އަންނަ ސެޕްޓެމްބަރު 9 ގައި ރިޔާސީ އިންތިހާބު ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު އިލެކްޝަންސް ކޮމިޝަނާއި މެދު މެދު އޮތް އިތުބާރު ރައްޔިތުންގެ މެދުގައި ކުޑަވަމުންދާކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ހެދި ދިރާސާއަކުން ދައްކައިފި ކަމަށް އެޖަމިއްޔާ އިން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނަށް އޮތް އިތުބާރު މިދިޔަ ފަސް އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް ކުޑަވިޔަސް، އަންނަ ރިޔާސީ އިންތިހާބުގެ ވޯޓު ނިޒާމީ ސިފައެއްގައި އޮޅުވާލުމުގެ ފުރުސަތު އެ ކޮމިޝަނަށް ނެތް ކަމަށް ވެސް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ ބުނެފައެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ކޮމިއުނިކޭޝަން އެންޑް އެޑްވޮކަސީ މެނޭޖަރު ސާރާ ނަސީމް ވިދާޅުވީ މި ދިރާސާކޮށްފައި ވަނީ މި ދާއިރާގެ ތަޖުރިބާކާރު 30 މީހަކު އިންޓަވިއުކޮށްގެންނާއި ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވި ދެ އެޑްވޮކަސީ ފޯރަމްތަކުން އެއްކުރެވުނު މައުލޫމާތުތަކުގެ މައްޗަށް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނަކީ، މީގެ ކުރީގެ އިންތިހާބުތަކެކޭ ވެސް އެއްފަދައިން އިންތިހާބު އޮންނަ ދުވަހުގެ ކަންކަން އިތުބާރު ހުރި ހާމަކަން ބޮޑު ގޮތެއްގައި ބޭއްވުމުގެ ފަންނީ ގާބިލްކަން ސާބިތުކޮށްދީފައިވާ މުއައްސަސާއެއް ކަމަށް ވެސް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެއެވެ.

2013 ވަނަ އަހަރުގައި ސާވޭގައި ބައިވެރިވި %74 މީހުން އިތުބާރު އިލެކްޝަންސް ކޮމިޝަނަށް އޮތް ނަމަވެސް މިދިޔަ އަހަރު އެ އަދަދު ވަނީ %43 އަށް ދަށަށް ގޮސްފައެވެ. އަދި ސިޔާސީ ޕާޓީތަކުން ކުރަމުން އަންނަ ތުހުމަތުތަކުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ވެސް އިލެކްޝަންސް ކޮމިޝަނަށް އޮތް އިތުބާރު ދަށަށް ދާނެ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އިބިލީސް

    އެއްކަަލަ އަންނިގެ ބައިގަނޑު ތެދުވާ ގަޑިޖެހުނީ. ސީދާ ހުޅަގުން ފަންޑުކޮއްގެން ގެންގުޅޭ ބައިގަނޑެއް.

    9
    1
  2. އުގުރި

    ތިޔައީ އަހަރުމެން އިންސާނުން ހަދާފައިވާ އެއްޗެއްގެ ވާހަކަ ތިޔަ ދައްކަނީ އެވަގުތަކު އެތާގަ ތިބިމީހުންނަށް ގިނައިން ލިބޭނޭ ކޮޅަކަށް ނިންމާލާނެ ހަމަ ހަދާނީ ހަދާނެ އެއްޗެއް..

