ރައްޔިތުންގެ މަޖިލިހުގެ ދައުރު އިތުރު ކުރެވޭނީ ރިޔާސަތުން ހުށަހަޅައިގެން ކަމަށް މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޖަލްސާތައް ހުއްޓިފައި އޮތުމަށް ފަހުން މަޖިލީހުގެ ރިޔާސަތާ ނަޝީދު ހަވާލުވެވަޑައިގެން ޖަލްސާތައް އަލުން ފެށިއިރު ފަސް ކަމެއް ފުރިހަމަ ފުރިހަމަ ކުރުމަށް ފަހު ނޫނީ މަޖިލިސް ޗުއްޓީއަށް ނުދާން އެމްޑީޕީން ވަނީ ހުށަހަޅައިފައެވެ.

އޭގެ ތެރޭގައި މަޖިލީހުގެ ނައިބު ރައީސްއާއި ނާއިބު ރައީސް އިވާ އަބްދުﷲ އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ބަންޑާރަ ނައިބު ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ އިތުރުން ކޮމިޓީތައް އެކުލަވާލުވުމުގެ މައްސަލަ ހިމެނެއެވެ.

އެހެންވެ މަޖިލިސް މިއަދު ނިންމާލުމުގެ ކުރިން ދައުރު އިތުރުކުރުމާ ގުޅޭ ގޮތުން ވޯޓެއް ނެގުމަށް އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެދިވަޑައިގެންނެވިއެވެ.

ޝިފާއު އެހެން ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ރައީސް ނަޝީދު ވަނީ މަޖިލިސް ދައުރު އިތުރުކުރުމާ ގުޅޭ ގޮތުން ކުރީގެ މަޖިލިސްތަކުން އަމަލުކޮށްފައިވާ ގޮތުގެ ހުލާސާއެއް ދެއްވައިފައެވެ.

"17 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަޖިލީހުގެ ދައުރު އިތުރު ކުރުމަށް ގަރާރެއް ކުރިއަށް ހުށަހަޅުއްވައިގެން ބަހުސް ކުރެވުނު. 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެއްވެސް ދައުރެއް އިތުުރު ކުރެވިފައެއް ނުވޭ. 19 ވަނަ މަޖިލީހުގައި ހަތް ފަހަރު އިތުރު ކުރެވިފައިވީ އިރުވެސް އިތުުރުކުރެވިފައި އިތުުރު ކުރެވިފައި އޮތީ ހަތް ފަހަރު ހުށަހަޅައިގެން" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން ދައުރު އިތުރުކުރެވޭނީ ރިޔާސަތުން ހުށަހަޅައިގެން ކަމަށާއި އެކަން ހުރިހާ މެމްބަރުންވެސް ބަލައިގަތުމަކީ މުހިންމު ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގައުމީ ލޯބި

    ކޮންމެ ވެސް ކޮހެއްގޮވާފައި، މަކާރާއި ހީލަތުގެ ރޮކެޓް ޖައްސާއިގެން އެއުޅެނީ މަޖިލީހުން އޭނާ ވަކި ނުކުރެވޭނެ ހުރިހާ އުކުޅެއް ރާވަމަނުން.. މަޖިލިސް ހިސޯރުކޮށްގެން..

    މީ ގައުމީ ބޮޑު ބަލާއެއް ވަބާއެއް.. މަޤާމުން އަވަހަށް ވަކި ކޮށްގެން ވިޔަސް މިކަސްދޮޅުން ސަލާމަތްވާން އެބަޖެހޭ