ވިލިމާލޭގައި ޕިކްނިކް އޭރިއާ ތަރައްގީކުރާ ސަރަހައްދު މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވައިފިއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ބުނި ގޮތުގައި ވިލިމާލޭގައި ޕިކްނިކް އޭރިއާ ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އައްސޭރިފަށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރެވޭނެއެވެ. އަދި ޚާއްސަ އެެހީއަށް ބޭނުންވާ ފަރާތްތަކަށް މޫދުގައި ކަސްރަތު ކުރެވޭނެ އިންތިޒާމްވެސް ހަމަޖެހިގެންދާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ހަމައެއާއެކު، ދެ ޖިންސުގެ މީހުންނަށް ޚާއްސަ ފާހާނާ ބަރިތަކެެއްވެސް ގާއިމު ކުރާނެއެވެ. އޭގެ ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަކިން ޚާއްސަ ފާހާނާތަކެއްް ގާއިމްކުރެވިގެންދާނެ ކަމުގައި މާލެ ސިޓީ ކައުންސިލުން ބުންޏެވެ. އަދި ކޮންމެ ފާހާނާ ބަރިއެއްގައި ޗޭންޖިންގ ރޫމަކާއި ފެންވެރުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

މި މަޝްރޫއުގެ ދަށުން ވިލިމާލެ ރައްޔިތުންނަށާއި މިތަން ބޭނުންކުރާ އެހެން އާންމުންނަށް ފަސޭހަކޮށްދިނުމަށްޓަކައި އެހެނިހެން ފަަސޭހަތައްވެސް ރޭވިފައިވާ ކަމަށް ކައުންސިލުން ހާމަކޮށްފައިވެއެވެ. މީގެ ތެރޭގައި ކުޑަކުދިންނަށް ކާން ދިނުމާއި ނެޕީ ބަދަލުކުރުން ފަދަ ކަންކަން ކުރުމަށް ވަކިން ޚާއްސަ ތަނެއް ހެދިފައި ހުންނާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުންޏެވެ.

މާލެ ސިޓީ ކައުންސިލުން ތަރައްގީކުރާ މި ޕިކްނިކް އޭރިއާގައި ބީޗް ހަޓާއެކު އާއިލާތަކަށް ހިތްފަސޭހަ ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ

    ވަރަށް ރަނގަޅު ކަމެއް. ތިކަހަލަ ތަންތަން ގިނަކުރަން ޖެހޭ.

    12
    1