  3. އަލީ ފާއިޒް

    ޓުރާންޕޭރަންޓް ކޮށް ދެފުއް ފެންނަ ގޮތަށް
    ސަރީފް ޕާޓީ ބަދަލް ކޮށް ކަރުދާސް ތައް އަންދާލީ
    މިހާރު ވެސް ތިބީ އިންސާނުން..
    ކަންތައް ތައް ނޭންގި ހުއްޓާ ވަރަށް ހަލުވި ކޮށް ބަދަލް ވެގެން ދާނެ
    ރޭގެ މުޒާހަރާ ވެސް ފެނިއްޖެ ދޯ
    އެފަދަ ކިތަންމެ މުޒާހަރާއެއް ދެން ފެންނާނެ

    10
    1
  4. އއ

    ޓުރާންޕޭރެންސީ؟ މިވެސް ބޯޑޭވާ މުނާފިގު ބައެއް. މިއޮތްހާ ވައްކަމާ މިގައުމުގެ ބިޑު ސިސްޓަމާ އެންޓިކޮރަޕްޝަންގެ ކޮރަޕްޝަނާ އިންސާފުގެ ދާއިރާ ނުފެނި ލޯކަނުވެ ތިބެތިބެފަ ސަރުކާރު މުއްދަތުހަމަވީމަ އަނެއްކާވެސް ނަޝީދުމެންގެ ކޯޅުމެއް ފެންމަތިވީމަ ތިމަންނަމެންނަކީ ގާނޫނައް ލޯބިކުރާ ބައެއްކަމުގަ ދައްކަން ފުއްޖަހާ ތުންފަތުގަ ކުލަލައިގެން ނުކުތީ.!!!

  5. އއ

    ޓުރާންޕޭރެންސީ؟ މިވެސް ބޯޑޭވާ މުނާފިގު ބައެއް. މިއޮތްހާ ވައްކަމާ މިގައުމުގެ ބިޑު ސިސްޓަމާ އެންޓިކޮރަޕްޝަންގެ ކޮރަޕްޝަނާ އިންސާފުގެ ދާއިރާ ނުފެނި ލޯކަނުވެ ތިބެތިބެފަ ސަރުކާރު މުއްދަތުހަމަވީމަ އަނެއްކާވެސް ނަޝީދުމެންގެ ކޯޅުމެއް ފެންމަތިވީމަ ތިމަންނަމެންނަކީ ގާނޫނައް ލޯބިކުރާ ބައެއްކަމުގަ ދައްކަން ފުއްޖަހާ ތުންފަތުގަ ކުލަލައިގެން ނުކުތީ.!!! ؟؟؟؟؟

    2
    1
  6. ރިޔާޒް

    އަނެއްކާ އަނެއް ވާހަކަ ކަލޭމެންތީ ދެން މާމޮޅު ބައެއްތަ ހޭބަލިވެފަ ތިއްބާ ދޮންކަޅުމިން އަންގާނުލާ އިންތިހާބް ނިންމާލާނި. ދެން ކިޔާނި އިސްސާފް ވެރިޔޭ ކަލޭމެންވެސް..

  7. ހަމަ ބުނެލީ

    ދެބައިކުޅަ އެއްބައި މީހުންވެސް އިތުބާރު ނުކުރާ ކޮމިޝަނަކުން އިލެކްޝަން ބޭއްވީމަ ކިހާ ތާހިރު. އެވަރަށް އިތުބާރު ކުޑަވެފަ އޮންނާނީ ސަބަބުތަކަކާ ހެދި

  8. ާމުހައްމަދު

    މީކޮންތާކުން ނުކުމެގެން އުޅޭބައިގަނޑެއް ހުޅަނގުގެ ޕަޕެޓުން

  9. ސުނޑި

    އިލެކްސަނުގައި ގަނޑުތަކެއް ގަނެގެން ކޯޓުން ސަސްޕެންށު ހުކުމެއް އެޅިފ ހުރި މީހަކު މުގުލުގަ ހުރެގެން ކޮން އިތުބާރެއް؟؟؟
    މަކަރޭ؟ މަކަރު ހެދޭނެ އެތައް ގޮތެއް އޮންނާނޭ.
    ގިނައިން ދިން ބަޔަކަށް ބައިއަޅާނެ.
    މީ ދިވެހި ރާއްޖެ

  10. ސުން

    ކަލޭމެން ތިހެން ކިޔާނެ.މިދިޔަފަހަރުވެސް އޮޅުވާލީ.