. އަދި ފަސް އަހަރު ދުވަހުގެ ތެރޭގައި ދިވެހި ރާއްޖޭގައި 100 މިލިއަނަރުން އުފައްދާނަން." ގާސިމް ވިދާޅުވިއެވެ.

ގޭބިސީތަކަށް އިންޓަނެޓަކީ އަސާސީ ހިދުމަތަކަށް ހަދައި ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ދަށްވެގެން ފަސް އެމްބީޕީއެސް ލިބެނޭ ގޮތް ހައްދަވާނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ގާސިމް

    އެޔަކީ މާބޮޑު ކަމެއް ނޫން. 5 އަހަރު ތެރޭ 100 މީހުންނާ އިންނަނިކޮއް، ކޮންމެ މީހަކުވެސް އެވީ މިލިއަނަރަކަށް.

    66
    5
  2. ކިހިނެއް…އެއީ ކޮންކޮން ބައެއް…ތިމާގެ މީހުނާ ދަރިންތަ…އައިޝާ ގެ އާއިލާ މީހުންތަ…ނޫނީ ކޮންބައެއްތަ…

    54
    6
    • ލޮލް

      އެއީ ރޭގައި ޖަލްސާއަށް ދިޔަ ސަތޭކަ މީހުންކަމަށް ވަނީ..

      31
      1
  3. ޙަރުބީ

    މިލިޔަނަރުން ނެތިގެންތަ މިއުޅެނީ. މިއުޅެނީ ލިބޭއެއްޗަކުން މަސްނިމޭއިރު ދެކޮޅު ނުޖެހިގެން. ދިވެހިން އެންމެ ހާލުގަ ޖެހުނު ދުވަހު މުސާރަ ނުދެވުނު މީހަކައް އުފެއްދޭނި ކޮންކަހަލަ މިލިޔަނަރުންނެއްބާ

    36
    2
  4. ލުޓޭރުންގެ ސަރުކާރު

    ކަލޯނޭ 100 މީހުންގެތެރޭގަ އަހަރެންވެސް ހިމެނޭތޯ ދުޢާކޮއްދީ....މިލިޔަނަރު ޕިސް ޕިސް..މިވާހަކަވެސް ގަބޫލު ކުރާބަޔަކުތިބޭނެ ބާރަށް އަތްޖަހަން...ކާކު ގާސިމަށް ލިޔެދިން ސްޕީޗެއްތަ ވިސްނުމެ ފިކުރެނެތި ގަޑުގައޮތްގޮތަށް ކިޔާނިންމާލާފަ ގާސިމު އެދިޔައީ...

    27
    • ޚިޔާލު 2

      ގާސިމުގެ ގާބިލުކަށް ދެއްކިފައިވާ ވަރަށް ގާބިލުކަމާއި ކުޅަދާނަކަށް ދެއްކިފައިވާ އެހެން ދިވެއްސެއް ރާއްޖެދެކެފައިވޭތޯ.

      2
      8
      • ލޮލް

        ގާސިމްގެ ގާބިލުކަމާ ކުޅަދާނަކަން އެންމެ ބޮޑަށް ފެންނަނީ ބަންދުގައި ބަހައްޓައިގެން ކޯޓުތަކަށް ހާޟިރު ކުރާއިރުއެވެ. ކޯޓަށް ވަންނާނީ ދެފައިދަނޑިމައްޗަށް ކޮޅަށް ހުރެގެންނެވެ. ކޯޓުން ނިކުންނާނީ އަށިގަނޑުމަތީގައެވެ.

  5. ހުސޭނުބޭ

    ކަލެޔާއި 4 އަބިންނާއި ދަރިންތަކާއި ތިމާގެ މީހުންނާއި ކައިިރީގައި އުޅޭ ބޮޓުންތަކާއި މި މީހުން 100 އަށް އަރާނެ! ތި ކޔާ އެއްޗަކުން އާދައިގެ މީހަކަށް ކުރާނެ ފައިދާއެއް ނެތް! ނުދޭނަން ވޯޓެއް

    32
    1
  6. ބޯހަލކު!

