އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށްފައިވާ ރިޔާސީ އިންތިޚާބުގެ ގަވާއިދުގެ އެއްވެސް މާއްދާއެއްގައި ރާއްޖޭގެ ދީނީ ޢިލްމުވެރިން ދޭން ބޭނުންވާ ދީނީ މައުލޫމާތާއި، ދަރުސް ދެއްވުމަށް ހުރަސް އަޅުއްވާފައި ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތަޢުފީގް ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ޢަމަލުކުރާނެ ޤަވާއިދު ޢާންމު ކުރައްވާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ޢާންމު ކުރެއްވި ގަވާއިދުގައި ބުނެފައި ވަނީ ދީނީ އެކިއެކި މުނާސަބަތުގައްޔާއ،ި ދީނީ ދަރުސްތަކުގައްޔާއި ޚުޠުބާތަކުގައި ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ ކަމަށެވެ.
އެކަމާއި ގުޅިގެން އިދިކޮޅު ސިޔާސީ ޕާޓީތަކާއި އަދި ބައެއް އިލްމުވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތަޢުފީގް ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޮންމެ ރިޔާސީ އިންތިޚާބެއްގެ ގަވާއިދުގައިވެސް މިމާއްދާ މިގޮތަށް ހިމަނުއްވާފައިވާނެކަމަށެވެ. މިމާއްދާގައި ރާއްޖޭގައި ދީނީ ޢިލްމު ފެތުރުއްވުމަށާއި، ދީނީ ނަސޭހަތާއި، ދަރުހާއި، ތައުލީމު ދެއްވުމަށް އެއްވެސް ހުރަހެއް ނެތްކަމަށެވެ.
ނަމަވެސް ދެއްވާ ދީނީ ނަސޭހަތްތަކާއި، މައުލޫމާތާއި ތަޢުލީމުގައި ސިޔާސީ ގޮތުން ވަކި ކެނޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދުކޮށް ކެމްޕެއިން ކުރެވޭގޮތަށް މައުލޫމާތުދީ، ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް ފުއާދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެއްވެސް ހާލެއްގައި ނުދަންނަވަން ދީނީ ގޮތުން ދަރުސް ދެއްވަންވީ ގޮތެއް. އެހެން ނަމަވެސް އަޅުގަނޑުމެން މި ދަންނަވަނީ އަޅުގަނޑުންގެ ދާއިރާއަށް އެބޭފުޅުން ވަދެ ވަޑައި ނުގަންނަވާށޭ. ޤާނޫނީ ގޮތުން ވަކި ބަޔަކަށް ނުވަތަ ވަކި މީހަކަށް ފަހިވާގޮތަށް އަދި އަނެއް ބަޔަކަށް ގެއްލުންވާ ގޮތަށް ދީނީ ދަރުސް ނުދެއްވާށޭ. ދީނީ ދަރުސް ދެއްވުމަކަށް އެއްވެސް ހުރަހެއް ނެތް. ދީނީ ވާހަކަ ދެއްކުމަށް އެއްވެސް ހުރަހެއް ނެތް. އެކަމަކާ އިލެކްޝަނަކުން ނުވެސް ބެހޭނެ. އެއީކީ އިލެކްޝަނަކާއި ބެހެވޭނެ ކަމެއްވެސް ނޫން." ފުއާދު ވިދާޅުވިއެވެ.
ދީނީ ދަރުސްތަކުގަައި ވަކި ކެންޑިޑޭޓަކަށް ތާއިދުކޮށް ވާހަކަދެއްކުން އިލެކްޝަންސް ކޮމިޝަނުން މަނާ ކުރި ނަމަވެސް 2008 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރާއްޖޭގައި ބޭއްވި ހުރިހާ ރިޔާސީ އިންތިހާބެއްގެ ކެމްޕޭންގައި ވެސް ދީނީ އިލްމުވެރިން ވަނީ ވަރަށް ފާޅުގައި ދަރުސްތަކުގައި އިންތިހާބުގެ ކެމްޕޭން ކުރައްވާފައެވެ.
ފުއާދު ކަލެއަކީ ރިޖެކްޓުމީހެއް ދީނީއިލްމުވެރިން ދައްކަންވީވަހަކައާއި ނުދައްކަންވީވަހަކަ ކަނޑައެޅުގެ ހައްގެއް ކަލެއަކަށްނޯއްނާނެ. މިނިވަންކަން ގެއްލިދާހިނދު އިއްސަފުގައި ދީނީގޮތުން މައުލޫމާތުދޭން ތިބޭނީ އެބައިމީހުން.
