ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މުވައްޒަފުން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތްތަކާއި ބައްދަލު ނުކުރީ، ރައީސް އޮފީސް ދެކެ ގަންނާ ކުރެއްވި ބިރުން ކަމަށް ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު އެޗްއާރުސީއެމަށް ވަޑައިގަތުމުން އެ ކޮމިޝަނުގެ މުވައްޒަފުން ބައްދަލު ނުކުރެއްވި ކަމަށާއި އެފަރާތްތަކުން ވަނީ ބުނެފައެވެ.

ނަމަވެސް އެކަމާއި ގުޅިގެން އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ބުނީ، އިދިކޮޅު ފަރާތްތަކާއި ބައްދަލު ކުރުމަށް މިއަދު މިއަދު 11:15 އަށް އެޕޮއިންޓްމެންޓެއް ހަމަޖައްސައި ވަގުތު ހުސްކޮށް ދީފައިވާ ކަމަށެވެ. އެހެން ނަމަވެސް އެބޭފުޅުން ކޮމިޝަނަށް ވަޑައިގަތީ ގަޑި ޖެހިގެން މެންދުރުފަހު 12:45 ގައި ކަމަށެވެ. އެއީ ކޮމިޝަނުގެ މެމްބަރުންނާއި ބައްދަލުނުވި ސަބަބު ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.

ކޮމިޝަނުގެ ބަޔާނާއި ގުޅިގެން ސައީދު ވިދާޅުވީ، އެކޮމިޝަން މިއަދު ވެއްޓުނީ ނަރުދަމާ ތެރެއަށް ކަމަށާއި ކޮމިޝަނުގެ މެމްބަރުން ހިންގި ނާތަހުޒީބު، މުޑުދާރު އަމަލު ކުށްވެރި ކުރާ ކަމަށެވެ.

ކޮމިޝަނަށް ބަޔާން ނެރެން އެނގިއްޖެ ކަމަށާއި ނަމަވެސް 5 އަހަރު ކޮމިޝަން އޮތީ ގަދަ ނިދީގައި ކަމަށް ސައީދު ވިދާޅުވިއެވެ.

"4 ގަޑިއިރު ކޮމިޝަން ތެރޭ ބައްދަލުވަނީ ބައްދަލުވަނީ ކިޔަކިޔާފަ އެންމެ ފަހުން އެސްއޯ ފުލުހުން ގެނެސް އިންސާނީ ހައްގު ތި ކަށަވަރު ކުރީ. މެމްބަރުން އިސްތިއުފާ ދޭން މަޖުބޫރު. ކޮމިޝަނުން ބައްދަލު ނުކުރީ ރައީސް އޮފީ ދެކެ ގަންނާ ކުރެއްވި ބިރުން. ފިނޑި އަމަލެއް" ސައީދު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން އެޗްއާރުސީއެމަށް ވަޑައިގެންފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ބަހައްޓަވައިގެން ކުރަމުންދާ އަނިޔާތަކާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކޮވިޑް

    ބިރުން ތިބެން ދެން އޮތީ އިންޝާﷲ 03 މަސް. މިތިބީ ބަލަން ގަދަބާރުން ތިބެވޭތޯ؟

  2. ދަތްނެތްސިންގާ

    ހިޔުމަން ރައިޓްސް ކޮމިޝަން އަށް އެއްވެސް ކަމެއްގަ ދިއުމަށް ވިސްނުމަކީ ނުވަތަ ބައްދަލުވުމަށް އެދުމަކީ އޭގެ ޒާތުގަ ބޭކާރުކަމެއް. އެކޮމިޝަނަކީ އޭރަކު އޮންނަ ސަރުކާރަކުން މެމްބަރުން އައްޔަންކޮށް ވަކިކުރާ ކޮމިޝަނެއް. އެއްވެސް އާރެއް ބާރެއްނެތް ދަތްނެތް ސިންގާއެއްފަދަ ހައިބަތުބޮޑު ކޮމިޝަނެއް. އެކޮމިޝަނަށް ކުރެވޭނީ ސަރުކާރުން ބޭނުންވާ ކަމެއް. އަޅުގަނޑަކީ އެ ކޮމިޝަން ޓެސްޓްކުރި މީހެއް

  3. އަލީ އަލީ

    ވަގުތަކީ ރަނަށްވުރެ އަގުބޮޑު އެއްޗެކޭ ކުޑައިރުވެސް ވާނީ ކިޔައިދެވިފަ!
    ސައީދުމެން އަދިވެސް ތިޔަ ތެޅެނީ ކުރީގަ އުޅުނު ވައްތަރަށް ހިތުހުރިހާ ގޮތަކަށް ކަންކަން ކުރުމަށް !
    އެދުވަސް މާޒީވެއްޖެ!

  4. ރޯނުއެދުރޭ

    މުޅިދުނިޔޭގަނެސް ނޯންނާނެ މިކަހަލަ ސަރުކާރެއް، މަޖިލީހެއް، ޖުޑިޝަރީެއް.. ނަމޫނާގަން ގުޅާނެ.

  5. އަދުރޭމޜން

    ވަގުންގެ ދިފައުގައި ތިޔަދުވަނީ، އޯކޭ ހުކުމް ހަރާމޯ ! ސުވާލަކީ ޔާމިނު އެކައުންޓަށް ދައުލަތުގެ ފައިސާ ވަނީ ހަލާލު ކޮންހޭ؟ ދޫވެއްސަށް ގޯނިގޯނީގައި ވެއްދި ފައިސާ ޔަގީން ހަލާލެއްނޫނޭ ބުނީ ހަމަ ޔާމިނު ނޫންހޭ؟ ސައީދު ތެދުހަދަން ޙައްގުބަސްބުނަން ކެރެެންޖެހޭ. ފަހަރުގައި ވެރިކަމަށް ކުރިމަތި ލާންޖެހުނަސް ބުނެވޭނެތާ ސައީދަކީ ތެދުބަހުން ވާހަކަ ދައްކާބޭފުޅެކޭދޯ

  6. ޢަހޫތަ

    ޙަމަޖެހިފައިވާ ގަޑިއަށްވުރެ 2ދެގަޑިއިރުފަހުން ދިއަޢީ ބިންނަންޖެހޭ ފިނިފެންމާތަޢްނުބިދެވެގެންތޯ. ނޫނީ ނެޕީ ސަރީފުގެ ނެޕީ ބަދަލުނުކުރެވިގެންތޯ.