    ތިޔެއް ނޫން މިގައުމަށް ބޭނުންވާ ކަމަކީ!! 🤦🏽‍♂️

    24
  7. ތުއްތުނާ

    ތިޔަވަނީގޯސް !
    1. ގާސިމު ނޫންމީހަކު މުއްސަނދިވާކަށް ގާސިމެއްނޭދޭނެ !
    2. 100 މިލިއަނަރުންއުފައްދާއިރު ބަދަލުގަ 1000 ފަގީރުންވެސް އުފެދޭނެ!
    ބިރުހުރި. ޚިޔާލުގަތިއޮތީ އަމިއްލައެދުން.

    32
  8. ސަފަރު ކައްދަގެ ތިއްތިބެ

    ގާސިމް ވީމަ ކަޑަކޮށް ކޮމެންޓް ކުރަންވީ ތޯ؟ އަސްލު ކުޑަ ޕުޝަޕެއްދެނިކޮށް ނެކްސްޓް ލެވެލް އަށް ދެވިދާނެ 100 މީހުން ކީއްކުރަން 1000 ވެސް 5 އަހަރުން ވެދާނެ. ބޭނުންވަނީ ހީވާގި ވިޜަނަރީ ދިވެހިންނަށް ގާތުން މަގު ދައްކާނޭ ލީޑަރެއް. ނޫނީ މިތާގެ ހިންގާ ޕްރޮޖެކްޓްތަކުން ބޭރުމީހުން އެނަގާ ފައިދާ މިތާތެރޭ އެނބުރޭނެ ޕްލޭނެއް!

    5
    20
  9. ޒަރީނާ

    އަޅުގަނޑަކަށްނުވިސްނޭ ގާސިމުގެއަނބިންނަށް ޚަރަދުކޮށްފާ އެހެންމީހަކަށްލިބޭނެއެއްޗެއް އޮންނާނެހެނެެއް. ގެންގުޅޭމުވައްޒަފުންނަށް ދޭންޖެހޭއެތިކޮޅުއެހާކުޑަ އަދި އެލަވެންސްދެނީ ހިތަށްއެރިއިރަކުން ހިތަށްއެރިވަރަކަށް.. އަޅުގަނޑަށްފެންނަނީ ގާސިމު އަމިއްލައިން މިލިއަނަރަކަށްވާން!!
    ތިމާނޫންމީހުންނަށް ލިބުނަނުދޭންވެގެން ފަޅުރައްތަކާ ފަޅުތަކާ ގިރިތަކާ ނަގައިގެން އޭގެތެރެއިންގިނަތަންތަން ނަހަދާ އެތިބެނީ.
    ގުރުއަތުން ހޮވާބައެއްތޯ މިލިއަނަރުންނަށްހަދާނީ ؟

    20
  10. ވައްހާބު

    އެމަނިކުފާނު ބޭނުންފުޅު ބައި ނަންގަވާފަ ބާކީހުރި އެއްޗަކުން އެމަނިކުފާނުގެ އެންމެ އަރިސް 100 ބޭފުޅުންނަށް ބައްސަވާނެ ވާހަކައެވެ

    16
  11. ޕޮގުބާ

    މިލިޔަނަރަކަށްވާން ލައްކައެއް މަދުމީހުން މިލިޔަނަރަކަށް ހެދޭނީ ފަގީރު 100މީހުން މިލޔަނަރަކަށް ނުހެދޭނެ ބުރުމާކަށިން ރާގޮނޑި ކާގޮތް ތިޔައީ!!!

    14
    1
  12. ހަަނީ

    މިހާރުވެސް މިއިގައމުކޮންޓްރްކުރަނީ ތިކަހަލަ މިލިޔަނަރުންނެވެ ގާސިމަށްވެރިކަންލިބިޖެޔާ އާމް. ރައިތުން އިތުރަށްނިކަމެތިވާނެއެވެ

    13
    1
  13. ލޮލް

    ބުޅީގައި އެންކޮޅު އަޅާފައި އެއްލާފައި މިއޮތީ.. ދެން ހަމަ ހައްސަ ބާނަންވީ..