ކަނޑައެޅިގެން އިސްލާމްދީނާ ޚިލާފު ފިކުރުތައް ޕުރޮމޯޓުކުރާ ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާޠިލުކުރަން ފުއާދަށް ކެރޭނެތަ؟ ލާދީނިއްޔަތަށް ދީލާލާ ވެރިންނަށް ދެވަނަ ދައުރުގެ މަގު ބަންދުކުރަން ކެރޭނެތަ؟
ވެރިކަން ކުރަން ހުރިމީހާ ކުރިގޯސް ކަންތަ ބުނުނުލެވޭ ކަމަވަންޔާ ދެންކީއްކުރަންލާ ވޯޓެއް ދެންހޮވަންވީނޫން ބައިކޮޅަ ޖެހިޔަސް ތިދެންބޮޑުވަރު
ފުއާދުބޭ މީ މުސްލިމު ޤައުމެއް. މިތަނުގެ ވެރިއަކަށް ހޮވާ މީހެއްގެ ކިބާގައި ހުންނަންޖެހޭ ރަގަޅު ސިފަތަކާއި ނުރަގަޅު ސިފަތައް ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ޢިލްމުވެރިން ކުރައްވަންޖެހޭ ކަމެއް. އަދިއެބޭފުޅުންގެ ކޮޑުގައި އެޅިފައިވާ ވާޖިބެއް. ވަކި މީހަކަށް ވޯޓު ދޭންވެސް ނުދޭންވެސް އެދެވޭނެ ގޮވޭނެ ބުނެވޭނެ. ވެރިންގެ ކިބައިން ފެންނަ ނުކިއްސަރު ވާހަކަ ދެކެވޭނެ. އެމީހަކު ވެރިއަކަށް ހުރެ ކަނޑައެޅިގެން ޙަރާމްކަންތައް ކުރާއިރު އެކަންކަން ނުހުއްޓުވާ ތަނުގައި އެކަންކަންކުރާ މީހުން ޙިމާޔަތްކުރާނަމަ އެވާހަކަ ރައްޔިތުންނަށް ބުނެދެންޖެހޭ. ﷲ އެންމެ ބޮޑަށް ޙަރާމްކުރެއްވިކަންކަން ފާޅުގައި ކުރާއިރު އެމީހުންނަށް އަދަބުނުދީ ޙައްޤުގެ މަގަށް ގޮވާލާ އިލްމުވެރިންނަށް ދަޢުވާކުރަންޏާއެވާހަކަ ދެކެވޭނެ.
ރައްޔިތުން ހެޔޮގޮތަކީ ކޮބާކަން އިޚްތިޔާރުކުރަންވީ ކޮންކަހަލަ ވެރިންކަން ބުނެދެވެންޖެހޭނެ. ޤާނޫނު އަސާސީގެ ބާރުކަނޑުވާލަnް ފުއާދުބޭ ނޫޅޭ.
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކަށް ވާހަކަދެއްކުމުގެ މިނިވަންކަން ނިގުޅައިގަތުގެ ބާރެއް އިލެކްޝަންސްއަކަށް ނޯންނާނެ. އަދި އަމުދުން ދީނާއި ސިޔާސަތު ވަކިކޮށް ހެދުމުގެ ބާރެއް ނޯންނާނެ. މުޖުތަމަޢުގައި އެވަގުތެއްގައި ހިނގާ ކަމަކާބެހޭގޮތުން ވާހަކަދެއްކުމުގެ މިނިވަންކަން ދީނީ ޢިލްމުވެރިންނަށް އޮންނާނެ. ހުކުރު ޚުޠުބާއަކީވެސް އެފަދަ އެއްޗެއް. މިވަރު އިލެކްޝަނަށް ނޭގޭ.
ދީނީ ވާހަކަ ޕޯޑިއަމްތަކުގަ ދެއްކެންޖެހޭނެ. ފުއާދު އިސްތިއުފާ!!!
ފުއާދު ކީއްތޯ ކުރާނީ. އިބިރިހިމާ ހެދެގެންއުޅެނީ. މަވަރު މީހެން ނެއްކަމަށް ހެދިގެން. ފިނދަނަ ބޯޖަހާހެން ހީވަނީ
"އިލެކްޝަންސް ކޮމިޝަނުން ޢާންމު ކުރެއްވި ގަވާއިދުގައި ބުނެފައި ވަނީ ދީނީ އެކިއެކި މުނާސަބަތުގައްޔާއ،ި ދީނީ ދަރުސްތަކުގައްޔާއި ޚުޠުބާތަކުގައި ވަކި ކެންޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމަށް އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ ކަމަށެވެ." އެހެންވިމާ ވެރިންގެ ވާހަކަ ހުތުބާއިން އުނި ކުރަންވާނެ ވެރިއަކީ އިސްލާމީ އަގިދާ ބަލިކަށި ކުރާ މީހެއް އަދި އޭނާ އަކީ ގައުމަށް ހިޔާނާތްތެރިވެފައިވާ ޗޯރެއް
ޕަކަކަޕަކަޕަކަޕަޮަކަަކައާއާއާއާއާ ހޯއްގޮވާ ކޮން އަނގައެއް އަރުވާކަށް. ތީ 2008 ގަވެސް ފައްކާ މުޖްރިމެއް.
އިލެކްޝަން ކޮމިޝަނަށް ދީނީ އިލްމުވެރިންނަށް ގޮތް ކިއައިދެވިގެން ނުވާނެ…ދީނީ އިލްމުވެރިން އެއީ އިލެކްޝަން ކޮމޝަނަށްވެސް މަގުދައްކަން ތިބި މީހުން…އެހެން ނޫނަސް މަތިން ހުއްދަ ދެއްވާފަ އޮތް ކަމެއް މަނާކުރަން މީދެން މާ މަތިން އައި ބަޔަކީތަ…ދީނީ ދަރުސްތަކުގައި ރައްޔިތުންނަށް އެންމެ ރަނގަޅުގޮތް ބުނެދިނުން އެއީ އިލްމުވެރިންގެ ވާޖިބެއް…އެއީ އިންތިހާބުތަކުގައި ވާދަ ކުރާ މީހުންގެ ތެރެއިންވެސް ރަނގަޅު މީހާ ބުނެދޭންޖެހޭ ގޮތުގައި…ކާ އިރު ކާން ޖެހޭ ގޮތް ބުނެދޭ ފަދައިން…އެއްދާން ކުރަންވީގޮތް ބުންޏަސް އޯކޭ…އެކަމަކު ވެރިކަން ކުރަންވީ ގޮތް ކިޔާދީގެން ނުވޭ…
އިޖުތިމާއީ ދަރުސްއެއް ދެވޭނެ. އޭގަ ދީނީ އަދި ސިޔާސީ ވާހަކަވެސް ދެކެވޭނެ. ފުއާދު ތިގެންގުޅެނީ ހަނި ސެކިއުލަރ ވިސްނުން.