ދިވެހި ސަލާމަތީ ޚިދުމަތްތަކުގެ މަތީ ފަންތީގެ އޮފިސަރުންނާއި އޮފިޝަލުންގެ ސައިކޮލޮޖިކަލް ޕްރޮފައިލު އިންޑިއާގެ ޔުނިވާސިޓީއަކުން ހަދަން ހަމަޖައްސައިފި ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓް ކުރި ނަމަވެސް ދިވެހި ސިފައިން އެކަން ދޮގުކޮށްފިއެވެ.

އިންޑިއާގެ ނޫސްތަކުގައި މިދިޔަ ހަފްތާގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ ސަލާމަތީ ބާރުތަކަށް އަލަށް ނަގާ އޮފިސަރުންގެ އަދި މަތީ ފަންތީގެ އޮފިސަރުންގެ ތެރެއިން އެކި ބާވަތުގެ ކަންކަމަށް ހުށަހެޅުމުގެ ފުރުސަތު އޮތް އޮފިސަރުންނާއި އެފަދަ ފުރުސަތު އޮތް މިންވަރު ދެނެގަތުމަށް ގަންދިނަގަރްގައި ހުންނަ ނޭޝަނަލް ފޮރެންސިކް ޔުނިވާސިޓީ އާއި ވަނީ ހަވާލު ކޮށްފައެވެ.

އެ ޔުނިވާސިޓީގެ އޮފިޝަލަކު އިންޑިއާގެ ނޫސްތަކަށް މައުލޫމާތު ދެމުން ބުނެފައި ވަނީ ރާއްޖެއިން ބޭނުންވަނީ ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ އެންމެ އިސް 187 އޮފިޝަލުންގެ ސައިކޮލޮޖިކަލް ޕްރޮފައިލް ތައްޔާރުކުރާށެވެ.

ރާއްޖޭގެ ސަލާމަތީ ބާރުތަކަށް ރެކްރޫޓުންގެ ތެރެއިން ހޮވިފައިވާ ފަރާތްތަކަށް ވަޒީފާ ދީފައިވަނީ އެންއެފްއެސްޔޫގެ ރިޕޯޓުތަކަށް ރިއާޔަތްކުރުމަށްފަހުކަމަށްވެސް ޔުނިވަސިޓީގެ އޮފިޝަލުން ބުނެފައި ވެއެވެ.

އިންޑިއާގެ ނޫސްތަކުގައި ކޮށްފައިވާ ރިޕޯޓް ދޮގުކޮށް މިއަދު އެމްއެންޑީއެފް އިން ވިދާޅުވީ މި ޚަބަރުގައި ފާހަގަކުރައްވާފައިވާ ފަދަ ޕްރޮފައިލްއެއް ހެދުމުގެ އެއްވެސް މަޝްވަރާއެއް އެމްއެންޑީއެފް އިން ކުރަމުން ނުދާ ކަމަށެވެ.

ދިވެހިން ސިފައިންނާއި ފުލުހުންގެ ސައިކޮލޮޖިކަލް ޕްރޮފައިލް އިންޑިއާ އިން ހަދާ ކަމަށް އެކަން ކުރާ އިންޑިއާގެ ޔުނިވަސިޓީން ބުނެފައި ވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުމަށްފަހު ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަނީ އާދަޔާއި ހިލާފަށް ބަދަހިކޮށްފައެވެ.

މިހާރު އިންޑިއާ އާއިއެކު ރާއްޖެ އިން ބާއްވަމުން އަންނަ ގުޅުންތަކާއި ސޮއި ކޮށްފައިވާ އަސްކަރީ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ގައުމީ ސަލާމަތައް ނުރައްކާވެފައިވާ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އިބްރާހިމް

    ރާއްޖޭގައި މިއޮތް އިންޑިއާގެ ގޮނޑިކޮށްކޮ ސަރުކާރު ނިމޭއިރު މިހިރަ މޫނުތަކާއިއެކު ރ އިބޫ މުޙައްމަދު ސާލިޙު އިންޑިއާއަށް ފިއްލަވާނެކަމަށްބެލެވޭ.

    15
  2. ޜައްޔިތުމީހާ

    އިންޑިއާ ނޫސްތަކުގަ އެގޮތައް ލިއާނީ ހަގީގަތެއްވާތީ ކަމުގާބެލެވޭ

    16
  3. Anonymous

    އަހަރެން މިހާރު މިދުނިޔެއިންއެއްމެ ދެކެންބޭނުންވާދުވަހަކީ މިސަމާލު ލައިގެންއެހުރި ޔުނީފޯމުބާލުވާނެދުވަސް.

    14
    1
  4. އަލީ

    އަހަރެން މިހާރު މިދުނިޔެއިންއެއްމެ ދެކެންބޭނުންވާދުވަހަކީ މިސަމާލު ލައިގެންއެހުރި ޔުނީފޯމުބާލުވާނެދުވަސް. އަދިއެދުވަހަކުން މާތްﷲގެ ރަސްކަންފުޅައްޓަކާ އަހަރެން ޝުކުރުގެ .............ކުރާނަމެވެ.

    11
  5. ޕޮލިހެއްގެ ފިރިމީހާ

    ސަރުކާރުގެ އަގު ވައްޓާލަން ފާޑުފާޑުގެ ވާހަކަ ނުދައްކައްޗޭ ސިފައިންނާއި ފުލުހުންގެ ފުލެޓުތަށް ނިމުމަކާއި ކައިރިވެއްޖެ ސިފައިންނާއި ފުލުހުންނަށް ލިވިންގް އެލަވަންސް ހަމަޖައްސައިދެނީ %25 މުސާރައިގެ ކުރިއެރުމެއްދެނީ ވީމާ ސިގައިންނާ ފުލުހުންނަކީ ފުދިގެން އުޅޭބަޔަކަށްވާނެ ދެން ކޮން ސައިކޮލޮޖިކަލް ރިޕޯޓެކޭތަ ތިކިޔަނީ

  6. އިބްރާހީމް

    އިންޑިޔާގެ ޔުނިވަރސިޓީއަކުން ހަމަ ތިބެފައި ނޫސްވެރިންނަށް މައުލޫމާތެއް ނުދޭނެ އިންޑިޔާ އެޖެންޓްކަން 2008 ވަނަ އަހަރުން ފެށިގެން ޝަމާލް ކިޔާމީހަކު އެބަކުރެވޭ އިނާމެއްގެ ގޮތުން ޗީފްކަންވެސް ދިނީ. މިކަލޭގެ ފުރުނަވެސް ނުދީ ހައްޔަރުކޮށް ޤަވްމަށް ޚިޔާނާތްތެރިވި ކަމުގެ ދައުވާކޮށް ޖަލަށްލާންޖެހޭނެ.

  7. މަނާރު

    އިންޑިއާއިން ތިހިން ބުނުމަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް ނުރަށްކާ އޮތް ކަމުގެ ފުރިހަމަ މިސާލެކެވެ މިކަމުން ދޭހަވަނީ ސޯލިހު ގައުމަށް އަގުނުދެއްކޭވަރުގެ ބޮޑު ހިޔާނާތެއް ވެއްޖެ ކަމެވެ މިއީ ގައުމުގެ ރަށްޔަތުންނާއި ފުލުހުން އަތްއުރާލައިގެން ކުޅިބަލަން ތިބެންވީ ވަގުތެއްނޫން ސޯލިހު ވެރިކަމުން އަޒުލުކުރުމަށް ގޮވާލަން.