    11
  14. މިލިއަނަރު

    ދައުލަތް ބަނޑު އަޅާލަން މެނިފެސްޓޯގަ ޖަހައިގެން ވެރިވަކަމަށް އަންނަން ކޮބާ ލަދު؟

    13
    1
  15. މާސޭ

    ކޮވިޑްތެރޭ ފިލާއޮތީމިވަރުމީހަކަށް ކޮންގައުމެންހިންގޭނީ

    15
    1
  16. ސައުދީ

    ތިޔައީ މާބޮޑު ކަމެއްނޫން. ވެރިކަމަށް އާދެވުނީމަ މިލިޔަނަރުން ކީއްކުރަން ބިލިޔަނަރުންވެސް އުފެއްދޭނެ. މިހާރު މިއޮތް ސަރުކާރު ނިމޭއިރު ސަރުކާރު ކުންފުނިތަކުގެ ތިބި ޑިރެކްޓަރުން ތިބީ މިލިޔަނަރުންނަށް ވެ ނިމިފަ. ނުވިތާކަށް ބައެއް ކުންފުނިތަކުގެ ޑިޕާޓްމަންޓް ހެޑުންވެސް ތިބީ މިލިޔަނަރުންނަށް ވެފަ. އެންމެ މިސާލެއް ބުނެލާނަން. މިސާލަކަށް އެޗްޑީސީ ނުވަތަ މިހާރުގެ ނަމުންނަމަ އާބަންކޯ.

    16
    1
  17. ޢެޑްމުންޑޯ

    ކޮންމެ ވެރިކަމެއްގައިވެސް ތިވިދާޅުވި މިލިއަނަރުން އުފައްދަވާ ، އެއީ ރައްޔިތުންނަށް މާބޮޑު ފައިދާ ހުރި ކަމެއްނޫން ، ދައުލަތުގެ ބަޖެޓް ލޫޓްވާލަނީ އެމީހުން އުފައްދަން ، ޔާމީނުގެ ސަރުކާރުން އަދީބު މެދުވެރިކޮށް ލިތައް މަހުޖަނުން އުފެއްދީ ، މިސަރުކާރުން ބައެއްމިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރިން އެތިބީ މަހުޖަނުންނަށް ހަދާފައި ،

  18. ފަރުހާދު

    ތީ އެންމެ ފަސޭހައިން ފުއްދޭނެ ވައުދު. ކެންޕޭން ނިމޭއިރުވެސް ކައިރީގައި އުޅޭ 100 މީހުންކޮޅު ތިވަރު ކޮއްލާ ޤާސިމް ހުލިކޮށްލާނެ.

  19. ވާނުވާބެ

    ދުލަށް ފާފަ ކުރުވަން ނޫޅޭ، ކަލޭ ކައިރި ވަޒީފާގަ އުޅޭ އެންމެން އެއީ މިލިއަނަރުން، ކޮވިޑްގަ މިލިއަނަރުންނަށް ހަދާފަ ވަޒީފާއިން ވަކިކުރީ

  20. އާދަނު

    ﷲ އަކްބަރު

  21. 😂😂

    ޗަކޮއެ ތިއުޅެނީ ރިޒޯޓު މުވައްޒަފުން ކޮޅައް ހައްގު ވާ ސާވިސްޗާޖު ނުދެވިގެން. ޗަކޮޔައް ދެން ކޮން މިލިޔަނަރުނެއް އުފެއްދޭނީ. 😂.

