ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރާމްކަލާވަންއަށް ދިވެހި ސަރުކާރުގެ ފަރާތުން ރަސްމީގޮތުން މަރުޙަބާ ދަންނަވައިފިއެވެ. މަރުޙަބާ ދެންނެވުމުގެ ގޮތުން ބޭއްވި ރަސްމީ ޙަރަކާތްތައް ކުރިޔަށް ދިޔައީ މިއަދު ޖުމްހޫރީ މައިދާނުގައެވެ.
ސީޝެލްސްގެ ރައީސްގެ ދެކަނބަލުން ރަސްމީ ފާލަމުން މާލެއަށް ފައިބައި ވަޑައިގެންނެވުމުން އެދެކަނބަލުންނަށް މަރުޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. އެއަށްފަހު، އެ ބޭފުޅުން ވަނީ ރާއްޖޭގެ ސްކޫލް ކުދިން އެބޭފުޅުންނަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ހުށަހަޅައިދިން އައިޓަމެއް ބައްލަވާލައްވާފައެވެ. މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާއާ ސީޝެލްސްގެ ރައީސް ޑަޔަސްއަށް އަރާވަޑައިގަތުމާއެކު، މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް އިން 21 ބަޑީގެ ސަލާމެއް އެރުވިއެވެ. އަދި ދިވެހިރާއްޖެއާއި ސީޝެލްސްއާ ދެޤައުމުގެ ޤައުމީ ސަލާމް ކުޅުނެވެ. އެއަށްފަހު، ސީޝެލްސްގެ ރައީސްގެ ޝަރަފުގައި އޮތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ގާޑް އޮފް އޮނަރެއް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.
މި ރަސްމިއްޔާތުގައި، ނައިބު ރައީސް ފައިސަލް ނަސީމް އާއި ދިވެހި ދައުލަތުގެ ވަޒީރުންނާއި، އެ ފެންވަރުގެ ބޭފުޅުންނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުން، ސީޝެލްސްގެ ރައީސަށް ތަޢާރުފުކޮށް އެރުވިއެވެ. އަދި ސީޝެލްސްގެ ރައީސް، އެމަނިކުފާނުގެ އަރިހުގައި ރާއްޖެވަޑައިގެންނެވި ވަފްދުގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުން، ރައީސުލްޖުމްހޫރިއްޔާއަށް ތަޢާރުފުކޮށް އެރުވިއެވެ.
މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތައްފަހު ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގަތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެމަނިކުފާނު ވަޑައިގެންނެވީ ހަތްކޮޅުގައެވެ. އަދި ސީޝެލްސްގެ ރައީސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ޒިޔާރަތްކުރައްވާ ޢިއްޒަތްތެރިން ސޮއެކުރައްވާ ފޮތުގައި ވަނީ ސޮއެކުރައްވާފައެވެ.
ސީޝެލްސްގެ ރައީސްގެ މި ދަތުރުފުޅުގައި ރާއްޖެއާއި ސީޝެލްސްއާ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވައި، ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމުގެ ބައެއް އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ސީޝެލްސްގެ ރައީސްގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެންދުރުގެ ފަރިއްކޮޅެއްވެެސް މިއަދު މެންދުރުފަހު އޮންނާނެއެވެ.
އަވަހަށް ހޭދެބައިވެގެން ކުޑަ ފައިސާކޮޅަކަށް މިގައުމުގެ ކޮންމެވެސް ތަނެއް ހިބަކޮށްދީ އެމީހުންނަށް.
ސީޝެލްސްއަކީވެސް އަދި މިއަދުގެ ރާއްޖެއަކީވެސް އިންޑިއާގެ ގޮނޑިކޮށްކޮ ސަރުކާރުތަކެވެ. އެހެންވެ އިބޫއަށް ދިއްލީން އަމުރުކޮށްގެން ބާއްވާކަންކަމެވެ.
ބޮލި ވިއްކާ މީހެއްތަ؟
މުޅި ގައުމުގެ ކަނޑު ވިއްކާލީތަ؟
ހާދަވަރެއް އެބަހުއްޓޭ! މިހާރު އެބަ ބިރުގަނޭ. މި އިބުރޭ ކޮށްފަ ނުކުރާނެ ކަމެއް ނޯންނާނެ.
މީނަ މިއައީ ކޯޗެއް ގަންނަން؟ އަނެއްކާ ކޮންމެވެސް ތަނެއް ވިއްކާލާ، ވަގު ސީޓީ ދީ ކަންކަން ހިންގާލާނެ ޗާންސެއްދޯ
އަޅޭ ކަލޭމެން މިހާރު ކަނޑެކޭ ކައްގަނޑޭ ތިގޮވަނީ ކީއްވެތަ . . ކުރީ ސަރުކާރުތަކުން ކީއްވެހޭ ތިކިޔާ ކަނޑަކާ ،ފަރަކާ ' ރަށްތަކުގަ ރިސޯރޓް ނުހެދީ . . އެހެން ނޫނަސް އެއީ ދިވެހިންގެ ތަނެއް ނަމަ ޔާމިނު ވެރިކަމުގަ ތި ވިއްކާ ނިންމާފަ އޮއްނާނީ . . މި އަނގަތަޅާ މީހުންނަށް ނޭންނގޭނެ އެއީ ކޮންތާކު އޮައްނަ ތަނެއްކަމެއްވެސް . . ހިތުން ސިޔާސީ ވެގެން ކޮންމެ މީހަކު ( މި އުޅޭ ސަމަދުބެ ވެސް އިނދޭ މީހުން އެއްކޮށްގެން އެވާހަކަ ކިޔަށް ) ތަނެއް ދޮރެއްނޭނގޭ . . އޭނާ ހިތުން އެއީވެސް ވއރަށް ގަދަމީހެއް ހެހެހެހ . . . މީހުންނަށް ކޮފީ ދީފަ ބިލްކަނޑާލާފަ ގަދަވެގެން ހުރޭ . . ހަމަ ހުސް ހައަޕުނޑު