ޕީޕީއެމް އިން ހަދާނީ ރައީސް އަބްދުﷲ ޔާމީން އަންގާ ގޮތެއް، ކަމަށާއި އެކަން ބަދަލެއް ނުވާނެ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ ޕީޕީއެމް އޮންނާނީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި އެމަނިކުފާނު އެންގެވި ކޮންމެ ކަމެއް ކުރަން ތައްޔާރަށް ކަމަށެވެ.

ރައީސް ޔާމީން މިއަދު ވެސް ޖަލުގައި އޮންނަން ޖެހިފައި އޮތް ސަބަބަކީ ރާއްޖެ އިން އިންޑިއާ ސިފައިން ބާލަން ގޮވާލުން ކަމަށާއި ނަމަވެސް އަނިޔާވެރިކަމުން ސަލާމަތްވެ ރައީސް ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"ރައީސް ޔާމީނާއިއެކު ތިން މަސް ފަހުން ޕީޕީއެމް އިން ވެރިކަމަށް އަންނާނެ. މިނިވަން މުއައްސަސާތައް ހައްގަށް ބަސް ބުނަން އަޒުމު ކަނޑައަޅަންވީ. އިންސާފަށް ބަސް ނުބުނާނަމަ ފަނޑިޔާރެއް، އެހެންތަނެއް ނުބަލާނަން. ކަނޑު ވިއްކާލައިގެން ލާރި ކައިގެން ނުތިބެވޭނެ. އެފަރާތްތަކުގެ މައްސަލަތައް އަޅުގަނޑުމެން ބަލާނަން." ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓް ފޮއްޓާއި ހަމައަށް ދާއިރު 2018 ވަނަ އަހަރު ރައީސް ޔާމީން ވިދާޅުވި ވާހަކަފުޅެއް ރައްޔިތުން ހަނދާނުގައި ބަހައްޓަން ޖެހޭ ކަމަށެވެ. އެއީ "ގޭގައި ސިކުނޑި ބާއްވާފައި ވޯޓް ފޮއްޓާއި ހަމައަށް ނުދިއުން." ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ނުގެނައުމަށްޓަކައި ހިތްތަކަށް ގެންނަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. "މިގައުމަކީ 20 ވަރަކަށް ބިލިއަން ރުފިޔާ މާލިއްޔަތައް އަހަރަކު ވައްދަމުންދާ ގައުމެއް. ނަމަވެސް ފަސް މިލިއަން މާސްކް ގެންނަން 85 މިލިއަން ހަރަދު ކުރި ސަރުކާރެއް މިއޮތީ. އެހައި ފައިސާ ހަރަދު ކޮށްގެން ވެސް މާސްކެއް އަޅަން އަޅުގަނޑުމެންނަށް ލިބުނުތޯ؟ ނުލިބޭ. ފޮތި މާސްކް އަޅައިގެން އުޅެން ޖެހުނީ. އާބާދީގެ ނިސްބަތުން އެންމެ ގިނަ މަރު (ކޮވިޑްގައި) ކުރިމަތިވީ ރާއްޖެއަށް." ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ފެންބިލާއި ކަރަންޓް ބިލް ނުދެއްކި މި ފުރަމާލޭގައި އެތައް ރައްޔިތުންނެއް އެބަތިބި ކަމަށާއި ރައީސް ޔާމީން އެޅި ފްލެޓްތައް ވަގަށް ކާލީ ވެސް ރައީސް ސޯލިހް ކަމަށެވެ. މަސްވެރިން މަސް ކިރުމުން ހަމަސް ފަހުން ފައިސާ ދެނީ ވެސް މިސަރުކާރުން ކަމަށާއި ނާސްތާ ޕްރޮގްރާމް ތިން މަހު ހިންގާފައި ހުއްޓާލީ ވެސް މިސަރުކާރުން ކަމަށާއި އެހެންކަމުން އިތުރު ދައުރެއް ރައީސް ސޯލިހަށް ދޭން ނުޖެހޭނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު މިރޭ ވިދާޅުވީ ފުރަމާލޭގައި ބޮޑެތި ޖަލްސާ ބޭއްވީ ރައީސް ޔާމީނަށް އެކަނި ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް މާލޭގައި ބޮޑު ޖަލްސާއެއް ބޭއްވޭނީ ރައީސް ޔާމީނަށް ކަމަށެވެ. ވެރިކަން ކުރާ އެމްޑީޕީ އަށް ވެސް އަދި އެހެން ސިޔާސީ ލީޑަރަކަށް ވެސް މާލޭގައި ބޮޑު ޖަލްސާއެއް ނުބޭއްވޭނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑު ވާހަކަ ދައްކަމުން ދާއިރުވެސް ފެނިވަޑައިގަންނަވާނެ ބަޔަކު އުޅޭ ހާލު. މިއީ ގައުމަށް ފާއިތުވި ހަތަރު އަހަރު ދިން ގެއްލުމުގައި ބަޔަކު ބައިވެރިވެފައި އޮތުމުން ފެންނަ ހާލަތު." ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ މިއަދު ސިޔާސީ އެހެން ޕާޓީތަކަށް ރައްޔިތުންގެ ތާއިދު ނެތް ސަބަބަކީ ފާއިތުވި ހަތަރު އަހަރު ރައީސް ސޯލިހްގެ ސަރުކާރުން "ރައްޔިތުންނަށް ކުރި ދުއްޕާނަށް ރައީސް ސޯލިހަށް ހިތްވަރުދޭން" ތިބީ ރައީސް ޔާމީން ފިޔަވައި އެހެން ލީޑަރުން ކަމަށް ވުމުން ކަމަށެވެ. "މިމުސީބާތުން ސަލާމަތް ކޮށްދިނުމަށް ރައީސް ޔާމީން ނޫން ފަރާތެއް ނެތް. ރައްޔިތުންނަށް އެނގޭ ރައްޔިތުން މިހާލަތް ޖެއްސީ ކޮންކޮން ސިޔާސީ ލީޑަރުންނެއްކަން." ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ރައީސް ސޯލިހަށް މަޖިލީހުގެ ސްޕަ މެޖޯރިޓީ ގެއްލުވާލީ ޕީޕީއެމް އިން ކަމަށާއި ދެން ގެއްލުވާލާނީ މަޖިލީހުގެ މެޖޯރިޓީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ތިބުނީ ކަލޭމެން ތިތިބެނީ ފާޑަކަށް "އަނބިދަށުވެފައޭ" ދެއްތޯ

