އަޟްހާ އީދާއި ގުޅުވައިގެން ކ. މާފުށިގައި އީދު ޝޯވ އާއި ހަވާ އެރުވުންވެސް އޮންނާނެ ކަމަށް ކައުންސިލުން ބުނެފިއެވެ.

މި އަހަރުގެ އަޟްހާ އީދު ފާހަގަކުރަނީ މި މަހުގެ 28، 29 އަދި 30 ވަނަ ދުވަހުއެވެ.

މާފުށި ކައުންސިލުން މި އަހަރުގެ އަޟްހާ އީދު ފާހަގަ ކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި 27 ވަނަ ދުވަހުގެ ރޭގަނޑު ވެދުމާއި ދިއުމާއި ޖާފަތް އޮންނާނެއެވެ. މީގެ ތެރޭގައި ސަގާފީ ނެށުމުގެ ހަރަކާތްތައް ފެނިގެން ދާނެއެވެ. އަދި އީދު ދުވަހުގެ ހެނދުނު ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން އޮންނައިރު، އޭގެ ފަހުުން އީދު ސައި އޮންނާނެއެވެ. އަދި ހަމަ އެ ދުވަހު އަންހެންވެރިންނަށް އަދި ފިރިހެންވެރިންނަށް ހާއްސަ ކުރެވިފައިވާ ކުޅިވަރުގެ ހަރަކާތްތައްވެސް އޮންނާނެއެވެ.

އޭގެ ފަހުން އެ ދުވަހުގެ ހަވީރު ކުޑަކުދިންގެ ހަވީރެއް އޮންނާނެއެވެ. އެއީ ރޮބޯމޭން ޝޯވއާއި އެކި އެކި ސްޓޯލްތަކާއިވެސް އެކުގައެވެ. އަދި ރޭގަނޑު މިއުޒިކް ޝޯވ އާއި ހަވާ އެރުވުންވެސް އޮންނާނެއެވެ.

ޖޫން 29 ގައި އޮންނަ ހަރަކާތްތަކުގެ ތެރޭގައި މާލި ނެރުމާއި، މިއުޒިކް ޝޯވ ހިމެނެއެވެ.

އަދި 30 ވަނަ ދުވަހު ކޯޑި ނެރުމާއި، ބޮޑު މަސް ނެރުން އޮންނާނެ ކަމަށެވެ.

އަޟްހާ އީދު ފާހަގަ ކުރުމަށް ކޮންމެ އަހަރަކުވެސް ގިނަ ރަށްތަކުގައި ފޯރިގަދަ ކުޅިވަރުގެ ހަރަކާތްތަކާއި ޝޯވތައް ބާއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ޚަރަދު ކުޑަކުރަން އަންގާފައި ނޫން އޮތީ..
    ނިކަން އުޟުޙިޔާ ކަތިލާބަލާ. ޘަވާބު ލިބޭނެ

  2. އާދަމް

    އެއްކަލަ މާފުށި ދޯ! މިއީ މިހާރު ރާއްޖޭގެ ފަސްގަނޑުގައި އޮތްކަން ފިޔަވައި ވިލާތާއި ތަފާތެއް އޮތް ރަށެއް ނޫން. ރަށް އޮތީ ވަލުބުޑު ނުކަނޑައި، ގޮފިތައް ނުޖަހައި އޮތް ޅޮހެއްގެ މިސާލުގައި. އެންމެ ރީތި އުޅުމަކީ އެންމެ ރީތި ގޮތަކީ ވިލާތުގެ ދޮން އުޅުމާއި ގޮތް. އެމީހުން ޖެހިހާ ބެރަކަށް ނަށަމުން ދުވަމުން އުފަލުން ފޮޅެމުން ފިކުރެއް ޚިޔާލެއް ނެތި އުޅޭ ބައެއް. މި ދެންނެވީ ގިނަ މީހުން. އާދެ! އަޢްލަބިއްޔަތުއް ނާސް.
    "އަލް އިސްލާމް" ގެ ކަންފުޅެއްވެސް ނެތީ. ރަށް ހަލާކުވެ، ޚަރާބުވެ ފަސާދަވެގެން ދިޔައީ. ޅަދަރީންގެ އަޤީދާ ފުނޑުފުނޑުވީ. ކޮންބައެއް ކުރި ކަމެއް.؟ ހަމަ އަމިއްލަ އަތްތަކުން ކުރި ކަމެއް.