މީހެއްގެ އަންބަކާއެކު މާލޭގެ ގެސްޓްހައުސްއަކުން ހައްޔަރުކުރި ހއ. އަތޮޅު ހޮސްޕިޓަލް މެނޭޖަރު، އާދަމް ނަސީރު ވަރަށް ބޮޑަށް ރުޅިގަދަވެ، އެންމެފަހުން ފުލުހެއްގެ މައްސަލަ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް ވެސް ހުށަހަޅާނެ ކަމަށް ބުނެފިއެވެ.
އާދަމް ނަސީރު އާއިއެކު އަންހެނަކު ރޭ އިރުއޮއްސުނު ވަގުތު މާލޭ ގެސްޓްހައުސްއަކުން ހައްޔަރުކުރި ނަމަވެސް ދެތިންގަޑިއިރު ފަހުން އެދެމީހުން ވެސް ވަނީ ދޫކޮށްލާފައެވެ.
އާދަމް ނަސީރު ހައްޔަރުކުރިފަހުން ފޭސްބުކްގައި އޭނާ ކުރި ޕޯސްޓެއްގައި ބުނީ އޭނާ އާއި އަންހެނަކު ހައްޔަރުކުރިއިރު ތިބީ އޮރިޔާމުން ނޫން ކަމަށާއި ހައްޔަރު ކުރިއިރު ތިބީ ކޮޓަރިއަކު ވެސް ނޫން ކަމަށެވެ. ނަމަވެސް ފަހުން ވަނީ އެޕޯސްޓް ޑިލީޓް ކޮށްލާފައެވެ.
އާއްމު ގޮތެއްގައި މީސް މީޑިއާގައި މީހުންގެ އަބުރާއި ބެހި، ސިޔާސީ ގޮތުން ހިޔާލު ތަފާތުވާ މީހުންނަށް ފުރައްސާރަ ކުރަމުންދާ އާދަމް ނަސީރު ރޭ ކުރި ޓްވީޓްތަކެއްގައި ވަނީ ފުލުހެއް ކަމަށް ބުނެ މީހެއްގެ ފޮޓޯއެއް އާއްމު ކޮށްފައެވެ.
އާދަމް ނަސީރު ބުނާ ގޮތުގައި އޭނާ ހައްޔަރު ކުރަން ފުލުހުން ފޮނުވި މީހަކީ ވައްޑެ ނަމަކަށް ކިޔާ ފުލުހެކެވެ. އެއީ ށ.އަތޮޅުގެ ޕޮލިސް އިންޗާޖް ކަމަށާއި، ވައްޑެ އަކީ މީހުންނަށް ބިރުދައްކާ، މީހުން ބްލެކްމެއިލް ކުރާ ފުލުހެއް ކަމަށް ވެސް އާދަމް ނަސީރު ބުންޏެވެ.
"ޕޮލިސް ވަސީލަތް ނަހަމަ ގޮތުގައި ބޭނުންކޮށް މީހުން ލޮކޭޓްކޮށް، މީހުންނަށް ބިރު ދެއްކުމަކީ ކުށެއް. އަންހެނަކަށް ބިރު ދައްކާނީ އަދި ވަރަށް ފިނޑިވީމަ." އާދަމް ނަސީރު ބުނެފައި ވެއެވެ.
އާދަމް ނަސީރު އާއި އަންހެނަކު ހައްޔަރު ކުރުމާއި ގުޅޭ ގޮތުން ފުލުހުން ތަފްސީލް މައުލޫމާތެއް ހާމައެއް ނުކުރެއެވެ. ފުލުހުން ހަމައެކަނި ވިދާޅުވީ އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ހުށަހެޅުނު ޝަކުވާއަކާއި ގުޅިގެން މައުލޫމާތެއް ސާފުކުރަން ކަމަށެވެ.
އެހެންވީމާ މިހާރުގެ ސިފައިންނަކީ ގޭންގު ގުރޫޕެއްތާ! އިދިކޮޅުން މިކިޔަނީ ހަމަ ރަނގަޅު އެއްޗެއްތާ!
ސިފައިންނެއް ޕޮލިހުންނެއް ނޭނގޭ މީހުން މި ކޮމެންޓް ކުރަނީ
މީހެއްގެ އަންބެއް ގޮވައިގެން ގެސްޓްހައުސް އެއްގަ ހުއްޓާ ހައްޔަރުކުރީ ހައްޔަރުކުރި ވަގުތަކީ ދަންވަރުގެ ވަގުތެއް! އެކަމަށް އެސޮރުވެސް އެއްބަސް އެބަވޭ! އެއްބަސް ނުވާކަމަކީ ހައްޔަރުކޮށްގެން ނެރުނުއިރު ހުރީ އޮރިޔާމާ ނޫންކަމާއި އަދި އަތުލައި ގަތީ ކޮޓަރިން ނޫންކަން! މާނަޔަކީ ފުލުހުން އެސޮރު ހައްޔަރުކޮށްގެން ގެސްޓްހައުސް އިން ނެރުނީ ހެދުން ލައްވައި ނިވާކޮށް އަދި ބޮލުގަ ޑަސްބިން ކޮތަޅެއް އަޅުވައިގެނޭ! އަދި ހައްޔަރު ކުރި އިރު އެސޮރުމެން ތިބީ ކޮޓަރިޔަކުނޫނޭ ފާހާނާގަ އޮރިޔާން ހާލުގައޭ!