    13
    8
    • ..

      އެއީ އަނބިދަށުވުމެއް ނުވަތަ އެމީހެއްގެ ދަށުވުމެއްވެސް ނޫން…ކޮންމެ ކަމެއްގައި ޖަމާއަތެއް ހަރަކާތްތެރިވިޔަސް ލީޑަރަށް ތަބާވެ ކިޔަމަންވެގެން ނޫނީ ކާމިޔާބަކާ ހަމަޔަކަށް ވާސިލެއް ނުވެވޭނެ…އެއީ ރަނގަޅު ކަމެއް ހާސިލް ކުރަންވިޔަސް ނުރަނގަޅު ކަމެއް ހާސިލް ކުރުމަށް ކަމަށް ވިޔަސް…ސުޖާ އެބުނީ މޮޅުބަހެއް…އޭގެން ދުޝްމަނުންގެ ހިތަވަރަށް އަސަރު ކުރާނެ…ހަސަދަވެރިންގެ ހާމަވެގެންދާނެ…އެމީހުންގެ އެތެރޭގެ ގަދަކަން ހާމަވެގެންދާނެ…ނަތީޖާ އަކަށް އާންމުންގެ އިތުބާރު ބޮޑުވެ ވަރުގަދަވާނެ…އިދިކޮޅުގެ އިތުބާރު ފަނޑުވެގެންދާނެ…

      2
      5
  2. ފިޒީ އޮތެރަ ޕީ

    ބޮޑެތި ސިންގާ ފިރިހެނުން އަރާ ތިބެ ދައްކާ ވާހަކަ ދޯ!!!ސަރުކާރުން ކައުންސިލިންގ ދީގެން މިބައި މީހުން ރަނގަޅުވާނީ ބޯ ހަލާކު

    12
    8
  3. މޫސަ

    ޕީޕީ އެމުން މިހާރު ސިޔާސީ ޕާޓީއެއްގެ ސިފަ ކެނޑިއްޖެ. ތިޔައީ މިހާރު ވަކި ޤަބީލާއެއް. މިޒަމާނުގަ ތަސައްރަފު ފުދިފައިވާ ސިޔާސީ ޕާޓީއަކުން ވަކި މީހެއްގެ ހިޔަންޏަކު ނުތިބޭނެ. އަމުދުން ދިވެހި ރައްޔިތުންގެ ފައިސާއަށް ބޮޑުތަނުން ޚިޔާނާތްތެރިވެފައިވާ މީހަކަށްޓަކައި އެތައް ބައެއްގެ ޙައްޤު ތިޔަ ްްުްްްުްްްުްްްްްުްްްުްްްުްްްްުްްްުްްްުްްްްްުްްްުްްް ޤުރުބާން ކުރަނީ. އެންމެ ފަހުންވެސް ބުނީ އެ އެކައުންޓުގަ ހުންނާނެޔޭ ތިމަންނަ ހަލާލު ގޮތުގަ ހޯދާފަ ހުރި ފައިސާ ވެސް. ސުޖާއު. އެކައުންޓަށް މިލިޔަނުން ޑޮލަރު ނުވަންނަނީ ކީއްވެ؟ އެކަމާ ވެސް ވިސްނާލަބަލަ.

    8
    1
  4. ސައުދީ

    ކަންއޮތީ ތިހެނެއްނޫން. ޕީޕީއެމްގެ މަތީފަޑީގައި ތިބި މީހުންގެތެރެއިން މަދުބަޔަކު ފިޔަވައި ގިނަމީހުން މިހާރު ބޭނުން ވަނީ ރިޔާސީ އިންތިޚާބަށް މީހަކު ނެރެން. މެންދުރުގެ އިރުފަދައިން އެންމެނަށް ސާފުވާކަމެއް ޔާމީން މިނިވަން ނުވާނެކަން. އަދުރޭ، އާދަމް ޝަރީފް ، ސިޔާމް، ސުޖާ، ޣައްސާނު ފިޔަވައި ގިނަމީހުން ބޭނުމީ މީހަކު ނެރެން. އެއީ ޔާމީން މިނިވަން ކުރަން އޮތް ފަސޭހަ ގޮތަކީވެސް. ނަމަވެސް އެހެން ހަދައިފިނަމަ ޔާމީނަށް ޕާޓީ ގެއްލިދާނެތީ ޔާމީން އުޅެނި.

  5. ޒައިކް23

    ޑިމޮކުރަސީ ދޮންވެ ފައްކާވެފައިވާ ޕާޓީތައް މިރާއްޖޭގަ މި ހިންގަނީ.. ތިމާކްރާތީ ވެރިކަން އަސްލު ކިޔަންވީ.. ހުސް ވަކި މީހެއްގެ ވަށައިގެން އެނބުރޭ ލާ ޑިމޮކުރަޓިކް ޚުދުމުޙްތާރު ޕާޓީތައް..