  22. ޖާވިޢު

    އައްޑޫ؛ ފުވައްމުލައް؛ ހުވަދޫ މިސަރަހައްދުގެ މާލެ އަށް ދަތުރު ކުރާ ގިނަ ބޯޓް ފަހަރުން މީހުން ނުއުފުލުމާއި؛ ހުރިހާ ރައްޔިތުންހެން މިހާރު މާލެ އަށް ދަތުރު ކުރަނީ ވައިގެ މަގުން ކަމަށް ވާތީ؛ ސަރުކާރުން ސަބްސިޑީ ދީގެން
    އެއަރޓިކެޓްގެ އަގު އަތްފޯރާ އަގެއްގައި ބަހައްޓައި ދިނުމަކީ ވަރަށްގިނަ ރައްޔިތުންނަށް ލުއިވެގެން ދާނެކަމެއް.
    މިހާރު ހުވަދޫ- މާލެ އަށް އެއަރޓިކެޓްގެ އަގު: -/1570ރުފިޔާ

  23. މުހައްމަދު

    ނުދޭނަން ކަލެއަށް ވޯޓެއް.

  24. އާދަނުބެ

    މިދިޔަ 4 އަހަރުގެތެރޭގައި ދައުލަތުގެ ވަތްގަނޑުން ނަގައިގެން ޤާސިމު ކިތައް ފަހަރު މިލިއަނަރަކަށް ވީމުތަ؟

  25. ޜަށުމީހާ

    ކިހިނެތް މިލިުނަރުން ހަދާނީ ވެރިކަން ލިބޭއިރު ތިބޭނެ ފަސްޓް ލޭޑިންގެގޮތުގާ5 އަނބިން އެމީހުންގެ އިނާޔަތްތަކާ އެމީހުންނައް ތީބޭ މުއައްޝޡަފުނަ ހަރަދު ކޮފަ ގައުމު ހިންގާނީ؟

  26. ކުމުންޒާނި

    ތިހެން ބުނި ޗޯރުވެސް އެކަމު އެއުޅެނީ ރަށުކޮޅުގެ މޫދުގަތަނބެއްވެސް ނޭޅިގެން ކީކޭބުނާނީ ހަމަޔާނުވަރެއްނެތް އަދިވެސް.

  27. ްައަހްމަދު

    ސޭޓާ އަހަންނަކަށްހިއެއްނުވޭ ތިޔަވިދާޅުވާ ކުދި އަދިމެދުފަންތީގެވިޔަފާރިތަކަށް ހައްލެއްހޯދާ ދެވިދާނެހެނެއް އެއީ ސޭޓުމެންކަހަލަ ބިލިޔެނަރުން ކުދި ވިޔަފާރިތަކަށް ވަދެތިޔަކުރާ ކަންތަކުން އެވިޔަފާރިތައްއެދަނީ ނެތެމުން މާދަމާކަންމަތީފިހާރައެއްވެސް ސޭޓު ނުހުޅުވާނޭކޭމިހާރު ބުނެވޭކަށްނެތް

  28. އއ

    ދެލޯ ބޮޑުވާވަރުގެ ވާހަކައެއްބާތީ؟؟ ކުޑަ 3 ޕިކަޕް އޮތްމީހާއަކީ ދުވެހިރާއްޖޭގަ 1 މިލުއަނައްވުރެ ގިނަރުފިޔާގެ މުދާހުރިމީހެއް!! މަސްދޯންޏެއްގެ ވެރިއަކީ 30 މިލިއަން ރުފިޔާ ހުރިމީހެއް. ދައްކަބަލަ ކޮރަޕްޝަން ހުއްޓުވާވާހަކަ !!އިންސާފުގެވާހަކަ !!! ގައުމައްޚިޔާނާތްތެރިވެގެން މިދައުރު ނިމެންދެން ފައިދާނެގިމީހުންގެ މުދާ ދައުލަތައް ނަގާވާހަކަ!! ޑުރަގު އެތެރެކުރާމީހާއައް މަރުގެ އަދަބުދޭވާހަކަ.!

  29. ކަރުސަ

    ކަލޯ ނު ހޮވޭނެ. ހުވަފެން ބަލާލަ ބަލާލަ ތިބެންޖެހޭނީ