ހިލޭ އަންހެނަކާ އެކު ނެގީ ހޮސްޕިޓަލް އޮފީސްގަ މީޓިންގް އެއްގަ ތިއްބަކާ ނޫން... ދެންވެސް ކުށްވެރިވަނީ މައްސަލަ ޖައްސަާ ނޫނީ މައްސަލަ ބަލާމީހުން....
ސިފައިންނާއި ފުލުހުން ވަކި ނުވަނީތޯ؟
ވޭ... ވޭ.. މިހިރަ މަރުކޮހާ... ކައޭ މީހެއްގެ އަތްނބަކާ އެކު ގެސްޓްހައުސް ރޫމަކަށް ވަނީމަ ޕޮލިހުންތަ ކުއްވެރިވަނީ.. އޭ މިހިރަ ބުރާންޗާ... ކައޭ ބޮލުގަ ޑަސްބިންކޮތަޅެއް އެޅީ ކައޭ އަމިއްލައަކަށްނޫންތަ؟ ދެން ޕޮލިހުންތަ ސަކަރާތްވާނީ.... އޭ މިހިރަ ދެއުޅި އެއްނުވާ ބުރާންޗާ... އެތަނުން ކަލެއާއެކު ނެރުނު އަންހެނަކީ ކަލޭގެ އަނބިމީހާއަށް ނުވީމަ ޕޮލިހުންތަ ގޯސްވަނީ...
އަމިއްލަ މީހާ ތިޔޮތީ ފަލީހަ ވެފައި، ފުލުހުންގެ މައްސަލައެއް ތިކަމުގައި ނެތް. ތައުބާވެ އިސްލާހްވާން އުޅޭ، އާރާ ބާރަކި ހިނދުކޮޅެއް!
އާދަމް ނަސީރު ހައްޔަރުކުރިފަހުން ފޭސްބުކްގައި އޭނާ ކުރި ޕޯސްޓެއްގައި ބުނީ އޭނާ އާއި އަންހެނަކު ހައްޔަރުކުރިއިރު ތިބީ އޮރިޔާމުން ނޫން ކަމަށާއި ހައްޔަރު ކުރިއިރު ތިބީ ކޮޓަރިއަކު ވެސް ނޫން ކަމަށެވެ. .........
އޭ ތެދެކޭ....... އިހުރާމުގައޭ ތިބީ .......... ކަލޭމެން ހަދާނެއް ނެތްތަ ހައްޖު މޫސެމޭ މިއީ.
މީހެއްގެ އަންބަކާއެކު ގެސްޓް ހައުސް ރޫމެއްގައި ތިބެންޖެހޭ ސަބަބެއް އެބައޮތްތަ. ކޮންމެ ކަމެއް ސިޔާސީކުރަން ތިއުޅެނީ. ވައްޑެއެއްނޫން ބައްޑެއަކަސް ފުލުންވާނީ ފުލުހަށް. މިސްކިތުގައި ނަމާދަށް ހުއްޓާ ނޫނީ އަނބިންނާ ދަރިންކައިރީ ރީއްޗަށް ހުއްޓަކަނޫންދޯ ފުލުހުން ގެންދިޔައީ. ފުރަތަމަ އަމިއްލައަށް އިސްލާހުވެބަލަ. ތިމާ ތިމާއަށް ނުކުރި ގަދަރެއް ނޫނީ އިހްތިރާމެއް އެހެން މީހުންނެއް ނުކުރާނެ. ރިވެތި ސުލްކާ ރިވެތި މިސާލުތަކުން ދިރިއުޅެން ދަސްކޮށްބަލަ. މީހުންގެ އަނބިންނާ ނުބެހިބަލަ.
ދެނެއް މަތިއޮމާންކުރުމުގެ ބޭނުމެއްނެތް ފަޅާއެރީމަ ގެސްޓް ހައުސްގައެއް ނުތިބޭނެ މީޓިންގް ބާއްވާކައް
އަނެއްކާ މީހެއްގެ އަންބަކާއެކު ގެސްޓްހައުސްގާ ތިބިކަމައްވަނީ ދެނެއް މަތިއޮމާން ކުރުމުގެ ބޭނުމެއްނެތް ތިއޮތީ ރެޑްކޮއް އަތުލާފަ ވެރިކަން ކުރާޕާޓީގެ ސިޔާސީ މީހަކައްވާތީ ތިޔަދޫކޮއްލީ މީހެއްގެ އަންބަކާއެކީ ކަންނުކުރާކަމަކައް ދެނެއްނުވާނެ
ފުރަތަމަ ހިލޭ އަންހެނަކު ގޮވައިގެން ގެސްޓް ހައުސްގެ ކޮޓަރިއަކަށް ދާން ނުޖެހޭކަން. އޮރިޔާންވާން އުޅެނިކޮށް ބޮޑު ފާފައަކުން ތިމާ ސަލާމަތްކުރީމާ ޝުރުއަދާކުރުމުގެ ބަދަލުގައި އެހިސާބުންވެސް ކުށްވެރިމިވީ ޕޮލިސް މީހާ.
ހިނި އަންނަނީ ހަމަ. ފޯރިއެއް އެބަހުރިތާ ދޯ ހަޖަމު ނުވާ އަސަރެއް ކުރާ މީހުން. ސާބަސް އާދަނަށް.މައްސަލަ ބަލަންވާނެ. ހަގީގަތް ނެތް ވާހަކަ ފަތުރާގެން ލިބޭނެ އެއްވެސް އުފަލެއް ނެތް. އަދި ކަންކުރި ބަޔަކަށް އެދުވަސް ދައްކަވާނެ.