‏މިސްރަށް ދާ ދިވެހީންނަށް އޮން އެރައިވަލް ވިސާ ދޭން އަލުން ފަށައިފިއެވެ.

އެކަން ހާމަކޮށް ފޮރިން މިނިސްޓަރ އަބްދުﷲ ޝަހީދު ވިދާޅުވީ، މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން ފެށިގެން މިސްރަށް "ވިސާ އޮން އެރައިވަލް" ލިބޭ ގައުމުތަކުގެ ލިސްޓުގައި އަލުން ރާއްޖެ ހިމަނުއްވައިދެއްވިކަމަށްޓަކައި ފޮރިން މިނިސްޓަރ ސަމެހް ޝުކްރީއަށް ޝުކުރު ދަންނަވާ ކަމަށެވެ.

‏މިއީ ރާއްޖެއާއި މިސްރާ ދެމެދު އޮތް ހާއްސަ ގުޅުން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ދިވެހިރާއްޖެއާ މިސްރާއު ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1969 ވަނަ އަހަރުގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހިކި ކިރު

    ކާކުހޭ ތިތަންތަނަށްދަނީ. އެއްވެސް ވިޔަފާރި ވެރިއެއް ނުދާނެ. ބޭސް ފަރުވާއަކަށް ނުދާނެ. ނާޗަރަންގީ ކުލެން ނުދާނެ. އަފިރިން ހަމަ ހައިރާން ވެއްޖެ.

    5
    5
    • ކިޔަވާ ކުއްޖާ

      ކިޔަވަންދޭ

      7
      1
      • ނުކިޔަވާ

        ކިޔަވަން ދާ މީހަކަށް އޮން އެތައިވަލް ވިސާގައި އެތެރެ ނުވެވޭނެ.

    • މިޞްރު

      ތިތަންތަނަށްދާ އަދި ދާންބޭނުންވާ ބައިވަރުމީހުން ތިބޭނެ، ތިބޭފުޅާ ދާހިއްނުވުމަކީ އެހެންމީހުން ދާންބޭނުންނުވާކަމުގެ ހެއްކެއްނޫން!
      ކިޔަވަންވެސް ޗުއްޓީހޭދަކޮށްލަންވެެސް ދާން ރަނގަޅު ގައުމެއް!

  2. މަމީ

    މަދަން

  3. ހެ

    އަޒުހަރު ޔުނިވަރސިޓީގަ މިހާރުވެސް ދިވެހި ދަރިވަރުން ކިޔަވަމުންދޭ