ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލީ ކުޑަދަށުން އައި އޯޑަރަކަށް ކަމަށް މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.

ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލިސްގެ ރިޔާސަތުގައި އިންނެވި ލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީީފްއަށް އައި ފޯނު ކޯލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ "މި ނިންމާލީ މި ނިންމާލީ" ކަމަށެވެ.

ސައުދު ވިދާޅުވި ގޮތުގައި މިކަމުން ދޭހަ ވަނީ މަޖިލިސް ހިސޯރުކޮށްފައިވާ ކެމެވެ.

" 54 މަޖިލިސް މެމްބަރުންގެ ހުރުން ނެތް ރައީސްއެއް މަޖިލިސް ހިސޯރުކޮށްފި." ސައުދު ވިދާޅުވެފައި ވެއެވެ.

މިއަދުގެ ޖަލްސާގައި ފުރަތަމަ ކަމަކަށް އެޖެންޑާ ކޮށްފައި އޮތީ ކޮމިޓީތަކަށް މެމްބަރު އަލުން އެކުލަވާ ލުމާ ގުޅޭ މައްސަލައެވެ.

ނަމަވެސް އޭގެ ކުރިން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވަން މަސައްކަތް ފަށާފައެވެ. އެއީ ސަރުކާރުން ބިލިއަނުން ކުންފުނިތަކަށް ބަދަލު ދިން މައްސަލައިގައި، ބަދަލުދިން އަދަދުގެ ތަފްސީލާއި ބަދަލު ދިން ހުރިހާ ކުންފުނިތަކެއްގެ ނަންތައް ހާމަ ކުރުމަށް ގޮވާލާ ހުށަހެޅި މައްސަލަ އެވެ.

އެ މައްސަލަ ހުށަހަޅަން އާދަމް ޝަރީފްއަށް ފުރުސަތު ދެއްވި ނަމަވެސް އެ މައްސަލަ އެއްކޮށް ހުށަހެޅޭ ގޮތެއް އޭނާއަށް ނުވިއެވެ. އެއީ މަޖިލީހުގެ އެކި މެމްބަރުން ނިޒާމީ ނުކުތާ ތަކުރާރުކޮށް ނަންގަވަމުން ދިއުމެވެ. އެހެންވެ ދެ ފަހަރަކު މަޖިލިސް ކުރިއަށް ނުގެންދެވިގެން ގިނަ އިރުތަކަކަށް މެދު ކަނޑާލި އެވެ.

ނިޒާމީ ނުކުތާގެ އޮއިވަރުން އަރައި ނުގަނެ އެތައް އިރެއް ވަނިކޮށް ރިޔާސަތުގައި އިންނެވި އަފީފްއަށް އައީ ފޯނު ކޯލެކެވެ. އެ ކޯލަށް ޖަވާބު ދެއްވަމުން "މަޖިލިސް މި ނިންމާލަނީ" އޭ ވިދާޅުވާ އަޑު ވަރަށް ރީއްޗަށް އިވެއެވެ.

އެއާއެކު އަފީފް ދެން ވިދާޅުވީ މިއަދަށް މަޖިލިސް ނިންމާލެއްވީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޗާބީ ބޮކާ

    ކޮބާ މައްސަލަޔަކީ ކުޑަދަށުން ރައީސް ނަޟީދު އިސްމީހަކައް ހުރެގެނާ ވެރިކަމެއްދޯ ކަލޭމެން ބަލިކޮއްލާނީ ކުޑަދަށުން ހަޖަމު ކުރޭ

  2. ސަމީރުއިންޑިއާ އައުޓް

    ކޮންމެވެސް މީހަކު އަހާބަލަ އަސްލަމް އަމީން އެވެނިއު ޓީކް ގަ ހުރި އިންޑިއާ އެންބެސަޑަރު ކައިރި އަށް 2ނަމާދު 2ތެރޭ ގޮސް ކޮން ކަމަކާ ތޯ ސައްލާ ކުރަނީ؟ މި އެންމެން މީ އެކައްޗެއް، ރައްޔިތުން ގެ ގިނަ މީހުން ގަމާރީ، އެހެންވެ ސޯޝަލް މީޑިއާގަ ހަޅޭއްލަވަން އެކަނި އިނގެނީ!!