އަދިވެސް ރައްޔިތުންގެ މަޖިލިސްގެ ގަވައިދު އޮތީ މަރުތަޅު އެޅޭ ގޮތަށް ކަމަށް ވިދާޅުވެ އެމްޑީޕީން ވަކިވެ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އާ ޕާޓީއެއް ހަދަން އުޅޭ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.
އިމްތިޔާޒް އެގޮތަށް ވިދާޅުވީ މަޖިލިސްގެ ގަވައިދު އޮތީ މަރުތަޅު އެޅުވޭ ގޮތަށް ނޫން ކަމަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވުމާ ގުޅިގެން ނެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތައް އެކުލަވާ ނުލެވި މަޖިލީހުގެ ރައީސްއާއި ނާއިބު ރައީސް މަގާމުން ދުރުކުރަން އެއް ފަހަރާ މައްސަލަ ހުށަހަޅާފައި އޮތުމުން މިހާރު މަޖިލިސް ކުރިއަށް ގެންދެވިދާނެތޯ ވަނީ ސުވާލު އުފެދިފައެވެ.
އޭގެ ތެރެއިން ނާއިބު ރައީސް އީވާ އަބްދުﷲގެ މައްސަލަ އެޖެންޑާ ކުރުމަށް ފަހު ވަނީ އެޖެންޑާއިން ނަގައިފައެވެ.
އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ގަވައިދު އޮތީ މަރުތަޅު އެޅި ކުރިއަށް ދެވޭ ގޮތަށް ނޫން ކަމަށާއި މަޖިލިސް އަދިވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
ނަމަވެސް އިމްތިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ގަވައިދު އަދިވެސް އޮތީ މަރުތަޅު އެޅުވޭ ގޮތަށް ކަމަށެވެ. އަދި މަޖިލީހުގެ ގަވައިދުގެ ސްކްރީން ޝޮޓެއް ވެސް އޭނާ ހިއްސާ ކުރެއްވިއެވެ.
"އެ ގަވައިދުގައި ބުނާ ގޮތުން މަޖިލީހުގެ ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހެޅުމަށް ހަމަޖެހިފައިވާ ނުވަތަ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނާއިބު ރައީސް އެވެ. މި ގަވައިދުގެ 206 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ނާއިބު ރައީސް މަގާމުން ވަކި ކުރުމުގެ ގަރާރެއް މަޖިލީހަށް ހުށަހަޅަން ހަމަޖެހިފައިވާ ނުވަތަ ހުށަހެޅިފައިވާ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސް އެވެ." އިންތި ހިއްސާ ކުރެއްވި މަޖިލީހުގެ ގަވައިދުގެ ސްކްރީން ޝޮޓުގައި ވެއެވެ.
ބޮޑު މުސާރަ ނަގައިގެން ދެކޮޅުނުޖެހޭ ގަވައިދުތަކެއް ހެދުނީތީ ރައްޔިތުން ކިބައިން މާފައްއެދުން މާތާހިރެއްނު.
ދެން މީނަ އެކަން ރަނގަޅު ކުރަން ނޫޅެ މިއުޅޭނީ އެހެން ކަމަކާ. ޕާޓީ ހަދަން ނޫޅެ ތިމާޔާ ހަވާލުކޮށްފަ އޮތް މަސައްކަތް ކޮށްބަލަ. މުސާރަ ވެސް ހަލާލުވާވަރު ކޮށްލަން މަސައްކަތެއް ކޮށްލަން ނުކެރޭ މީހެއް މިވާހަކަ ދައްކަނީ
100 ގެގަވާއިދެއް ހުރިހާވާހަކައެއްވެސްދައްކާނަން ގޭދޮށައްވެސްދާނަން ހަޅޭއްވެސްލައްވާނަން ފޯނު ވެސްކުރާނަން ނޮހޮރުއްޕާންވެސް ކުރާނަންފަހަތުން ވެސްދުވާނަން ސާފުނުވަނީ ޕާޓީއާތޯ އެލީޑަރަކާތޯ މިސޮއިކުރަނީ ޑީއާރްޕީއިންދާމީހުން އައްނަނީ އައްނަނީ ސައިޒުކުރަން ދިމާކުރާތީފާޓީ ޗޯރެއް ކިނބުލެއްބެލުމެއްނެތި ދަޑިމޮގްރެޓް ވައްކަމެއް ނޫނެކޭބުނަމުން ބާނަބާނަތިއްބާ ފަނޑިޔާރުގެއަށް މުޅިއެތީގަ ގޮށްޖެހެ އޮޅިހަރުފަޔަކައްބަދަލުވީ ކުޑަ ހިނދުކޮޅެއްގެތެރޭ ދެންއަށްނާނީކާލަން ކކކކ
19 ވަނަމަޖްލިސްހާދަސަޅިއޭ